wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

އެންމެފަހުގެ ރަސޫލާ / ގްރޭޑް 9

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ކީރިތި ރަސޫލާގެ ފުރިހަމަ ނަންފުޅަކީ

a)

މުޙައްމަދު ރަސޫލުﷲ އެވެ.

b)

މުޙައްމަދު ބިން ޢަބްދިﷲ އެވެ.

c)

މުޙައްމަދު ބިން އަބޫޠާލިބެވެ.

d)

މުޙައްމަދު ބިން ޢަބްދުލް މުއްޠަލިބެވެ.

2.

ކީރިތި ރަސޫލާގެ މަންމާފުޅަކީ

a)

ޚަދީޖަތުގެފާނެވެ.

b)

މަރްޔަމްގެފާނެވެ.

c)

ޢާއިޝަތުގެފާނެވެ.

d)

އާމިނަތުގެފާނެވެ.

3.

ކީރިތި ރަސޫލާ އުފަންވެވަޑައިގަތީ ފީލްބާގައިގެމީހުން ގެފުޅު މުގުރާލަން އައި އަހަރުއެވެ އެއީ

a)

މީލާދީން 570 ވަނަ އަހަރުއެވެ.

b)

މީލާދީން 610 ވަނަ އަހަރުއެވެ.

c)

މީލާދީން 633 ވަނަ އަހަރުއެވެ.

d)

މީލާދީން 2019 ވަނަ އަހަރުއެވެ.

4.

މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އީމާންވުމުގެ ޙުކުމަކީ

a)

މުސްތަޙައްބު ކަމެވެ.

b)

ވާޖިބެކެވެ.

c)

ސުންނަތެކެވެ.

d)

މުބާހުކަމެކެވެ.

5.

[ مُّحَمَّدٌ رَّسُولُ اللَّهِ ] މާނައީ: محمد ގެފާނީ، اللَّه ގެ رسول އާއެވެ. މިއާޔަތުން ދޭހަވަނީ

a)

ކީރިތި ރަސޫލާއަށް އީމާންވުމަކީ ވާޖިބެއްކަން.

b)

محمد ގެފާނީ، اللَّه ގެ رسول ކަން.

c)

اللَّه ގެ رسول އަކީ محمد ގެފާނުކަމެވެ.

d)

މާތްﷲ މެނުވީ އިލާހަކުނުވާކަމެވެ.

6.

ކީރިތި ރަސޫލާއަކީ ނަބީކަން ختم ކުރެއްވި ކަލޭގެފާނުކަން ، ﷲ އެންގެވުމުން ދޭހަވަނީ

a)

ޚަތިމު ކުރުމުގެ މުހިންމުކަން

b)

ނަބީކަން ختم ކުރެއްވީ ކީރިތި ރަސޫލާކަން

c)

ކީރިތި ރަސޫލާގެ ރިސާލަތަކީ އެންމެ ފަހުގެ ރިސާލަތުކަން

d)

ކީރިތި ރަސޫލާއަކީ ނަބީކަން ختم ކުރެއްވި ކަލޭގެފާނުކަން

7.

ޤުރްއާނަށްފަހު އިތުރުފޮތެއް ބައިވާލައްވަފައިނުވުން ސާބިތުވަނީ

a)

ޤުރްއާނަކީ އެންމެފަހު ފޮތްކަމެވެ.

b)

ޤުރްއާނުގެ މާތްކަމެވެ.

c)

ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަމެވެ.

d)

ކީރިތި ރަސޫލާއަކީ އެންމެފަހުގެ ރަސޫލަކަމެވެ.

8.

ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއް ކަމުގައިވުން ދޭހަވަނީ

a)

ކީރިތި ރަސޫލާގެ ރިސާލަތުގައި ވަކި ޚާއްޞަކަމެއް ނެތްކަމެވެ.

b)

ކީރިތި ރަސޫލާގެ ރިސާލަތަކީ ޢާއްމު ރިސާލަތެއްކަމެވެ.

c)

ކީރިތި ރަސޫލާގެ ރިސާލަތަށް ޚާއްޞަ ސިފަތައް ލިބިފައިވާކަމެވެ.

d)

ކީރިތި ރަސޫލާގެ ރިސާލަތަކީ ޢާއްމު ރިސާލަތެއް ނޫން ކަމެވެ.

9.

ނަބީކަން ޚަތިމުކުރެއްވުން މީގެ މާނައަކީ

a)

ނަބީބޭކަލުން ރަސޫލުންނަށްވުރެން މަދުކަމެވެ.

b)

ރަސޫލުން ޚަތިމުކުރެއްވުމެވެ.

c)

ނަބީކަން ނިންނެވުމެވެ.

d)

ނަބިޔުން ޚަތިމުކުރެއްވުމެވެ.

10.

ކީރިތި ރަސޫލާގެ ކުރީގެ ޝަރީޢަތްތައް މަންސޫޚު ކުރައްވާފައިވުން މީގެމާނައަކީ

a)

ކުރީގެ ޝަރީޢަތްތައް ފުރިހަމަ ކުރެއްވުމެވެ.

b)

ކުރީގެ ޝަރީޢަތްތައް މަންސޫޚުވުމެވެ.

c)

ކުރީގެ ޝަރީޢަތްތައް އުވާ ނުލެއްވުމެވެ.

d)

ކުރީގެ ޝަރީޢަތްތައް އުވާލެއްވުމެވެ.