Worksheetsބާޠިލް ޢަޤީދާގެ ބައެއް ފިރުޤާތައް 2 / ގްރޭޑް 9
Total questions: 10
Worksheet time: 5mins
ޢަލީގެފާނާއި ދެކޮޅަށް ނުކުތް ޖަމާޢަތުގެ މީހުންނަކީ
ބާޠިނީންނެވެ.
ޝީޢީންނެވެ.
ޚަވާރިޖުންނެވެ.
ނުޞައިރިއްޔާއެވެ.
ބާޠިލް ފިރުޤާތަކުން ފުރަތަމަ ފާޅުވި ޖަމާއަތަކީ
ޚަވާރިޖުންނެވެ.
ނުޞައިރިއްޔާއެވެ.
އިސްމާޢީލިއްޔާއެވެ.
ބާޠިނީންނެވެ.
ޤުރްއާނަކީ މަޚްލޫޤެއް ނޫނަކަން
ޝީޢީން ޤަބޫލުކުރެއެވެ.
މުޢުތަޒިލާއިން ޤަބޫލުކުރެއެވެ.
ސުންނަތު ޖަމާޢަތުގެ ޢިލްމުވެރިން އެއްބަސްވެއެވެ.
ނުޞައިރިއްޔާ ޖަމާޢަތުގެ ޢިލްމުވެރިން އެއްބަސްވެއެވެ.
ކަށްވަޅުގެ ޢަޒާބަށް އިންކާރުކުރަނީ
އަހްލުއްސުންނަތި ވަލްޖަމާޢަތެވެ.
) ހަވާރިޖުންނެވެ.
ޖަމާޢަތުއްތަކްފީރުއެވެ.
ނުޞައިރިއްޔާ ޖަމާޢަތެވެ.
ޚުލަފާއުއްރާޝިދޫންގެ ތެރެއިން އެންމެ މާތްބޭފުޅަކީ ޢަލީގެފާނުކަން ޤަބޫލުކުރަނީ
އިސްމާޢީލިއްޔާއެވެ.
ސުންނަތު ޖަމާޢަތެވެ.
ޚަވާރިޖުންނެވެ.
ޝީޢީންނެވެ.
ޝީޢީންގެ ބާޠިލް ޤަބޫލުކުރުންތައް ޤަބޫލުކުރި ފަރާތްތަކުގެ ތެރޭގައި
ކީރިތި ރަސޫލާގެ ޞަޙާބީން ހިމެނި ވަޑައި ގަންނަވައެވެ.
ކީރިތި ރަސޫލާގެ ޞަޙާބީން ހިމެނި ވަޑައެއް ނުގަންނަވައެވެ.
އިސްލާމީ ޤައުމުތަކުގެ ވެރިން ހިމެނި ވަޑައި ގަންނަވައެވެ.
ކީރިތި ރަސޫލާ ހިމެނި ވަޑައި ގަންނަވައެވެ.
ޝީޢީންގެ ފިކުރުތަކާއި ޤަބޫލުކުރުންތަކުގެ ތެރޭގައި
ކީރިތި ރަސޫލާ އާއި ޢަލީގެފާނު ދަރަޖައިގެ ގޮތުން އެއްވަރު ނޫންކަމަށް ބުނުން ހިމެއެވެ.
ކީރިތި ރަސޫލާއަކީ ޙައްޤުރަސޫލެއްކަން ޤަބޫލުކުރުން ހިމެނެއެވެ.
ޢަލީގެފާނަކީ ކީރިތި ރަސޫލާގެ ޞަޙާބީއެއްކަން ޤަބޫލުކުރުން ހިމެނެއެވެ.
ކީރިތި ރަސޫލާ އާއި ޢަލީގެފާނު ދަރަޖައިގެ ގޮތުން އެއްވަރުކަމަށް ބުނުންހިމެނެއެވެ.
ކާފިރުކޮށް ހިޖްރަކުރުމަށް ގޮވާލާ ޖަމާޢަތަކީ
ޝީޢީ ޖަމާއަތެވެ.
ޖަމާޢަތުއްތަކްފީރެވެ.
އަހުލުއްސުންނަ ވަލްޖަމާޢަތެވެ.
ޚަވާރިޖުންނެވެ.
ބޮޑުފާފައެއްކޮށް ތައުބާނުވާނަމަ އެއީ ކާފިރެއްކަން ޤަބޫލުކުރަނީ
އަހުލުއްސުންނަ ވަލްޖަމާޢަތެވެ.
ޖަމާޢަތުއްތަކްފީރެވެ.
ޤާދިޔާނީންނެވެ.
ޚަވާރިޖުންނެވެ.
ޢަލީގެފާނަނީ މުސްލިމުންގެ
ފުރަތަމަ ޚަލީފާއެވެ.
ދެވަނަ ޚަލީފާއެވެ.
ތިންވަނަ ޚަލީފާއެވެ.
ހަތަރުވަނަ ޚަލީފާއެވެ.
