NEW
Font size
Worksheetsމުންކަރާތްތައް ނަހީކުރުން / ފަރިތަކުރުން
Total questions: 10
Worksheet time: 5mins
މުޖުތަމަޢެއް ހަލާކުވެގެން ހިނގާދާނެ އެއްކަމަކީ
ތިމާވެށީގެ ކަންތައްތަކުގައި ފަރުވާކުޑަކުރުމެވެ.
ތަރައްޤީ ވުމަށް ކުރާމަސައްކަތުގެ ސަބަބުންނެވެ.
ތަފާތު ދިރާސާކުރުމުގެ ސަބަބުންނެވެ.
އެތަނެއްގައި ނުބައިފާފަތައް ޢާއްމުވެ ފެތުރިގެން ދިއުމެވެ.
ކޮންމެ މުންކަރާތެއް އިސްލާމް ދީނުގައިވަނީ
ހުއްދަކޮށް ދެއްވާފައެވެ.
ޙަރާމް ކުރައްވަފައެވެ.
މަކުރޫހަ ކަމެއް ކަމުގައި ލައްވަފައެވެ.
މުބާހު ކަމެއް ކަމުގައި ލައްވާފައެވެ.
މުންކަރާތުގެ މާނައަކީ
ގޯސްކަމެއް ކަމުގައި މުސްލިމުން ނޫންމީހުން ދެކޭ ކޮންމެކަމެކެވެ.
ބައެއް މީހުން މަނާކަމެއް ކަމުގައި ދެކޭ ކޮންމެކަމެކެވެ.
އިސްލާމްދީނުގައި ނަހީ ކުރައްވައިފައިވާ ކޮންމެކަމެކެވެ.
މީސްތަކުން އާދަކާދާގައި ކޮށްގުޅެ ކޮންމެ ކަމެކެވެ.
މާތްﷲ މިއުއްމަތް މާތްކުރެއްވި ސަބަބުތަކުގެ ތެރޭގައި
މިއީ އެންމެ ފަހުގެ އުއްމަތް ކަމުގައިވުން ހިމެނެއެވެ.
މިއީ އެންމެ މީހުން ގިނަ އުއްމަތް ކަމުގައިވުން ހިމެނެއެވެ.
ޙައްޖުވާން ޖެހެނީ މިއުއްމަތަށް ކަމުގައިވުން ހިމެނެއެވެ.
މުންކަރާތްތައް މަނާކުރާ އުއްމަތަކަށްވުން ހިމެނެއެވެ.
މުންކަރާތައް މަނާކުރުމަކީ
ކިފާޔަތުގެ ފަރުޟެކެވެ.
ޢައިނިއްޔަ ފަރުޟެކެވެ.
ސުންނަތެކެވެ.
މުސްތަޙައްބު ކަމެކެވެ.
ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމަކީ
މި އުއްމަތުގެ ކަމެއް ނޫނެވެ.
ކުރީގެ އުއްމަތްތަކަށް ޚާއްޞަ ކަމެކެވެ.
މި އުއްމަތުގެ އެންމެ މުހިންމު އެއްސިފައެވެ.
ކުރީގެ މުއްމަތްތަކުގެ ސިފައެކެވެ.
ދުލުން މުންކަރާތްތައް މަނާކުރުމަކީ
ބުނެ ވިސްނައިދީގެން އެކަމެއް ހުއްޓުވުމެވެ.
ބާރުގެ ބޭނުން ކޮށްގެން އެކަމެއް ހުއްޓުވުމެވެ.
ހިތުން އެކަމާއި ނުރުހުންވެގެން ހުރުމެވެ.
ތަޅާ ފޮޅާގަނެގެން އެކަމެއް ހުއްޓުވުމެވެ.
އެއްވެސް މީހެއްގެ ފަރާތުން އަނިޔާއެއް ލިބޭނަމަ
އެވާހައެއް ދައްކައިގެން ނުވާނެއެވެ.
ކަމާއިބެހޭފަރާތުގައި އެވާހަކަ ބުނުމަކީ ހުއްދަކަމެކެވެ.
އެވާހަކައެއް ދެއްކުމަކީ ޣީބަބުނުމެވެ.
އެވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.
ތިޔަދަރިވަރުގެ ރައްޓެހި ކުއްޖެގެކިބައިން މުންކަރާތެއް ފެނިއްޖެނަމަ
އެކަން ހުއްޓުވަމަކީ ރަނަގޅު ކަމެއްނޫނެވެ.
އެކަން ހުއްޓުވުމަކީ އޭނައަށް ދެވޭ އަނިޔާއެކެވެ.
އެކަން ހުއްޓުވުމަކީ އޭނައަށް ކޮށްދެވޭ ހެޔޮކަމެކެވެ.
އެކަން ހުއްޓުވުމަކީ ގޯސްކަމެކެވެ.
މުންކަރާތްތައް ނަހީކުރުމުގެ ފިލާވަޅުން ދަސްވި އެއްކަމަކީ
މިއީ އެހާ މުހިންމު ކަމެއް ނޫނަކަމެވެ.
މިއީ މީހުން ރުޅިއަންނަ ކަމެއްކަމެވެ.
މިއީ މީހުންގެ ޒާތީ މައްސައެއްކަމެވެ.
މިއީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމެވެ.
