Search Header Logo
އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް

އިސްލާމީ ޝަރީޢަތުގެ މަޞްދަރުތައް

Assessment

Presentation

•

Religious Studies

•

8th Grade

•

Practice Problem

•

Hard

Created by

Aminath Waheeda

Used 3+ times

FREE Resource

9 Slides • 0 Questions

1

media
އިސްލާމީ ޝަރީޢަތުގެ މަސްދަތުތައް

2

ޝަރީޢަތާއި ފިޤުހު

​ޝަރީޢަތުގެ ލުޣަވީ މާނަ

ޝަރީޢަތުގެ ލުޢަވީ މާނައަކީ ސީދާކޮށް އޮންނަ މަގެވެ. ނުވަތަ މީސްތަކުން ފެންބުއިމަށް އޮންނަ ކޯރެވެ.

ޝަރީޢަތުގެ އިސްތިލާޙީ މާނައަކީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބާއްވައިލެއްވި ޙުކުމްތަކެވެ. އޭގެތެރޭގައި ޢަޤީދާއާއި ޢިބާދާތާއި އަޚުލާޤާއި މުޢާމަލާތާއި ދިރިއުޅުމުގެ އެންމެހައި ގުޅުންތަކެއް ދަމަހައްޓާނޭ ގޮތުގެ ހަމަތަކާއި އުސޫލުތައް ހިމެނެއެވެ.

3

ޝަރީޢަތާއި ފިޤުހު

​ފިޤުހުގެ ލުޣަވީ މާނަ

ފިޤުހުގެ ލުޣަވީ މާނައަކީ ފުންކޮށް ވިސްނުމެވެ.

ފިޤުހުގެ އިޞްތިލާޙީ މާނައަކީ ޤުރުއާނާއި ސުންނަތާއި ޢިލްމުވެރިންގެ އިޖުމާޢާއި އިޖްތިހާދުން ނެރުއްވާފައިވާ ޝަރުޢީ މައްސަލަތަކާއި ޙުކުމްތަކެވެ.

4

އިސްލާމީ ޝަރީޢަތުގެ އަސްލުތައް

އިސްލާމީ ޝަރީޢަތުގެ އަސްލުތަކަކީ، ދީނުގެ ޙުމުތައް ދެނެގަތުމުގައި ބޭނުންކުރެވޭ މަސްދަރުތަކެވެ. ޖުމުހޫރު ޢިލްމުވެރިން އިއްތިފާގުވެލައްވާ ގޮތުގައި ޝަރުޢީ ޙުކުމްތަކުގެ އަސްލުތަކަކީ ޤުރުއާން ސުންނަތް، އިޖުމާޢު އަދި ގިޔާސެވެ

މައްސަލަތަކުގައި ޝަރުޢީ ޙުކުމް ބަޔާންކުރުމަށް މި ހަތަރު އަސލުން ދަލީލު ލިބިގަނެވޭކަމަށް ޢިލްމުވެރިން ވަނީ އިއްތިފާގު ވެފައެވެ.

5

އިސްލާމީ ޝަރީޢާތުގެ އަސްލުތައް

ކީރިތި ޤުރުއާން

ކީރިތި ޤުރުއާނަކީ މާތްﷲ ޖިބުރީލުގެ ފާނު މެދުވެރިކުރައްވައި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ބާއްވައިލެއްވި އެކަލާނގެ ކަލާންފުޅެވެ. އެއީ މާތް ﷲ ގެ ހަޟުރަތުން ކީރިތި ރަސޫލާ (ޞ) މައްޗަށް ބާއްވައިލެއްވުނު މުޢުޖިޒާތެކެވެ. އެފޮތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ. އެއްވެސް ބަދަލެއްގެނައުމެއް އުނިއިތުރުކުރުމެއް ނެތިއެވެ.

6

އިސްލާމީ ޝަރީޢާތުގެ އަސްލުތައް

ނަބަވީ ސުންނަތް

ނަބަވީ ސުންނަތަކީ ރަސޫލާ (ޞ) ގެ އަރިހުން ސާބިތުވެފައިވާ އެކަލޭގެ ފާނުގެ އެންމެހައި ބަސްފުޅުތަކާއި، އެކަލޭގެފާނު ކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި އެކަލޭގެފާނުގެ ކުރުފުޅުމަތީގައި ކަމެއް ހިނގިއިރު އެކަމަށް އިންކާރު ނުކުރެއްވި ކޮންމެ ކަމެކެވެ.

7

އިސްލާމީ ޝަރީޢާތުގެ އަސްލުތައް

އިޖުމާޢު

އިޖުމާޢުއަކީ ކިރިތި ރަސޫލާ (ޞ) ސުވަރުގެ ވަޑައިގަތުމަށްފަހު މައްސަލައެއްގެ ޝަރުޢީ ޙުކުމާމެދު އުންމަތުގެ މުޖުތަހިދު ޢިލްމުވެރިން އިއްތިފާޤުވެ އެއްބަސްވާ އެއްބަސްވުމެވެ.

އިޖުމާޢަކީ ޝަރޮޢީ ޙުއްޖަތެއްކަމާއި އެއާއި ދެކޮޅު ހެދުމަކީ ހުއްދަ ކަމެއް ނޫންކަން ބަޔާންކޮށްދޭ ވަރަށް ގިނަ ހެކިތަކާއި ދަލީލުތައް ވެއެވެ.

8

އިސްލާމީ ޝަރީޢާތުގެ އަސްލުތައް

ޤިޔާސް

ޤިޔާސަކީ ޙުކުމެއް ކަނޑައެޅިފައިވާ ކަމަކާއި އެއްގޮތް ކަމެއް މެދުވެރިވުމުން ޙުކުމެއް ކަނޑައެޅިފައި ނުވާކަމަކަށް އެ ޙުކުމް ކަނޑައެޅުމެވެ.

މިސާލަކަށް: މާތްﷲ ޞުބުޙާނަހޫ ވަތޢާލާ ކީރިތި ޤުރުއާނުގައި ބަނގުރާ ޙަރާމްކުރެއްވިކަން އަންގަވާފައިވާ އޮތުމުން ފިގުހު ޢިލްމުވެރިން މަސައްތުވާތަކެއްޗަށް ވެސް ރަލުގެ ޙުކުމް ކަނޑައަޅުއްވާފައެވެ

9

އިސްލާމީ ޝަރީޢާތުގެ އަސްލުތައް

އިޖުތިހާދު

އިޖުތިޙާދަކީ ޝަރޮޢީ ދަލީލުތަކުގެ ޢަލީގައި ދީނުގެ ޙުކުމެއް ދެނެގަތުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އިޖުތިޙާދުކުރުމަކީ އެކަމުގެ ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް ވާޖިބު ކަމެކެވެ.

pattern-tertiary
media
އިސްލާމީ ޝަރީޢަތުގެ މަސްދަތުތައް

Show answer

Auto Play

Slide 1 / 9

SLIDE