NEW
Font size
Worksheetsއިސްލާމީ ޝަރީޢަގެ މަޞްދަރުތައް 1/ ގްރޭޑް 12
Total questions: 10
Worksheet time: 5mins
އިސްލާމްދީނުގެ ޙުކުމްތައް ނެގުމުގައި ބޭނުންކުރާ އަޞްލުތަކީ
އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް
އިސްލާމީ ޝަރީޢަތުގެ މަސްދަރުތައް
އިސްލާމީ ޝަރީޢަތުގެ ރުކުންތައް
އިސްލާމީ ޝަރީޢަތުގެ އަދަބުތައް
މަޞްދަރުތަކުގެ ތެރޭގައި ޢިލްމުވެރިން އިއްތިފާޤުވެފައިވާ ކަންތައްވެއެވެ. މިޢިބާރާތުގައިވާ ޢިއްތިފާޤުވުމުގެ މާނައަކީ
ޢިލްމުވެރިން އެއްބަސްވެފައިނުވުން
ޢިލްމުވެރިން ދެކޮޅު ހެދުން
ޢިލްމުވެރިން އެއްބަސްވެފައިވުން
ޢިލްމުވެރިން އެއްގަލަކަށް ނޭރުން
ޞަޙާބީންގެ ބަސްފުޅުތަކޭ ބުނެވޭ ބަހުގެ މުރާދަކީ،
އެއިން ބޭކަލުންކުރެ ބޭކަލަކު، އަމިއްލަ ކަމެއްގައި ވިދާޅުވެފައިވާ ބަސްފުޅު
އެއިން ބޭކަލުންކުރެ ބޭކަލަކު، އެހެންބޭކަލެއްގެ ކަމެއްގައި ވިދާޅުވެފައިވާ ބަސްފުޅު
އެއިން ބޭކަލުންކުރެ ބޭކަލަކު، ދިރިއުޅުމުގެ ކަމެއްގައި ވިދާޅުވެފައިވާ ބަސްފުޅު
އެއިން ބޭކަލުންކުރެ ބޭކަލަކު، ދީނުގެ ކަމެއްގައި ވިދާޅުވެފައިވާ ބަސްފުޅު
ޞަޙާބީންގެ ބަސްފުޅަކީ، ޙުއްޖަތެއްކަމަށް ހުރިހާ ޢިލްމުވެން އިއްތިފާޤުވަނީ
އިޖުތިހާދު ކުރުމުގެ ފުރުޞަތު ހުރި ކަންތައްތަކުގައި
އިޖުތިހާދު ކުރުމުގެ ފުރުޞަތު ނެތް ކަންތައްތަކުގައި
އިޖުތިހާދު ކުރުމުގައެވެ.
ޤިޔާސް ކުރުމުގައެވެ.
ިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ.. މިބަސްފުޅުން ދޭހަވަނީ
ހެޔޮމީހުންނަކީ އެޤުރުގެ މީހުންކަން
ސަތެކަ އަހަރުގެ މުހިންމުކަން
ޞަހާބީންގެ މާތްކަން
އިންސާނުންގެ މާތްކަން
މަޞްލަޙަތުލް މުރުސަލާ އޭ ބުނެވޭ ބަހުގެ ލަފުޒީ މާނައަކީ
ދޫކޮށްލެވިފައިވާ މަޞްލަޙަތު
ދޫކޮށްލެވިފައިނުވާ މަޞްލަޙަތު
ހިފެހެއްޓިފައިވާ ފައިދާ
ބެނުންނުވާ ފައިދާ
މަޞްލަޙަތެއް ބަލައިގަތުމަށްވެސް ނުވަތަ ދޫކޮށްލުމަށްވެސް ޝަރުޢީ ދަލީލެއް އައިސްފައިނުވާ،ނަމަ އެއީ
މަޞްލަޙަތުލް މުރުސަލާގެ ލަފުޒީމާނަ
އިޞްޠިލާޙުގައި މަޞްލަޙަތުލް މުރުސަލާ
ޢަރަބިބަހުގައި މަޞްލަޙަތުލް މުރުސަލާ
ބަހުގެ ގޮތުން މަޞްލަޙަތުލް މުރުސަލާ
ސައްދު އައްޒަރާއިޢު މިދެބަސް އެއްކޮށްލުމުން ނުކުންނަ ބަހަވީ މާނައަކީ،
ކަމަކަށް ވާޞިލުނުވުން
ކަމަކަށް ވާޞިލުވުން
ކަމަކަށް ވާޞިލުވުމަށް ހުރަސް ނޭޅުން
ކަމަކަށް ވާޞިލުވުމަށް އެޅޭ ހުރަސް
ފަސާދައަކަށް ވެދާނޭ ކޮންމެ ނުބައިކަމަކަށް ވާޞިލުވުމުގެ މަގުތައް ބަންދުކުރުމަކީ
ބަހުގެ ގޮތުން ސައްދުއްޛަރާއިޢު މާނަކުރާގޮތް
ފިޤުހުވެރިންގެ އިޞްޠިލާޙުގައި ސައްދުއްޛަރާއިޢުގެ މާނަ
ސައްދުއްޛަރާއިޢުގެ ބަހަވީ މާނަ
ފިޤުހުވެރިން ލަފްޒީކޮށް ސައްދުއްޛަރާއިޢު މާނަކުރާގޮތް
ﷲ ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! މިބަސްފުޅުން ދޭހަވަނީ
އެހެންދީންތަކުގެ އަޅުކަންކުރާތަކެތީގެ ނުބައިކަން
އެހެންދީންތަކުގެ އަޅުކަންކުރާތަކެއްޗަށް އެއްޗިހި ކިޔުމަކީ ހުއްދަ ކަމެއްކަން
އެހެންދީންތަކުގެ އަޅުކަންކުރާތަކެއްޗަށް އެއްޗިހި ކިޔުމަކީ ޙަރާމްކަމެއްކަން
އެހެންދީންތަކަށް އަޅުކަންކުރުމަކީ ޙަރާމްކަމެއްކަން
