Worksheetsޙަޟާރަތާއި ޘަޤާފަތް
Total questions: 20
Worksheet time: 10mins
އިސްލާމީ ޙަޟާރަތުގެ ތެރެއިން އުފަންވި ޢިލްމުތަކުގެ ތެރޭގައި
ކޮމްޕިއުޓަރ ޢިލްމު ހިމެނެއެވެ.
ޑައިވިންގ ކުރުމާއިބެހޭ ޢިލްމު ހިމެއެވެ.
ބޭންކިންގނާއިބެހޭ ޢިލްމު ހިމެނެއެވެ.
ފިޒިކްސް ،ޢިލްމު ހިމެނެއެވެ.
ސައިންސާއި ޓެކްނޮލޮޖީގެ ގޮތުން މިއަދު ލިބިފައިވާ ކުރިއެރުންތަކަކީ:
މީގެ އެތައް ޤަރުނެއްގެ ކުރިން ވުޖޫދަށް ގެނެވުނު އީޖާދުތަކުގެ ނަތީޖާއެވެ.
ވަރަށްފަހުން ބަޔަކު ކުރި އީޖާދުތަކުގެ ނަތީޖާއެވެ.
އެއްވެސް ބަޔަކު ކުރިކަމަކާ ނުލާ އުފަންވެފައިވާ އެއްޗެކެވެ.
ރަޝިޔާގެ އީޖާދުތަކުގެ ނަތީޖާއެވެ.
ތިޔަރީ އޮފް އޮބްލިކްޓީ ، އުފަންކުރެއްވި އިސްލާމީ ސައިންސްވެރިއަކީ
އަބޫ އައްރައިޙާން އަލްބައިރޫނީއެވެ.
އަބޫ އަލްފަތުޙު އަލްޚާޒިނީއެވެ.
އިބުނު ސީނާއެވެ.
ޖާބިރު އިބްނު ޙައްޔާންއެވެ.
ކެމިސްޓްރީގެ ބައްޕަގެ ގޮތުގައި އިސްލާމީ މަޝްހޫރު ޢިލްމުވެރިޔަކީ
އިބުނު ސީނާއެވެ.
އަބޫ އަލްފަތުޙު އަލްޚާޒިނީއެވެ.
ޖާބިރު އިބްނު ޙައްޔާންއެވެ.
އަބޫ އައްރައިޙާން އަލްބައިރޫނީއެވެ.
އިސްލާމީ ޙަޟާރަތުގެ ތެރެއިން ފިޒިކްސް ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރުބޭފުޅުންގެ ތެރޭގައި:
މުޙައްމަދު ބުނު މޫސާ އަލްޚުވާރިޒަމީއާއި، ޖާބިރުބުނު ޙައްޔާން ހިމެނިވަޑައިގަންނަވައެވެ.
އަބޫ އައްރައިޙާން އަލްބައިރޫނީއާއި، އަބޫ އަލްފަތުޙު އަލްޚާޒިނީ ހިމެނިވަޑައިގަންނަވައެވެ.
މުޙައްމަދު ބުނު އިދްރީސީއާއި، ޢައްބާސް ބުނު ފަރުނާސް ހިމެނިވަޑައިގަންނަވައެވެ.
އިބްނު ސީނާއާއި، އަބޫބަކުރު ޔަޢުޤޫބު އަލްކިންދީ ހިމެނި ވަޑައިގަންނަވައެވެ.
އިސްލާމީ ޙަޟާރަތުގެ ތެރެއިން ޙިސާބު ޢިލްމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރުބޭފުޅުންގެ ތެރޭގައި:
މުޙައްމަދު ބުނު މޫސާ އަލްޚުވާރިޒަމީއާއި، އަބޫ އައްރައިޙާން އަލްބައިރޫނީ ހިމެނިވަޑައިގަންނަވައެވެ.
އިބްނު ސީނާއާއި، އަބޫބަކުރު ޔަޢުޤޫބު އަލްކިންދީ ހިމެނި ވަޑައިގަންނަވައެވެ.
މުޙައްމަދު ބުނު އިދްރީސީއާއި، ޢައްބާސް ބުނު ފަރުނާސް ހިމެނިވަޑައިގަންނަވައެވެ.
ަލްފަރާޒީއާއި އިބްނު ސީނާއާއި، އަލްޙަސަން ބުނު ޙައިޘަމް ހިމެނިވަޑައިގަންނަވައެވެ.
