wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޤިޞާޞް

Total questions: 16

Worksheet time: 8mins

Name
Class
Date
1.

ޢަރަބި ބަހުގައި ޤިޞާޞްގެ މާނައަކީ

a)

އެއްޗެއްގެ އަޘަރަށް ތަބާވުމެވެ.

b)

އަނިޔާގެ ބަދަލު ހިފުމެވެ.

c)

ފަސްފަަހަތުން ދިއުމެވެ.

d)

އެއްޗެއްގެ ބާކީ ބައެވެ.

2.

ފިޤުހު ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޤިޞާާޞްއަކީ

a)

ޖިނާއީ ޢަމަލެއް ހިންގި މީހާ ކުރި ޢަމަލާ އެއްފަދަ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާމެދު ހިންގުމެވެ.

b)

ޙައްދެއް ކަނޑައެޅިފައިވާ ޢަމަލެއް ހިންގި މީހާ ކުރި ޢަމަލާ އެއްފަދަ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާމެދު ހިންގުމެވެ.

c)

މީހެއްގެ އަބުރަށް އަރައިގަތް މީހާ ކުރި ޢަމަލާ އެއްފަދަ ޢަމަލެއް އަބުރަށް އަރައިގަތްމީހާއާއިމެދު ހިންގުމެވެ.

d)

މަރަށް މަރުހިފުމެވެ.

3.

މަރުގެ މަައްސަލަތަކުގައިނަމަ ޤިޞާޞް ހިފުމަކީ

a)

މަރަށް މަރު ހިފުމެވެ.

b)

ކައްފާރާ ދިނުމެވެ

c)

ދިޔަ ދިނުމެވެ

d)

ޢުމުރަށް ޖަލަށްލުމެވެ

4.

ގުނަވަނަކަށް ގެއްލުން ދިނުމުގެ މައްސަލައެއްނަމަ ޤިޞާޞް ހިފުމަކީ

a)

އެގުނަވަނަކުން ޤިޞާޞް ހިފުމެވެ.

b)

އެގުނަވަނެއްގެ ބަދަލުގައި ފައިސާ ނެގުމެވެ.

c)

މުއުމިނު އަޅަކު މިނިވަން ކުރުން ނުވަތަ ވިދިވިދިގެން 2 މަސްދުވަހު ރޯދަ ހިފުމެވެ.

d)

ޖޫރިމަނާކޮށް ޖަލަށްލުން

5.

މީހަކަށް ހާނިއްކައެއް ދިންނަމަ ޤިޞާޞްހިފާނީ

a)

އެފަދަ ހާނިއްކައަކުން ބަދަލު ހިފުމެވެ

b)

ބޭސްފަރުވާގެ ޚަރަދު އަތުލާނީއެވެ.

c)

ޖޫރިމަނާ ކޮށް ޖަލަށްލާނީއެވެ.

d)

ގޭބަންދުގައި ބަހައްޓާނީއެވެ.

6.

ޤިޞާާޞް ޝަރުޢު ކުރެއްވިކަން އެނގެނީ

a)

ކީރިތި ޤުރްއާނުންނާއި، ކީރިތި ރަސޫލާގެ ސުންނަތުންނާއި ޢިލްމުވެރިންގެ އިޖްމާޢުންނެވެ

b)

ހަމަ އެކަނި ކީރިތި ޤުރްއާނުންނެވެ

c)

ހަމައެކަނި ކީރިތި ރަސޫލާގެ ސުންނަތުންނެވެ

d)

ކީރިތި ޤުރްއާނުންނާއި، ކީރިތި ރަސޫލާގެ ސުންނަތުންނާއި ޢިލްމުވެރިންގެ އިޖްމާޢުންނާއި ޤިޔާސް އިންނެވެ.

7.

އަލްބަޤަރާ ސޫރަތުގެ 178ވަނަ އާޔަތުގެ މާނައިގައިވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ." އިސްވެދިޔަ އާޔަތުގެ މާނައިން ދޭހަވާ އެންމެ މުހިއްމުކަަމަކީކޮބާ؟

a)

ޤިޞާޞް ހިފުމަކީ ވާޖިބެއްކަން

b)

ޤިޞާޞް ހިފުމިުގެ މުހިއްުމުކަން

c)

ޤިޞާާޞް ހިފަން އަންގާފައިވާކަން

d)

ޤިޞާޞް ހިފަން ޖެހޭނެކަން

8.

އަލްމާއިދާ ސޫރަތުގެ 45ވަނަ އާޔަތުގެ މާނައިގައިވަނީ"އެ ތައޔރާތުގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (ޤިޞާޞްގެ އުޞޫލު) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން ނަފުސަކަޤ ނަފުސެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ޒަޚަމުތަކަކީ ޤީޞާާޞްހުރި ކަމެކެވެ. "

އިސްވެދިޔަ އާޔަތުގެ މާނައިން ދޭހަވާ މައިގަނޑު ކަމަކީކޮބާ؟

a)

ޤަތުލުގެ މައްސަލަ ތަކާއި އެހެން އަނިޔާތަކުގައިވެސް ޤިޞާޞް ޝަރުޢު ކުރައްވާފައިވާކަން

b)

ކުރީގެ ފޮތްތަކުގައިވެސް ޤިޞާޞް ޝަރުޢުކުރައްވާފައިވާކަން

c)

ޤިޞާޞް ހިފަން ޖެހޭނެގޮތް ބަޔާންކޮށްފައިވުން

d)

އިސްލާމްދީނުގައި އިންސާނުންގެ ޙައްޤުތައް ހިމާޔަތް ކޮށްފައިވާކަން

9.

