NEW
Font size
Worksheetsޢިއްދަ
Total questions: 10
Worksheet time: 5mins
ޢަރަބި ބަހުގައި ޢިއްދަގެ މާނައަކީ
ޚަރަދުކުރުމާއި ޚަރަދު ދިނުމެވެ.
ގޭގައި މަޑުކޮށްގެން ހުރުމެވެ.
ޢަދަދު ކުރުމާއި ހިސާބުކުރުމެވެ.
ހިތާމަކުރުމެވެ.
ޝަރުޢީ އިޞްޠިލާޙުގައި ޢިއްދައަކީ
ކައިވެނި ރޫޅުމަށްފަހު އަވަހަށް އެހެންމީހަކާއި ކައިވެނި ކުރުމެވެ.
ކައިވެނި ރޫޅުމަށްފަހުދެން ޢުމުރަށް މީަހކައި ކައިވެނި ނުކޮށްއިނުމެވެ.
ކައިވެނި ރޫޅުމަށްފަހު، ފިރިމީހާމަރުވުމެވެ
ކައިވެނި ރޫޅުމަށްފަހު ކަނޑައެޅިފައިވާ މުއްދަތަކަށް ކައިވެނި ނުކޮށްއިނުމެވެ.
ޢިއްދާގައި އިނުމުގެ ޙުކުމަކީ
ވާޖިބެކެވެ.
ސުންނަތެކެވެ.
މަކުރޫޙަ ކަމެކެވެ.
ޙަރާމް ކަމެކެވެ.
ޢިއްދާގައި އިނުމުގެ އެއް ޙިކުމަތަކީ
ޤާނޫނަށް ކިޔަމަންގަތުމެވެ.
މާތްﷲގެ އަމުރުފުޅަށް ކިޔަމަންގަތުމެވެ.
ވަރިކުރި މީހާއަށް ކައިވެނކުރުމަށް ދެން ފުރުޞަޠު ނުދިނުމެވެ.
ގޯސްފިރިހެނެއްގެ ކިބައިން ސަލާމަތްވުމެވެ.
ޢިއްދާގައި އިންނަން ވާޖިބުވާ ސަބަބުތަކުގެ ތެރޭގައި
ޞައްޙަ ކައިވެންޏަކަށް ނުވުން ހިމެނެއެވެ.
ޞައްޙަ ކައިވެންޏަކަށް ފަހު ރޭނުކުރުން ހިމެނެއެވެ.
ޞައްޙަ ކައިވެންޏަކަށްފަހު ފިރިމީހާ މަރުވުން ހިމެނެއެވެ.
ޞައްޙަ ކައިވެންޏަކަށްފަހު ދެމަފިރިން ޒުވާބުކުރުން ހިމެނެއެވެ.
ޙައިޟުވާ މައިބަނޑުނޫން އަންހެނާގެ ޢިއްދައަކީ
ތިންމަސްދުވަހެވެ.
ހަތަރުމަހާއި ދިހަ ދުވަހެވެ.
އެފަދަ އަންހެނެއްގެ ޢިއްދައެއް ނޯވެއެވެ.
ތިންޤުރޫޢުއެވެ.
ފިރިމަރުވިއިރު މާބަނޑު ނޫންއަންހެނާހެ ޢިއްދައަކީ
ހަތަރު މަހާއި ދިހަ ދުވަހެވެ.
ތިންމަސްދުވަހެވެ.
ތިންޤުރޫއެވެ.
ތިންޙައިޟެވެ.
ތިން މަސްދުވަހު ޢިއްދައިގަ ހޭދަކުރަންޖެހެނީ
ފިރިމަރުވެފައިވާ އަނހެނުންނެވެ.
ޙައިޟުނުވާ އަދި ފިރިމަރުނުވާ އަންހެނުންނެވެ.
ވަރިކުރިއިރު މައިބަނޑު އަންހެނުންނެވެ.
ޙައިޟުވާ އަދި ފިރިމަރުނުވާ އަންހެނުންެވެ.
މައިބަނޑު އަންހެނާގެ ޢިއްދައަކީ
ހަތަރުމަހާއި ދިހަ ދުވަހެވެ.
ތިންމަސްދުވަހެވެ.
ތިން ޤުރޫއުއެވެ.
ވިހެއުމެވެ.
ޢިއްދާގައި އިންނަން ނުޖެހޭ އަންހެނުންނަކީ
މައިބަނޑު ނޫން އަންހެނުންނެވެ.
ޙައިޟުނުވާ އަންހެނުންނެވެ.
ރޭ ނުކޮށްވަރިކުރާ އަންހެނުންނެވެ.
ފިރިމަރުވެފައިވާ އަންހެނުންނެވެ.
