wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ލިޢާންކުރުން / ފަރިތަކުރުން

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ލިޢާންކުރުމަކީ އަނބިމީހާ ޒިނޭކުރިކަން ސާބިތުކުރުމަށް

a)

ހެކިންލައްވާ ކުރާ ހުވާތަކެކެވެ.

b)

އަނބިމީހާއަށް މަޖްބޫރުކޮށްގެން ކުރާކަމެކެވެ.

c)

ފިރިމީހާކުރާ ޚާއްޞަ ހުވާތަކެކެވެ.

d)

ކޯޓްގައި ދައްކާ ވާހަކަ ތަކެކެވެ.

2.

ލިޢާންކުރާއިރު އަނބިމީހާ ކުވާކުރަން ޖެހެނީ

a)

ފިރިމިހާ އެ ހަދަނީ ދޮގު ކަމަށެވެ.

b)

އަނބިމީހާގެ ކުށެއްނެތް ކަމަށެވެ.

c)

ފިރިމީހާއަކީ ކުށްވެރިއެއް ކަމުގައެވެ.

d)

އޭނާ ، ޒިނޭކޮށްފައިނުވާ ކަމުގައެވެ.

3.

އަނބިމީހާ ވިހޭދަރިއަކީ ފިރިމީހާގެ ދަރިއެއްނޫންކަން ޔަޤީންވާނަމަ

a)

ލިޢާންކުރުމަކީ އަނބިމީހާގެ މައްޗަށް ވާޖިބެކެވެ.

b)

ލިޢާންކުރުމަކީ ހެކިންގެ މައްޗަށް ވާޖިބެކެވެ.

c)

ލިޢާންކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބެކެވެ.

d)

ލިޢާންކުރުމަކީ ޤާޟީގެ މައްޗަށް ވާޖިބެކެވެ.

4.

އަނބިމީހާ ޒިނޭކުރިކަމަށްބުނެ ފިރިމީހާ ލިޢާން ނުކުރިހަމަ

a)

އަނބިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހޭނެއެވެ.

b)

ހެކިންގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހޭނެއެވ

c)

އެއްވެސްމީހެއްގެ ގައިގައި ޤަޛްފުގެ ޙައްދު ޖަހާކަށް ނުޖެހޭނެއެވެ.

d)

ފިރިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހޭނެއެވެ.

5.

ލިޢާންކުރުމަށްޓަކައި ދެމަފިރިން ޝަރީޢަތުގެ މަޖްލީހަށް

a)

ޙާޟިރު ކުރާކަށް ނުޖެހޭނެއެވެ.

b)

ޙާޟިރުކޮށް ނަޞޭޙަތްތެރި ވާންޖެހޭނެއެވެ.

c)

ޙާޟިރުވީނަމަވެސް ލިޢާންކުރާކަށް ނުޖެހޭނެއެވެ.

d)

ޙާޟިރުވާންޖެހޭނީ ކޯޓްގައި އެއްވެސްމީހަކު ނެތްނަމައެވެ.

6.

ލިޢާންކުރެވޭ ދެމީހުންގެ މެދުގައި ކައިވެނީގެ ގުޅުން އޮތުމަކީ

a)

ލިޢާން ޞައްޙަވުމުގެ ޝަރުތެކެވެ.

b)

ލިޢާންގެ ރުކުނެކެވެ.

c)

ލިޢާން ބާޠިލުވާނެކަމެކެވެ.

d)

ލިޢާންނާއި ގުޅުމެއް ވާކަމެއް ނޫނެވެ.

7.

ލިޢާންކުރާއިރު އެންމެފުރަތަމަ ލިޢާންކުރާނީ

a)

އަނބިމީހާއެވެ.

b)

ދެމަފިރިން އެއްކޮށެވެ.

c)

ފިރިމީހާއެވެ.

d)

ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެކަކުއެވެ.

8.

ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ފިރިމީހާ ނުކުރިނަމަ

a)

ދެމަފިރިންވެސް ޒިނޭގެ ތުޙުމަތުން ބަރީއްޢަވާނެއެވެ.

b)

ޤަޛްފުގެ ޙައްދުން ފިރިމީހާ ސަލާމަތްވުމެވެ.

c)

އަނބިމީހާ ލިޢާންގެ ހުވާތައްކުރާކަށް ނުޖެހޭނެއެވެ.

d)

އަނބިމީހާގެ ގައިގައި ޤަޛްފުގެ ޙައްދުޖެހުމެވެ.

9.

ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި އަނބިމީހާ ނުކުރިނަމަ

a)

ޒިނޭގެ ޙައްދު އަނބިމީހާގެ ގައިގައި ޖަހާކަށް ނުޖެހޭނެއެވެ.

b)

ޒިނޭގެ ޙައްދު ފިރިމީހާގެ ގައިގައި ޖަހަން ޖެހޭނެއެވެ.

c)

ޒިނޭގެ ޙައްދު އަނބިމީހާގެ ގައިގައި ޖަހަން ޖެހޭނެއެވެ.

d)

ދެމަފިރިންގެ ގައިގައި ޙައްދު ޖަހަންޖެހޭނެއެވެ.

10.

ދެމަފިރިންވެސް ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ކުރިނަމަ

a)

ދެމީހުންގެ ކައިވެނި ދާއިމަށް ޙަރާމްވަނެއެވެ.

b)

ދެމީހުންގެ ކައިވެނި ނުރޫޅި ދެމިއޮންނާނެއެވެ.

c)

ދެމީހުން ބޭނުންނަމަ އަލުން ކައިވެނި ކުރެވޭނެއެވެ.

d)

ދެމީހުންގެ ރުހުމާއެކު ކައިވެނި ރުޖޫޢަ ކުރެވޭނެއެވެ.