wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islam Quiz 2 (Smart Term 2)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

އިސްލާމީ ވިޔަފާރި ވިއުގައިގައި ހިމެނެނީ

a)

ހަމައެކަނި އަރަބި ރަށްތައް

b)

އިސްލާމީ ހުރިހާ ރަށެއް

c)

ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ ރަށްތަކާއި ޣައިރު މުސްލިމު ރަށްތައް ވެސް ހިމެނޭ

d)

ހަމައެކަނި ޝާމްކަރައިގެ ރަށްތައް

2.

މުސްލިމު ވިޔަފާރިވެރިންނާއި ފަތުރުވެރިން އެ މީހުންގެ ދަތުރުތަކުގައި އުފުލި އެންމެ އަގު ބޮޑު އެންމެ މަތިވެރި އެއްޗަކީ

a)

ރަނާއި ރިހި

b)

ތަފާތު ވައްތަރުގެ ގަހަނާއާއި ޖަވާހިރު

c)

އަގު ބޮޑު ފޮއްޗާއި ފަށުވި ފޭރާން

d)

މާތްވެގެންވާ އިސްލާމްދީނާއި އެ ދީނުގެ ޙަޟާރަތް

3.

ދެކުނު އިރުމަތީ އޭޝިޔާގެ އިންޑޮނޭޝިޔާ މެލޭޝިޔާފަދަ ގައުމުތަކުގެ އަހުލުވެރިން އިސްލާމްދީން ޤަބޫލުކޮށްފައިވަނީ

a)

މުސްލިމު ވިޔަފާރިވެރިންނާއި ދަތުރުވެރިންގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން

b)

އެ ތަންތަނުގެ މީހުން އިސްލާމްދީން އުނގެނުމަށް އެކި ގައުމުތަކަށް ޒިޔާރަތްކޮށްގެން

c)

އެ ގައުމުތަކުގައި ހުރި ޤަދީމީ ފޮތްތައް ކިޔައިގެން

d)

އެ ތަންތަނުގައި ހުރި އިސްލާމީ މަދަރުސާތަކުން ކިޔަވައިގެން

4.

މުސްލިމުން ޒިޔާރަތްކުރާ ޣައިރު މުސްލިމް ރަށްތަކުގައި މުސްލިމުން މަޝްހޫރުވެގެން ދިޔައީ

a)

މުޢާމަލާތުގައި ތެދުވެރި، މަކަރާއި އޮޅުވާޅުމުން ދުރުވެގެންވާ ބައެއްގެ ގޮތުގައި

b)

މުއްސަނދި ތަނަވަސް ބައެއްގެ ގޮތުގައި

c)

ދަތުރުފަތުރުކުރާ ބައެއްގެ ގޮތުގައި

d)

ދެއްކުންތެރި ބައެއްގެ ގޮތުގައި

5.

އަލްމަސްޢޫދީ ލިޔުއްވާފައިވާ އެންމެ މަޝްހޫރު ފޮތް "މުރޫޖުއް ޛަހަބި ވަ މަޢާދިނުއް ޖައުހަރި" އަކީ

a)

ބޭސްވެރިކަމާ ގުޅޭ ފޮތެއް

b)

ޖޯގްރަފީ ޢިލްމުގެ ފޮތެއް

c)

ތާރީޚް ފޮތެއް

d)

ފަލަކީ ޢިލްމުގެ ފޮތެއް

6.

ބިމަކީ ވަށް އެއްޗެއްކަން ކަށަވަރުކޮށްދެއްވައި، ބިމުގެ ބޭރު ފަށަލަ އުފެދިފައިވާ ގޮތާ ގުޅޭ ގިނަ ދިރާސާތަކެއް ހައްދަވައި އަދި ބިމުގެ ދުވެއްޔަށްވުރެ އަލީގެ ދުވެލި ހަލުވިކަން ބަޔާންކުރެއްވި ޢިލްމުވެރިޔާއަކީ

a)

އަލްމަސްޢޫދީ

b)

އަލްބައިރޫނީ

c)

އަލްއިދްރީސީ

d)

އިބްނު ޖުބައިރު

7.

އަންނަނި ޝަޚުޞިއްޔަތުތަކުގެ ތެރެއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ޝަޚުޞިއްޔަތަކީ

a)

އަލްބައިރޫނީ

b)

އަލްއިދްރީސީ

c)

އިބްނު ބަޠޫޠާ

d)

އިބްނު ޖުބައިރު

8.

ޖޯގްރަފީ ޢިލްމުގެ ދާއިރާއިން އިސްލާމީ ޙަޟާރަތުގައި އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިޔަކީ

a)

އިބްނު ޢައްބާސް

b)

އިބްނު ބަޠޫޠާ

c)

އަލްމަސްޢޫދީ

d)

އަލްއިދްރީސީ

9.

ބޭސްވެރިކަމާއި ކީމިޔާގެ ރޮނގުން އަލްބައިރޫނީ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފޮތަކީ

a)

ކިތާބުއް ޞައިދަނާ

b)

ރިޙްލަތު އިބްނު ޖުބައިރު

c)

ރިޙްލަތު އިބްނު ބަޠޫޠާ

d)

ނުޒުހަތުލް މުޝްތާޤި ފީ އިޚްތިރާޤިލް އާފާޤި

10.

އަލްބައިރޫނީ އެންމެ މަޝްހޫރު ދާއިރާއަކީ

a)

ފިޒިކްސް

b)

ޖޯގްރަފީ

c)

ކެމިސްޓްރީ

d)

ޓްރެވަލް އެންޑް ޓުވަރިޒަމް