wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠުތައް

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޝަހާދަތުގެ ދެކަލިމާއިގައިވަނީ ކިތައް ޝަރުޠު؟

a)

ފަސް ޝަރުޠު

b)

ހަ ޝަރުޠު

c)

ހަތް ޝަރުޠު

d)

އެއްވެސް ޝަރުޠެއްނުވޭ

2.

ފުރިހަމަ ޢިލްމާއެކު އެނގުމުގެ މުރާދަކީ

a)

ޝަހާދަތުގެ ދެކަލިމަ ހިތުދަސްކުރުން

b)

ޝަހާދަތުގެ ދެކަލިމައިގައި ބަޔާންވާ ކަންތައް ދެނެގަތުން

c)

ޝަހާދަތުގެ ދެކަލިމަ ހިތުންދަސްކޮށްގެން ކިޔާށާއި ލިޔަން އެނގުން

d)

ޝަހާދަތުގެ ދެކަލިމައިގައި ބަޔާންވާ ކަންތައް ދެނެނުގަތުން

3.

ޔަޤީން ކުރުމޭ ބުނެވޭބަހުގެ މުރާދަކީ

a)

ޝަހާދަތުގެ ދެކަލިމައިން ދަލީލުކޮށްދޭ ކަންތަކަކީ ޙައްޤު ތެދުކަން ކަށަވަރުކުރުން

b)

ޝަހާދަތުގެ ދެކަލިމައިން ދަލީލުކޮށްދޭ ކަންތަކާއިމެދު ޝައްކުރުރުން

c)

ޝަހާދަތުގެ ދެކަލިމައިގަ ހިމެނޭ ކަންތައް ދިރާސާކޮށްހޯދުން

d)

ޝަހާދަތުގެ ދެކަލިމައިން ދަލީލުކޮށްދޭ ކަންތަކަކީ އެއްވެސް ޙަޤީޤަތެއްނޫންކަން ޔަޤީންކުރުން

4.

ޤަބޫލުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ

a)

ޝަހާދަތުގެ ދެކަލިމަ ﷲ އާއި ރަސޫލާއަށް ނިސްބަތްވާކަމަށް ޤަބޫލުކުރުން

b)

ﷲ މެނުވީ އިލާހަކު ނުވާކަމާއި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަން ޤަބޫލުކުރުން

c)

ﷲފިޔަވައި އަޅުކަން ކުރެވޭ ފަރާތްތަކަކީ ދުނިޔޭގައި ނުވާ އެއްޗެއްކަން ޤަބޫލުކުރުން

d)

ﷲ މެނުވީ އިލާހަކު ނުވާކަމާއި މުޙައްމަދުގެ ފާނަކީ ރަސޫލާކަން ޝައްކުކުރުން

5.

ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠުތަކުގެ ތެރޭގައި

a)

ތަބާނުވުން ހިމެނެއެވެ.

b)

ތަބާވުން ހިމެނެއެވެ.

c)

ﷲގެ އަމުރުފުޅުތަކަށް އީމާންނުވުން ހިމެނެއެވެ.

d)

އީމާންކަމުގެ ރުކުންތައް ހިމެނެއެވެ.

6.

ހެޔޮ ނިޔަތުގައި ޝަހާދަތުގެ ދެކަލިމަކިޔުމަކީ

a)

ޝަހާދަތުގެ ދެކަލިމައަށް އިޚްލާޞްތެރިވުމެވެ.

b)

ޝަހާދަތުގެ ދެކަލިމައަށް އިޚްލާޞްތެރިނުވުމެވެ.

c)

އިޚްލާޞްތެރިކަމާއި ގުޅޭކަމެއްނޫނެވެ.

d)

ﷲގެ އަމުރުފުޅުތަކަށް އީމާންނުވުން ހިމެނެއެވެ.

7.

ބައެއްފަހަރު ޝިރުކުގެ ޢަމަލުތައް ކުރާނަމަ

a)

ޝަހާދަތުގެ ދެކަލިމަ ކިޔާނަމަ އެއީ މުސްލިމެކެވެ.

b)

އެފަދަ މީހާއަކީ މުރުތައްދުވަފައިވާ މީހެކެވެ.

c)

ޝަހާދަތުގެ ދެކަލިމަ ކިޔެއްކަމަކު އެއީ މުސްލިމެއްނޫނެވެ.

d)

އެފަދަ މީހަކަށް މަރުގެ އަދަބު ޙައްޤުވެގެންވެއެވެ.

8.

ޝަހާދަތުގެ ދެކަލިމަ ހިތުން ކިޔައި ދެތުކުރުމަކީ

a)

ޝަހާދަތުގެ ދެކަލިމަ ކިޔާމީހާގެ ޝަޠެކެވެ.

b)

ޝަހާދަތުގެ ދެކަލިމަ ކިޔައިމީހާގެ ޝަޠެއް ނޫނެވެ.

c)

އެއީ އިސްލާމް ކަމުގެ ރުކުނެކެވެ.

d)

އެއީ އީމާންކަމުގެ ކަމުގެ ރުކުނެކެވެ.

9.

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ މީހުންނަށް ލޯބިވުމަކީ

a)

އީމާންކާއި ގުޅިފައިވާ ކަމެއްނޫނެވެ.

b)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރުމާ ގުޅޭ ކަމެއްނޫނެވެ.

c)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ މީހާގެ ޝަރުޠެކެވެ.

d)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ މީހާގެ ޝަރުޠެއްނޫނެވެ

10.

މާތްﷲ ފިޔަވައި އަޅުކަން ކުރެވޭ ކޮންމެ ފަރާތަކަށް ކާފިރުވުމަކީ

a)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރުމާ ގުޅޭ ކަމެއްނޫނެވެ.

b)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ މީހާގެ ޝަރުޠެއްނޫނެވެ

c)

އީމާންކާއި ގުޅިފައިވާ ކަމެއްނޫނެވެ.

d)

ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރާ މީހާގެ ޝަރުޠެކެވެ.