WorksheetsGavaaidhu Quiz 1
Total questions: 25
Worksheet time: 25mins
Name
Class
Date
1.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ގަވާދަށް ފެތޭގޮތަށް ލިޔެފައިވާ ޖުމުލަ ފާހަގަކުރާށެވެ؟
a)
މައިން ބަފައިންނަށް އަބަދުވެސް ގުޅުން ބަހައްޓަންވާނެއެވެ.
b)
އެކުވެރިކަމުގެ ރަނގަޅު ގުޅުން ބަހައްޓާ މީހުން މިޒަމާނުގައިވެސް އުޅެއެވެ.
c)
ބަލި މީހުންނަށް ރަޙްމު ބަހައްޓާ އަޅާލާ ނަރުހުން ވަރަށް ގިނައެވެ.
2.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ގައިވަދަށް ފެތޭގޮތަށް ލިޔެފައިވާ ޖުމުލަ ފާހަގަކުރާށެވެ؟
a)
މިތާގައި ހަރުގަނޑު ބައިންދާފައި ދިޔަގޮތަށް އަދިވެސް ބައްޕަ ނާދެއެވެ.
b)
ބައްޕައައީ ދޮންބޭބެ ސްކޫލްގައި ބައިންދާފައެވެ.
c)
ގޭތެރޭގައި އެއްޗެހިތައް ބައިންދާފައި ހުރިގޮތުން އެއްވެސް ތަރުތީބެއްނެތެވެ.
3.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ގައިވަދަށް ފެތޭގޮތަށް ލިޔެފައިވާ ޖުމުލަ ފާހަގަކުރާށެވެ؟
a)
އަދި ދެ ދުވަހެއްވަންދެން މަންމަ ހޮސްޕިޓަލްގައި ބޭއްވުމަށް ޓޮކްޓަރުން ލަފާ ދެއްވައެވެ.
b)
ކޮއްކޮ ސްކޫލަށް ދިޔައީ މޭޒުމަތީގައި ހުރިހާ ފޮތެއް ބާއްވާފައި ހުސް ދަބަސް ހިފައިގެންނެވެ.
c)
ގަލަންތައްވެސް އެއްވެސް ތަރުތީބެއްނެތި މޭޒުމަތީގައި ބާއްވާފައި އެދިޔައީއެވެ.
4.
ހިކި ތަކެއްޗާއި ދިޔާ ތަކެތި ވަކިކުރުމަށް ބޭނުންކުރާ "ކޮޅު" ރަނގަޅަށް ބޭނުންކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ތަށީގައިހުރި ފެންކޮޅު އުކާލާށެވެ.
b)
މޭޒުމަތީގައިހުރި ހުރި މިރުސްކޮޅު ގެނެސްދޭށެވެ.
c)
ކޮފީކޮޅެއް ގިރާލަދޭށެވެ.
5.
ކާބޯތަކެތި ރޯފިލުވުމަށް ބޭނުންކުރާ "ހިލުން" ރަނގަޅަށް ބޭނުންކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
އީދަށް މެޓާ ހިލުމަކީ މިރަށުމީހުންގެ އާދައެކެވެ.
b)
ކަށިކޭލުގައި ހިލާ އެންމެމީރު ކެއުމަކީ ކަށިކެޔޮ ކަންޖެވެ.
c)
ބޯކިބާ ހިލުމަކީ ވަރަށް ފޫހިވާ ކަމެކެވެ.
6.
"ފިހުން" ބޭނުންކުރަންޖެހޭ ޖުމުލަ ފާހަގަކުރާށެވެ.
a)
މިއަދު މި ގޭގައި ކެއްކި ކަރުހަކުރު ވަރަށް މީރެވެ.
b)
މަންމަ އެންމެ މީރުކޮށް ކައްކާ އެއްޗަކީ ތެލުލިމަހެވެ.
c)
ހުކުރުދުވަހު މިގޭގައި ފޮޅި ހެދީ ބައްޕަ ބޭނުންވެގެންނެވެ.
7.
ދުފުމުގެ މާތް ގޮތަކީ ކޮބާ؟
a)
ދޮހުން
b)
ދުއްސެވުން
c)
ދުފުން
d)
އަޑަފިކޮޅު ހިއްޕެވުން
8.
ބޮޑުވަޒީރު އޮފީހަށް ވަދެ ވަޑައިގެންނެވިއިރު ރަސްގެފާނުގެ .................. ނެތެވެ.
a)
މޭޒުމަތީގައި ގަލަންކޮޅެއް
b)
މޭޒުފުޅު މަތީގައި ގަލަންފުޅެއް
c)
މޭޒުމަތީގައި ގަލަންކޮޅެއް
d)
މޭޒުކޮޅުމަތީގައި ގަލަންކޮޅެއް
9.
އަޅުގަނޑު ................ ވާހަކަ އެނގިވަޑައިގެންފިތޯއެވެ؟
a)
ދެންނެވި
b)
ވިދާޅުވި
c)
ބުނުއްވި
d)
ބުނި
10.
