Worksheetsއަލްމާނީ ފިކުރު / ގްރޭޑް11
Total questions: 10
Worksheet time: 5mins
ޢަލްމާނީ ފިކުރުގެ އަޞްލަކީ
ދީނީ ޢަޤީދާގެ މައްޗަށް ދިރިއުޅުން ޤާއިމުކުރުމެވެ.
ދިރިއުޅުމުގެ އެއްވެސް ކަމެއްގައި ދީނީ ޝިޢާރު ފާޅުނުކުރުމެވެ.
ޢާއްމުދިރިއުޅުމުގައި ދީނުގެ އަސަރު ދެމެހެއްޓުމެވެ.
ދީނާއި ދައުލަތް ހިންގުމުގެ ސިޔާސަތު އެކެއްޗަކަށް ހެދުމެވެ.
ހުޅަނގުގެ ޤައުމުތަކުގައި ޢަލްމަނީ ފިކުރު އުފެދުމުގެ އެއްސަބަބަކީ
ދީންތަކުގައިހުރި ޚުލާފާތްތައް ބުއްދިން ބަލާގަތުމެވެ.
ކަނީސާތަކުން ޢިލްމީ ހޯދުންތަކައް ހޯދަންފެށުމެވެ.
ޔޫރަޕްގައިއޮތް ފިއުޑެލްނިޒާމު ވަރުގަދަވެ ކުރިފަޅާހެދެން ފެށުމެވެ.
ފައްޅިތަކާއި ފާދިރީންގެ އަނިޔާވެރިކަން އިތުރުވެގެން ދިއުމެވެ.
މުސްލިމުންގެ މެދުގައި ޢަލްމާނިއްޔަތު ފެތުރޭ ސަބަބުތަކުގެ ތެރޭގައި
ފިކުރީ ހަނގުރާމަ ހިމެނެއެވެ.
ޔޫރަޕްމީހުންގެ ތަނަވަސްކަން ހިމެނެއެވެ.
މުސްލިމުން ފަޤީރުވުން ހިމެނެއެވެ.
މުސްލިމުންގެ ދީނީ ހޭލުންތެރިކަން އިތުރުވުން ހިމެނެއެވެ.
''ތިޔަބައިމީހުން އެންމެން އިސްލާމްދީނަށް ކިޔަމަންގަތުމުގެ ތެރެއަށް ވަންނާށެވެ. މިބަސްފުޅުން ދޭހަވަނީ
އިސްލާމްދީނަށް ކިޔަމަން ގަންނަންޖެހޭނެކަމެވެ.
އެންމެން ވެސް ދީނުގެ ތެރެއަށް ވަންނަން ޖެހޭނެކަމެވެ.
އިސްލާމް ދީނަށް ތަބަޢަވުމުގެ މުހިންމުކަމެވެ.
ހުރިހާއިންސާނުން ނަކީވެސް މުސްލިމުންކަމެވެ.
ފޮތުގެ އެއްބަޔަށް އީމާންވެ އަނެއްބަޔަށް ކާފިރުވުމަކީ
ވެރިަކން ކުރުމުގައި ފޮތަށްތަބަޢަވެ. އެހެންކަންތަކުގައި ތަބާނުވުމެވެ.
އަމިއްލަކަންތަކުގައި ﷲއަށް ތަބަޢަވެ، ވެރިކަންކުރުމުގައި ﷲއަށް ފުރަގަސްދިނުމެވެ.
ކީރިތިޤުރްއާނަށްތަބަޢަވެ ސުންނަތަށް ތަބާނުވުމެވެ.
ސުންނަތަށް ތަބަޢަވެ ޤުރްއާނަށް ތަބާނުވުމެވެ.
ޢަލްމާނިއްޔަތު ފަތުރާމީހުންގެ ޙަޤީޤީ މަޤުޞަދަކީ
އެފިކުރަށް ތަބާވާ މީހުންނަކީ އެއްވެސް ދީނެއް ޤަބޫލުނުކުރާ ބަޔަކަށް ހެދުމެވެ.
ޢިލްމާއި ހުނަރު މީސްތަކުގެ މެދުގައި ފެތުރުމެވެ.
މަކަރާއި ޙީލަތުން މީސްތަކުން ސަލާމަތްކޮށް މިނިވަންކުރުމެވެ.
މީސްތަކުން ދީނުންބޭރުވެ މުރުތައްދުވުމުން ސަލާމަތްކުރުމެވެ.
މާތްވެގެންވާ އިސްލާމްދީނަށް ޢިލްމާނީ ފިކުރުބޭނުން ނުވާ އެއްސަބަބަކީ
އިސްލާމްދީނަކީ ޒަމާނަށް ފެތޭދީނަކަށް ނުވާތީއެވެ.
މިދުނިޔޭގެ ޙަޔާތަކީ އުފާވެރި ޙަޔާތަކަށްހަދްން ބޭނުންނުވާތީއެވެ.
އިސްލާމްދީނުގައި ކިތައްމެ ޙުކުމްތަކެއް ހަދަންޖެހޭތީއެވެ.
އިސްލާމްދީނަކީ ފުރިހަމަވެގެންވާ ދީނެއްކަމުގައިވާތީއެވެ.
ޢަލްމާނީ ފިކުރގެ ސަބަބުން މުސްލިމުންނަށް ކުރާނޭދެވޭ އަސަރުތަކުގެ ތެރޭގައި
މުސްލިމުން ކުރިއަރާ ތަރައްޤީވުމަށް ހުރަސް އެޅުން ހިމެނެއެވެ.
ތަފާތު ދިރާސާކުރުމުގެ ދޮރުތައް ބަންދުވުން ހިމެނެއެވެ.
ތަޢުލީމީ ނިޒާމުގެ ތެރެއިން މިފިކުރު ފެތުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.
ޝަރުޢީ ދާއިރާ ޒަމާނާ އެއްގޮތްތަރައްޤީ ނުވުންހިމެނެއެވެ.
ޢަލްމާނީ ފިކުރުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި
ޔޫރަޕުގެމީހުން ކުރިއަރައި ތަރައްޤީވިގޮތްތައް ހޯދުންހިމެނެއެވެ.
ތަފާތު ޢަޤީދާތައްދަސްކޮށް އުނގެނުން ހިމެނެއެވެ.
އިސްލާމީ ތަރުބިއްޔަތުން މުސްލިމުން ތަރުބިއްޔަތުކުރުން ހިމެނެއެވެ.
އިސްލާމީ ޢިލްމުވެރިންގެ ނުފޫޒުން ސަލަމަތްވުންހިމެނެެވެ.
އަލްމާނީ ފިކުރު އުފަންވި ކަމުގައިބެލެވެނީ މީލާދީ ސަނަތުން
ނަވާރަސަތޭކައިގެ ކުރީކޮޅުގައެވެ.
އަށާރަސަތޭކަވަނަ އަހަރުއެވެ.
ދެހާސް ވިހިވަނަ އަހަރުގައެވެ.
އަށާރަވަނަ ޤަރުނާއި ނަވާރަވަނަ ޤަރުނުގައެވެ.