ޤިޞާޞް ޝަރުޢު ކުރެއްވުމުގެ މައިގަނޑު ޙިކުމަތަކީ

a)

އިންސާނީ ދަރިފަސްކޮޅަށް ދިރުން ގެނައުން

b)

އިންސާނުންގެ މަސްލަޙަތުތައް ހިމާޔަތްކުުރުން

c)

މުޖުތަމަޢުގެ އަމަން އަމާންކަން ދެމެހެއްޓުން

d)

ލޭގެ ހުރުމަތްތެރިކަން ދެމެހެއްޓުން

10.

ޤަތުލް ޢަމްދުގެ މައްސަލާގައި ޤިޞާޞް ހިފުން ހުއްދަވަނީ

a)

ހަތަރު ޝަރުޠެއް ފުރިހަމަ ވުމުންނެވެ

b)

ތިން ޝަރުޠެއް ފުރިަހަމަ ވުމުންނެވެ

c)

ދެ ޝަރުޠެއް ފުރިހަމަވުމުންނެވެ

d)

ފަސް ޝަރުޠެއް ފުރިަހަމަ ވުމުންނެވެ

11.

ޤާޠިލަކީ ބާލިޣުވެ ބުއްދި ސަލާމަތުންހުރި ފުރިހަމަ އިޚްތިޔާރު ލިބިގެންވާ މީހއްކަމުގައިވުން

މަޤުތޫލަކީ މުސްލިމެއްކަމުގައިވުން

މަޤުތޫލަކީ ލޭގެ ޙުރުމަތްތެރި ވެގެންވާ މީހެއްކަމުގައިވުން

ޤާތިލަކީ މަޤުތޫލުގެ އަޞްލެއްކަމުަގައި ނުވުން

*މިއީ

a)

ޤަތުލު ޢަމްދުގެ ޤިޞާޞް ހިފުމުގެ ޝަރުޠުތަކެވެ

b)

ޤަތުލު ޝިބުހު ޢަމްދުގެ ޤިޞާޞް ހިފުމުގެ ޝަރުޠުތަކެވެ

c)

ޤަތުލު ޚަޠައުގެ ޤިޞާޞް ހިފުމުގެ ޝަރުޠުތަކެވެ

d)

ޙާނިއްކަތަކުގެ ޤިޞާާޞް ހިފުމުގެ ޝަރުޠުތަކެވެ

12.

ޤަތުލުގެ މައްސަލަތަކުގައި ނުވަތަ ހަށިގަނޑަށް ދެވޭ ހާނިއްކަތަކުގައި ޤިޞާޞް ހިފުމުގެ ކުށް ޘާބިތުވާނީ

a)

ޖިނާޢީ ކުށެއްކުރިކަމަށް އިޢްތިރާފުވުން

ނުވަތަ ހެކިންގެ ހެކިބަހުން ސާބިތުވުން

b)

ފޮރެންސިކް ހެކި

ވީޑިއޯ ފުޓޭޖް

13.

ޤިޞާޞް ހިފޭނީ ހަމައެކަނި

a)

ޤަތުލު ޢަމްދުގެ މައްއސަލަތަކުގައި

b)

ޤަތުލް ޝިބުހު ޢަމްދުގެ މައްސަލަތަކުގައި

c)

ޤަތުލް ޚަޠައުގެ މަައްސަަލަ ތަކުގައި

14.

ވާރިޘުންގެ ތެރެއިން އެކަކު ޤިޞާޞްހިފުން މަޢާފުކޮށްފިނަމަ

a)

ޤިޞާޞް ހިފުން އުވި، ދިޔަދިނުން ވާޖިބްވާނެ

b)

އެންމެ މީހެއް މަޢާފުކުރިޔަސް ޤިޞާޞް ހިފަން ޖެހޭނެ

c)

ތައުޒީރު ކުރެވޭނެ

d)

ޢުމުރު ދުވަހަށް ޖަލަށް ލެވޭނެ

15.

ޤިޞާޞް ހިފުން ޘާބިތުގެ ޙުކުމް އިއްވައިފިނަމަ

a)

ވާރިޘުން އަމިއްލައަށް ޤިޞާޞް ހިފިދާނެ

b)

އަމިއްލައަށް ޤިޞާޞް ހިފިދާނެ

c)

ޙާކިމުގެ ބެލުމުގެ ދަށުންނޫން ގޮތަކަށް ޤިޞާޞް ހިފާއިގެން ނުވާނެ

d)

ރައްޔިތުން ނުކުމެ އަމިއްލައަށް ޤިޞާޞް ހިފުން

16.

މާ ބަނޑު މީހެއްގެ މައްޗަށް ޤިޞާޞް ހިފުން ވާޖިބު ވެއްޖެނަމަ

a)

އެމީހާ ވިހަންދެން ޤިޞާޞް ހިފުން މަޑުކޮށްލާނީ

b)

ވަގުތުން ޤިޞާޞް ހިފާނީ