ރާނާ އިބްރާހީމް .............. ފިލައިފިއެވެ.
a)
ގެންގުޅޭ ގުރާފުޅު
b)
ގެންގުޅުއްވާ ގުރާކޮޅު
c)
ގެންގުޅިވަޑައިގަންނަވާ ގުރާ
d)
ގެންގުޅޭ ގުރާ
11.
ރިޒުވީ އިނގިރޭސިވިލާތަށް ގޮސްފައި
a)
އަނބުރާ އަތުވެއްޖެއެވެ.
b)
އެނބުރި އަތުވެއްޖެއެވެ.
c)
އަނބުރައިލައިފައި އަތުވެއްޖެއެވެ.
12.
އައިޝާ
a)
ބަލިވެ އިނދުނީ މީގެ ހަތަރު މަސްކުރިންނެވެ.
b)
މީގެ ހަތަރު މަސްކުރިން ބަލިވެއިނދުނެވެ.
c)
ބަލިވެ އިނީ މީގެ ހަތަރު މަސްކުރިންނެވެ.
13.
އަހަރެން ދުވަހަކު ވެސް
a)
އެފަދަ ވާހަކައެއް ބުނެފަކާ ނޯންނާނެއެވެ.
b)
އެފަދަ އެއްޗެއް ބުނެފަކާ ނޯންނާނެއެވެ.
c)
އެފަދަ ވާހަކައެއް ބުނެފައެއް ނޯންނާނެއެވެ.
14.
މާރިއާ ބާޒާރުން ގެނައީ
a)
ފަސް މިރުހާއި ހަވަރަކަށް ލުނބޮއެވެ.
b)
ދޮޅަހަކަށް ފޭރާއި ވިހިވަރަކަށް އަނބެވެ.
c)
ފަންސަވީހަކަށް ކުންނާރާއި ދެތިން ބަނބުކޭލެވެ.
15.
ނާހިދާއަށް ހީވީ
a)
އޭނާގެ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ.
b)
އޭނާގެ ފައިދަށުން ބިންގަނޑު ދިޔަ ހެންނެވެ.
c)
އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަނެގެން ދިޔަ ހެންނެވެ.
16.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން "އޮތުން" ރަނގަޅަށް ބޭނުންކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ފާރުގައި އޮތް ބިޗޫ މަރާލާކަށް އެކަކަށް ވެސް ނުކެރުނެވެ.
b)
މި ކަން މިހެން އޮތް އިރު އޭނާގެ މަސައްކަތްތައް ހުންނާނީ ކިހިނެއް ހެއްޔެވެ؟
c)
ކަންކަން ހަމަޖެހިފައި އޮންނަނީ ޚިދުމަތް ހޯދާ މީހާއަށް ފަސޭހަވާނެ ގޮތަކަށް ނޫނެވެ.
17.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން "އިނުން" ރަނގަޅަށް ބޭނުންކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ހަސަނު މާލެ އައިސް މި ފަހަރު އިނީ ގ.ރަންކޮކާ ގޭގައެވެ.
b)
ގަހުގައި އިން މާތައް ބިން މީހަކު ނޭނގިގެން ކޮއްކޮ އުޅުނެވެ.
c)
ނަގުލަންދާށި އިނީ ފާރުގައި ދުވަމުންދާ ހިނިތަކަށް ފާރަލައިގެންނެވެ.
18.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން "ހުރުން" ރަނގަޅަށް ބޭނުން ކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ގޯތިތެރޭގައި ބަހައްޓާފައި ހުރި ބަސްތާތަކާއި ކުނިތައް އުކާލަދޭނެ މީހަކު ވެއްޖެއެވެ.
b)
ތޮރާ ގަހުގައި ހުރި ތޮރާ ކަނޑާނީ އަދި ދެ ހަފުތާ ފަހުންނެވެ.
c)
މި ދިޔަ ހަފުތާގައި މަހަށް ނުފުރާ ހުރި 12 ދޯނި ވެސް މިއަދު މަހަށް ފުރައިފިއެވެ.
19.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން "ހުރުން، އިނުން، އޮތުން" ރަނގަޅަށް ބޭނުން ކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
އަތިރިމަތީ އޮތް ގަސްބުޑާ މުޚާތަބުކޮށް އޭނާ ވާހަކަދައްކަން ފެށުމުން، އޭނާގެ ބުއްދި އިނީ ގޯސްވެފައިކަން ޔަގީންވިއެވެ.
b)
މަރުވެފައި ހުރި މަސްކާށިދޫނިތައް ކާހިތުން އިރުވާހުދު އިނީ ކެތްމަދުވެފައެވެ.
c)
މި ލިޔުމުގައި އިން ޖުމުލަ ރީތިވަނީ ނަންއިތުރާއި ކަންއިތުރު ބޭނުން ކޮށްފައި ހުރުމުންނެވެ.
20.
