wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

މާތް ﷲގެ ޢަފޫކުރެއްވުން/ ޙަދީޘް ޢިލްމު

Total questions: 10

Worksheet time: 5mins

Name
Class
Date
1.

މިއުއްމަތަތަށް މާތްﷲ ޢަފޫކޮށްދެއްވިކަން ޙަދީޘުން އަންގާފައިވާ އެއްކަމަކީ

a)

ޤަޞްތުގައި ކުރެވޭ ކަންތައްތަކެވެ.

b)

ހަދާން ނެތިގެން ކުރެވޭ ކަންތައްތަކެވެ.

c)

އިޚްތިޔާރުގައި ކުރެވޭ ކަންތައްތަކެވެ.

d)

އެނގިހުރެގެން ކުރާ ކަންތައްތަކެވެ.

2.

ގަސްތަކާނުލައި ކުށް ކުރެވުމާއި، ހަނދާންނެތުމަކީ

a)

އިންސާނުންނަށް ކުރެވޭނެ ކަންކަމެއްނޫނެވެ.

b)

އިންސާނާގެ ޠަބީޢަތާއި ޚިލާފު ކަމެކެވެ.

c)

އިންސާނާގެ އުފެދުމާއި ޚިލާފު ކަމެކެވެ.

d)

އިންސާނާގެ ޠަބީޢަތުގައިވާ ކަމެކެވެ.

3.

ނަމާދު މަތިން ހަނދާންނެތުނުމީހާ

a)

ދެން އެނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.

b)

ހަދާންވުމުން ނަމާދުކުރުމަށް އަންގަވާފައިވެއެވެ.

c)

ހަދާންވުމުން އެނަމާދު ނުކުރިޔަސް ކުރިޔަސް ހަމަހަމައެވެ.

d)

ހަނދާން ނެތުމުގެ ފާފަ އޭނައަށް ލިބޭހުއްޓެވެ.

4.

ރޯދައަށް ހުރިކަން ހަދާންނެތި ކައިބޮއި ހެދިއްޖެނަމަ

a)

އެ ރޯދަ ނުގެއްލޭނެކަން އަންގަވާފައިވެއެވެ.

b)

އެ ރޯދަ ގެއްލޭނެކަން އަންގަވާފައިވެއެވެ.

c)

އެ ރޯދައާއިބެހޭ ވަކި އެއްޗެއް އަންގަވާފައެއް ނުވެއެވެ.

d)

ހަދާންނެތުމުގެ ފާފަ އެމީހަކަށް ލިބޭހުއްޓެވެ.

5.

ނުބައިކަމެއް ކުރުމަށް މަޖުބޫރު ކޮށްގެން ، އެކަމެއް ކުރުން

a)

އެ މީހަކު ފާފަވެރިވާނެކަން އަންގަވައިފައިވެއެވެ.

b)

އެކަމާއިބެހޭ ގޮތުން ވަކިއެއްޗެއް އަންގަވައިފައެއް ނުވެއެވެ.

c)

އެ މަޖްބޫރުވީ މީހާ ފާފަވެރިވާ ހުއްތެވެ.

d)

އެ މީހަކަށް ފާފައެއް ނުލިބޭނެކަން އަންގަވައިފައިވެއެވެ.

6.

ހަނދާންނެތިގެން ކުރެވޭ ކަންކަމަށް މަޢާފުލިބުމުގެ މާނައަކީ

a)

މީހަކު ޖަލުން މިނިވަންކުރުމެވެ.

b)

އެކަމަކުން އެމީހާ ފާފަވެރި ނުވުމެވެ.

c)

މީހަކު ގޭބަންދުން ސަލާމަތްވުމެވެ.

d)

އެކަމުން އެމީހާހާއަށް އުފާލިބުމެވެ.

7.

މަޖުބޫރީ ޙާލަތުގައި މާތްﷲ ޙަރާމްކުރެއްވި އެއްޗެއް ކެއުން

a)

ސުންނަތްވާނެއެވެ.

b)

ހަރާމް ވާނެއެވެ.

c)

ހުއްދަވާނެއެވެ.

d)

މަކުރޫހަ ވާނެއެވެ.

8.

ގަސްތުގައި ނަމާދުގައި ކުށެއްކޮށްފިނަމަ

a)

ފާފަވެރި ވާނެއެވެ.

b)

އެއްވެސް ފާފައެއް ނުލިބޭހުއްޓެވެ.

c)

ނަމާދު ބާޠިލުވިޔަސް ފާފަވެރިއެއް ނުވާނެއެވެ.

d)

ފާފަވެރިވިޔަސް ނަމާދު ބާޠިލެއް ނުވާހުއްތެވެ.

9.

މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި

a)

މި އުއްމަތުގެ މީހުންގެ ގިނަކަން ހާމަވެގެންދެއެވެ.

b)

މި އުއްމަތުގެ މީހުންގެ ފާފަތައް ގިނަކަން އެނގެއެވެ.

c)

މި އުއްމަތަށް ﷲގެ ޚާއްޞަ، މަތިވެރިކަމެއް ވާކަން އެނގެއެވެ.

d)

ހަމައެކަނި އިންސާނުންނަމީ މި އުއްމަތްކަން އެނގެއެވެ.

10.

މި ޙަދީޘްފުޅުގައި ، މާތްﷲ ޢަފޫކޮށްދެއްވާނެ ތިންކަމަކީ

a)

ޝަރީކުކުރުމާއި، ދޮގުހުވާކުރުމާއި، މައިންނަށް އުރެދުމެވެ.

b)

ނަމާދުނުކުރުމާއި، ރޯދަނުހިފުމާއި، ޒަކާތް ނުދިނުމެވެ.

c)

ޙައްޖުނުވުމާއި، މީހުންމެރުމާއި، ދޮގުހެދުމެވެ.

d)

ގަސްތެއްނިކުރެވޭ ، ހަނދާންނެތިގެން ކުރެވޭ ، މަޖުބޫރުވެގެން ކުރެވޭ ކަންކަމެވެ.