އަލްޖިބްރާގެ ބައްޕަގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވަނީ:
އަބޫ އައްރައިޙާން އަލްބައިރޫނީއެވެ.
އަބޫ އަލްފަތުޙު އަލްޚާޒިނީއެވެ.
ޖާބިރު ބުނު ޙައްޔާން އެވެ
- މުޙައްމަދު ބުނު މޫސާ އަލްޚުވާރިޒަމީއެވެ.
ހިސާބުގެ ބޭނުންކޮށްގެން ޤިބުލަ ދެނެގަނެވޭނެގޮތް ހޯއްދެވީ އިސްލާމީ ޢިލްމުވެރިޔަކީ
ޖާބިރު ބުނު ޙައްޔާން އެވެ
އަބޫ އައްރައިޙާން އަލްބައިރޫނީއެވެ.
އަބޫ އަލްފަތުޙު އަލްޚާޒިނީއެވެ.
މުޙައްމަދު ބުނު މޫސާ އަލްޚުވާރިޒަމީއެވެ.
އިސްލާމްދީނުގައި އައިސްފައިވާ ދެޖިންސުގެ ހަމަހަމަކަމަކީ
ހަށިގަނޑުގެ ގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން އޮތުމެވެ.
ޠަބީޢި ގޮތުން އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން އޮތުމެވެ.
ޙައްޤުތަކައި ވާޖިބުތަކުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން އޮތުމެވެ.
ވަރި ކައިވެނީގެ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން އޮތުމެވެ.
'' ﷲގެ ހަޟުރަތުގައި އެންމެ މާތްކަންބޮޑީ އެންމެތަޤުވާވެރިމީހާއެވެ.'' މިޢިބާރާތުން ދޭހަވަނީ
އެންމެ މާތްކަންބޮޑީ އެންމެތަޤުވާވެރި މީހާކަމެވެ.
ﷲގެ ހަޟުރަތުގައި އެންމެތަޤުވާވެރިމީހާއީ އެންމެ މާތްމީހާކަމެވެ.
ﷲގެ ޙަޟުރަތުގައި ދެޖިންސުގެ ތަފާތެއް ނުވާކަމެވެ.
ﷲގެ ޙަޟުރަތުގައި ފިރިހެނުންގެ މާތްކަން ބޮޑުކަމެވެ.
އެބަޔަކަށް އެކަށޭނަ ހުއްދަ ވަޒީފާ އަދާކުރުމުގައި
އިސްލާމް ދީނުގައި ދެޖިންސު ހަމަހަމައެވެ.
އިސްލާމް ދީނުގައި ދެޖިންސު ހަމަހަމައެއް ނޫނެވެ.
އިސްކަން ދޭންޖެހޭނީ ފިރިހެނުންނަށެވެ.
އިސްކަން ދޭންޖެހޭނީ އަންހެނުންނަށެވެ.
'' ޢިލްމު ޙާޞިލްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟެކެވެ. '' މިބަސްފުޅުން ދޭހަވަނީ
ޢިލްމު ޙާޞިލްކުރުމަކީ ފަރުޟެއްކަމެވެ.
މުސްލިމެއްގެ މައްޗަށް ޢިލްމު ޙާޞިލްކުރުމަކީ ފަރުޟެއްކަމެވެ.
އިސްލާމްދީނުގައި ދެޖިންސުގެ ހަމަހަމަކަމެވެ.
ޢިލްމު ޙާޞިލް ކުރުމަކީ ހަމައެކަނި މުސްލިމުންނަށް އޮތްކަމެއްކަމެވެ.
ދެމަފިރިން އެކުގައި ފަރުޟު ޙައްޖެއް ވެއްޖަނަމަ
ގިނަގުނަ ސަވާބުލިބޭނީ އެތަނުން ފިރިމީހާއަށެވެ.
ގިނަގުނަ ސަވާބުލިބޭނީ އެތަނުން އަނބި މީހާއަށެވެ.
ގިނަގުނަ ސަވާބުލިބުމުގައި ދެމީހުން ހަމަހަމައެވެ.
އެތަނުން އެކަކަށްވެސް ގިނަގުނަ ސަވާބެއްނުލިބޭނެއެވެ.