"އޮފީހުން ލިބުނު ޕްރޮމޯޝަނާ އެކު ޓެކުހަށް ދައްކަންޖެހޭ މިންވަރު ވެސް އިތުރުވެއްޖެ" މި ޖުމުލައިގައި...
a)
އެއްވެސް ކުށެއް ނެތެވެ.
b)
"ޕްރޮމޯޝަނާ" މިއީ ކުށެކެވެ. ރަނގަޅު ގޮތަކީ "ޕްރޮމޯޝަންއާ" މިހެންނެވެ.
c)
"ޕްރޮމޯޝަނާ" މިއީ ކުށެވެ. ރަނގަޅު ގޮތަކީ "ޕްރޮމޯޝަނާއި" މިހެންނެވެ.
21.
ލަފުޒުތަކުގެ ފަހަތަށް "އިން" އަދި "އެއް" ގުޅޭ ހަމަތަކާ އެއްގޮތަށް، ރަނގަޅަށް ލިޔެފައިވާ ޖުމުލަ ފާހަގަކުރާށެވެ..
a)
"މަންމަ ހަވީރު ސަޔަށް ހަނޑުލުން ކުޅި ބޯކިބަލެއް ފިހެފައި ކަށިކޭލުން ކަނދި ކެއްކިއެވެ."
b)
"މަންމަ ހަވީރު ސަޔަށް ހަނޑޫއިން ކުޅި ބޯކިބަލެއް ފިހެފައި ކަށިކޮޔޮލުން ކަނދި ކެއްކިއެވެ."
c)
"މަންމަ ހަވީރު ސަޔަށް ހަނޑުލުން ކުޅި ބޯކިބާއެއް ފިހެފައި ކަށިކެޔޮލުން ކަނދި ކެއްކިއެވެ."
22.
"އެއް" ގުޅުވާއިރު، ލަފުޒުތަކަށް އިތުރުކުރާ ސުކުންތަކާއި އަކުރުތަކަށް ވިސްނައިގެން ރަނގަޅަށް ލިޔެފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ތިމާގެ ހިއްވަރެން ހުރިއްޔާ ދައްޗެއް ތުރާލެއް ނެތި، އަހަރެން ހައި ދުވަހުން ސެޓްފިކެޓްއެއް ލިބިދާނެއެވެ.
b)
ތިމާގެ ހިތްވަރެއް ހުރިއްޔާ ދަތްޗެއް ތުރާލެއް ނެތި، އަހަރެއް ހައި ދުވަހުން ސެޓްފިކެޓެއް ލިބިދާނެއެވެ.
c)
ތިމާގެ ހިތްވަރެއް ހުރިއްޔާ ދައްޗެއް ތުރާލެއް ނެތި، އަހަރެއް ހައި ދުވަހުން ސެޓްފިކެޓެއް ލިބިދާނެއެވެ.
23.
"އިން" ގުޅުމުގައި އެއްވެސް ކުށެއް ނެތް ޖުމުލައަކީ..
a)
އެ ފޯޓޯއިން ފެންނަނީ މި ބަލީގައި އައްޑޫ ސިޓީއިން ފައްސިވި މީހާއާއި މަނަދޫއިން ނިޔާވި މީހާއާއި ކޮމަންޑޫއިން ކަރަންޓީނުކުރި ދެ މީހުންނެވެ.
b)
އެ ފޯޓޮއިން ފެންނަނީ މި ބަލީގައި އައްޑޫ ސިޓީން ފައްސިވި މީހާއާއި މަނަދޫން ނިޔާވި މީހާއާއި ކޮމަންޑޫން ކަރަންޓީނުކުރި ދެ މީހުންނެވެ.
c)
އެ ފޯޓޯއިން ފެންނަނީ މި ބަލީގައި އައްޑޫ ސިޓީން ފައްސިވި މީހާއާއި މަނަދޫން ނިޔާވި މީހާއާއި ކޮމަންޑޫން ކަރަންޓީނުކުރި ދެ މީހުންނެވެ.
24.
ދަރަޖަ ނުބައިކޮށް ބޭނުންކޮށްފައިވާ ޖުމުލަ ފާހަގަކުރާށެވެ.
a)
ކީރިތި ރަސޫލާއަކީ އެންމެންގެ ވާހަކަތައް އައްސަވައިވޮޑިގެންވާ ރަސޫލާއެވެ.
b)
ކީރިތި ރަސޫލާ ޙަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
c)
ތުއްތުކުދިން ފެނިވަޑައިގަތުމުން، ކީރިތި ރަސޫލާ ހިނިވަރުނަކުރައްވައެވެ.
25.
ތިރީގައިވާ ޖުމުލަތަކުގެ ތެރެއިން ރަނގަޅަށް ލިޔެފައިވާ ނަފީގެ ޖުމުލަ ފާހަގަކުރާށެވެ.
a)
އަނާއަށް މިރޭގައި މޫދަށް ނުދެވޭނެއެވެ.
b)
އަނާއަކަށް މިރެއަކު މޫދަކަށް ނުދެވޭނެއެވެ.
c)
އަނާއަށް މިރޭ މޫދަށް ނުދެވޭނެއެވެ.
100 %
