WorksheetsMasthuwaa thakethi
Total questions: 10
Worksheet time: 5mins
ބަހުގެ ގޮތުން ބަލާއިރު ބަނގުރަލަކީ
މޭބިސްކަދުރު ނުވަތަ އެނޫންވެސް އެއްޗަކުން ހަދާފައިހުންނަ ބުއިމެކެވެ
ހަމައެކަނި މޭބިސްކަދުރުން ހަދާފައި ހުންނަ ބުއިމެކެވެ
މޭބިސްކަދުރު ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ބޭނުންކޮށްގެން ހަދާފައި ހުންނަ އެ ބުއިމުން މަސްތުވާ ކޮންމެ ބުއިމެކެވެ
މޭބިސްކަދުރު ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ބޭނުންކޮށްގެން ހަދާފައި ހުންނަ އެ ބޭނުންކުރުމުން މަސްތުވާ ކޮންމެ އެއްޗެކެވެ.
ބަނގުރަލުގެ އިސްތިލާޙީ މާނަލިޔޭ
ބަނގުރަލުގެ ސަބަބުން ލަޢުނަތްލެއްވިގެންވަނީ ---------------- މީހުންނަށެވެ
(a)
ބަނގުރާ އަދި މަސްތުވާ ތަކެތީގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ދީނީ ގޮތުން ލިބިދާނެ 2 ގެއްލުމެއް ލިޔޭ
މަސްތުވާ ތަކެތީގެ ވަބާ މިކުޑަ ކުޑަ ދިވެހި ރާއްޖޭގައި މިވަނީ ޢާންމުވެފައެވެ. މިހެން މިކަން ދިމާވާން މެދުވެރި ސަބަބު ތަކުގެ ތެރެއިން 2 ސަބަބެއް ލިޔޭ!
މަސްތުވާ ތަކެތީގެ ދަލުގައި މިއަދުގެ ޒުވާނުން ޖެހުމަށް މެދުވެރިވާ ސަބަބަކީ
އީމާންތެރިކަން ބަލިކަށިވުން
ވިޔާނުދާ ގޯސް ރަޙުމަތްތެރިންގެ ސަބަބުން
ރަނގަޅު ތަރުބިޔަތެއް ނުދެވުމުން
މަސްތުވާ ތަކެތި ރާއްޖެއަށް އެތެރެކުރެވޭތީ
އިސްލާމީ ޝަރީޢަތް ޤާއިމު ނުުކުރާތީ
ރާއްޖޭގެ ރިސޯޓުތަކުގެ ބާގައި ދިވެހި ޒުވާނުން މަސައްކަތް ކުރަމުން ގެންދަނީ
އެކަމުގެ ޙުކުމް ނޭގޭތީ
ވަޒީފާއެއް ނުލިބިދާނެތީ
ބަޔަކު ރާ ބުޔަސް ތިމާ މީހާ ނުބޯނަމަ މައްސަލައެއްގެ ގޮތުގައި ނުދެކޭތީ
މަޖުބޫރުވެގެން
މާހިރު ޑިންގިއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ބެހިގެން ބޯނެ ފެންފޮދެއް ނުލިބި މީހާގެ ހާލަތު ވަރަށް ގޯސްވެ ވަރުދެރަވާން ފަށާފިއެވެ. އެހާލަތުގައި އޮޔާދިޔަ ފުޅިއެއް ނަގައި ބެލި އިރު ބަނގުރާކަން އެނގުނެވެ
ބުއިމަކީ ޙަރާމްކަމެއް
އެހާލަތުގައި ބޯލެވިދާނެ
ނަފުސު ސަލާމަތް ކުރެވޭ ވަރުގެ ކުޑައެތިކޮޅެއް ބޯލެވިދާނެ
އިސްލާމްދީނުގައި ބަނގުރާ ޙަރާމް ކުރެވުނީ
ތިން މަރުހަލާއެއްގެ މަތިން
ކުއްލިޔަކަށް
ދެ މަރުޙަލާއެއްގެ މަތިން
އިސްލާމް ދީނުގައި ބަނގުރާ ބުއިމުގެ ޙައްދަކީ
ސާޅިސް އެތިފަހަރުން ޙައްދު ޖެހުން
ސަތޭކަ އެތިފަހަރުން ޙައްދު ޖެހުން
ފަސްދޮޅަސް އެތިފަހަރުން ޙައްދު ޖެހުން
ޖަލަށްލުން
އަރުވާލުން ނުވަތަ ގޭބަންދު ކުރުން