ވާރުތަ މުދާލިބުމުގެ ޙައްޤަކީ ދެޖިންސަށް
އިސްލާމްދީން ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ.
އިސްލާމްދީން ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނޫނެވެ.
އެހެން ދީންދީނުގައި ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ.
އިސްލާމް ދީނުގައި ތަފާތު ކުރައްވާފައިވާ ޙައްޤެކެވެ.
ފިޤުހީ ބައެއް ޙުކުމްތަކުގައި ދެޖިންސުގެ ތަފާތެއް ހުރުމަކީ
އިސްލާމްދީނުގައި ހަމަހަމަކަމާ ފުށުއަރާ ކަމެކެވެ.
ޙައްޤުތައް ލިބިދިނުމުގައި ހަމަހަމަކަމާ ފުށުއަރާކަމެކެވެ.
އިސްލާމްދީނުގައި ހަމަހަމަކަމާ ފުށުއަރާ ކަމެއްނޫނެވެ.
އަންހެނުންގެ ޙައްޤެއް އުނިވެގެން ދާނެކަމެކެވެ.
މަންމަގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް މާތް ﷲ އަމުރުކުރައްވާފައި ވުމުން ދޭހަވަނީ
އިސްލާމްދީނުގައި ދެޖިންސު ތަފާތުކުރައްވާފައިވާކަމެވެ.
ިސްލާމްދީނުގައި އަންހެނުންގެ ނިކަމެތިކަމާއި ބަލިކަށިކަމެވެ.
އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ޚާއްޞަ މަޤާމެވެ.
އިސްލާމްދީނުގައި ފިރިހެނުންގެ މާތްކަމާއި މަތިވެރިކަމެވެ.
މީސްތަކުންގެ ތެރޭގައިވާ އެންމެ ހެޔޮމީހުންނަކީ
އެންމެ ގިނައިން ޞަދަޤާތްދީ ހަދާމީހާއެވެ.
އެމީހެއްގެ އަނބިންނަށް އެންމެ ހެޔޮމީހާއެވެ.
އެންމެ ގިނައިން ރޯދަ ހިފާއުޅޭމީހާއެވެ.
އެންމެ ގިނައިން ޒަކާތްދީ ހަދާމީހާއެވެ.
އިސްލާމްދީނުގައި ޢަޛާބާއި ޘަވާބު ލިބުމުގައި އަންހެނުންނާއި ފިރިހެނުންގެ
ތަފާތެވެ. ބޮޑަށް ޢަޒާބުވެސް ޘަވާބުވެސް ލިބޭނީ ފިރިހެނުންނަށެވެ.
ތަފާތެވެ. ބޮޑަށް ޢަޒާބުލިބޭނީ ފިރިހެނުންނަށެވެ.
ތަފާތެވެ. ބޮޑަށް ޢަޒާބުލިބޭނީ އަންހުންނަށެވެ.
އެއްވެސް ތަފާތެއް ނުވެއެވެ.
އިސްލާމީ ޙަޟާރަތުގެ ރަންޒަމާން ކަމުގައި ބެލެވެނީ :
އިސްލާމީ ޤައުމުތަކުން ތެޔޮފެނުނު ޒަމާނުގެ ގޮތުގައެވެ.
އިސްލާމީ ޤައުމުތަކުން ރަން ފެނުނު ދުވަސްވަރެވެ.
- އައު އީޖާދުތައް އުފަން ކުރުވި ރަން ޒަމާނެއްގެ ގޮތުގައެވެ.
ތަފާތު ހަނގުރައިމަތައް ހިނގި ދުވަސްވަރެވެ.
ދުނިޔެވީ ޢިލްމުތަކުގައި ކުރެވޭ އައު އީޖާދު ތަކަކީ:
އެއް ދުވަހުން ވުޖޫދަށް އައިސްފައިވާ އެއްޗެހިތަކެވެ.
އެއް ދުވަހުން ވުޖޫދަށް އައިސްފައިވާ އެއްޗެހިތަކެއް ނޫނެވެ.
ވަރަށް ފަހުގެ ތާރީޚެއްގައި ވުޖޫދަށް އައިސްފާވާ އެއްޗެހިތަކެކެވެ.
އެމެރިކާއާއި ޗައިނާގެ ސަބަބުން ދުނިޔެއަށް އައިސްފާއވާ އެއްޗެހިތަކެކެވެ.
