wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ގަނެވިއްކުން ނުވަތަ ވިޔަފާރި

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ވިޔަފާރި ކުރުމަކީ

a)

އެއްޗެއްގެ ބަދަލުގައި އެއްޗެއް ދިނުމެވެ.

b)

ހަމައެކަނި ފިހާރައެއް ހުޅުވުމެވެ.

c)

ހަމއެކަނި ބޭރުން މުދާ އެތެރެކުރުމެވެ.

d)

އެއްޗެއް ގަދަކަމުން އަތުލުމެވެ.

2.

ދަންނަބޭކަލުންގެ އަރިހުގައި ވިޔަފާރިއަކީ

a)

ޑޮލަރުން ނުވަތަ ރުފިޔާއިންކުރާ ކަމެކެވެ.

b)

ގަދަކަމުން އެއްމުދާ އަނެއް މުދަލަށް ބަދަލުކުރުމެވެ.

c)

ރުހުމާއެކު މިލްކުވާ ގޮތަށް އެއްމުދާ އަނެއްމުދަލަށް ބަދަލުކުރުމެވެ.

d)

ރަނާއި ރިހިން ކުރާމުޢާމަލާތެކެވެ.

3.

އިސްލާމްދީނުގައި ވިޔަފާރުކުރުމުގެ ޙުކުމަކީ

a)

ހުއްދަ ނޫން ކަމެކެވެ.

b)

ހުއްދަކަމެކެވެ.

c)

މަކުރޫހަ ކަމެކެވެ.

d)

ޙަރާމް ކަމެކެވެ.

4.

ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމަކީ

a)

މަކުރޫހަ ކަމެކެވެ.

b)

ހުއްދަ ކަމެކެވެ.

c)

މުބާހު ކަމެކެވެ.

d)

ޙަރާމް ކަމެކެވެ.

5.

މާތްﷲ ވިޔަފާރި ހުއްދަކޮށްދެއްވި އެއްޙިކުމަތަކީ

a)

އަޅުތަކުންނަށް ކަންތައްތައް ދަތި ކޮށްދެއްވުމެވެ.

b)

ޙަލާލެއް، ޙަރާމެއް ނުބަލާ ފައިދާހޯދުމެވެ.

c)

އަޅުތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމެވެ.

d)

އަގުބޮޑުކޮށް މުދާވިއްކުމެވެ.

6.

ވިޔަފާރީގައި އީޖާބާއި ޤަބޫލުގެ މާނައަކީ

a)

ވިޔާފާރީގެ ބަހެވެ.

b)

ނުރުހުމާއިއެކު ގަނެވިއްކުމެވެ.

c)

ގަދަކަމުން ގަނެވިއްކުމެވެ.

d)

ވިއްކާއެއްޗާއި އޭގެ އަގެވެ.

7.

މަޖުބޫރުކޮށްގެންކުރާ ވިޔަފާރި

a)

ޞައްޙަވާނެއެވެ.

b)

ހުއްދަ ވާނެއެވެ.

c)

ޞައްޙައެއް ނުވާނެއެވެ.

d)

ރަނގަޅުވާނެއެވެ.

8.

ގަންނަމީހާއާއި ވިއްކާމީހާގެ ޝަރުޠުތަކުގެ ތެރޭގައި

a)

ބާލިޣުވުން ހިމެނެއެވެ.

b)

މުސްލިމެއްކަމުގައިވުން ހިމެނެއެވެ.

c)

ދިވެއްސެއް ކަމުގައިވުން ހިމެނެއެވެ.

d)

މުސްކުޅިއެއް ކަމުގައި ނުވުން ހިމެނެއެވެ.

9.

އިންސާނާ ކުރާ އެންމެ ރަނގަޅު މަސައްކަތުގެ ތެރޭގައި

a)

މަކަރާއި ޙީލަތުން ވިޔަފާރިކުރުން ހިމެނެއެވެ.

b)

ޙަރާމް އެއްޗެއް ގަނެވިއްކުން ހިމެނެއެވެ.

c)

މަކަރާއި ޙީލަތް ހިމެނިފައިނުވާ ވިޔަފާރި ކުރުން ހިމެނެއެވެ. .

d)

އޮޅުވާލައިގެން މީހުންއަތުން ތަކެތިގަތުން ހިމެނެއެވެ.

10.

ވިޔަފާރީގެ މި ފިލާވަޅުން ދަސްވި އެއްކަމަކީ

a)

މަކަރާތް ޙީލަތުންވެސް ފައިދާ ހޯދުމަކީ ހުއްދަކަމެއްކަމެވެ.

b)

ރިބާއަކީ ހުއްދަކަމެއް ކަމެވެ.

c)

ގަނެވިއްކުމަކީ ހަމައެނި މުސްލިމުން ކުރާކަމެއްކަމެވެ.

d)

ގަނެވިއްކުމަކީ މާތްﷲ ހުއްދަ ކޮށްދެއްވި މުޢާމަލާތެއްކަމެވެ.