wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

އިސްލާމީ ފިޤުހު ކުރިއެރުން / ގްރޭޑް 9

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ކަމަކާއިމެދު ފުންކޮށް ވިސްނުމަކީ

a)

ޢަރަބި ބަހުގައި މަޒުހަބުގެ މާނައެވެ.

b)

ޢަރަބި ބަހުގައި ރައުޔުގެ މާނައެވެ.

c)

ޢަރަބި ބަހުގައި ފިޤުހުގެ މާނައެވެ.

d)

އިޞްޠިލާހުގައި ފިޤުހުގެ މާނައެވެ.

2.

އިސްލާމީ މަސްދަރުތަކުގެ އަލީގައި ޙުކުމްތައް އިސްޠިންބާތު ކުރުމަކީ

a)

ޢަރަބި ބަހުގައި ފިޤުހުގެ މާނައެވެ.

b)

އިޞްޠިލާހުގައި ފިޤުހުގެ މާނައެވެ.

c)

ޢަރަބި ބަހުގައި ރައުޔުގެ މާނައެވެ.

d)

ޢަރަބި ބަހުގައި އިސްޠިންބާތުގެ މާނައެވެ.

3.

ފިޤުހީ ފޮތައް ލިޔުމާއި އެކިއެކި ފިޤުހީ އައު ކަންކަން ފާޅުވެ، އައު ޚިދުމަތްތައް ކުރުމަކީ

a)

އިސްލާމީ ފިޤުހު ކުރިއަރަމުން ދާކަމުގެ ހެއްކެއް ނޫނެވެ.

b)

އެއީ އިސްލާމީ ފިޤުހާއި ގުޅުން ހުރިކަމެއްނޫނެވެ.

c)

އެއީ އިސްލާމީ ތާރީޚާއި ގުޅޭކަމަކެވެ.

d)

އިސްލާމީ ފިޤުހު ކުރިއަރަމުން ދާކަމުގެ ހެއްކެކެވެ.

4.

ކީރިތި ރަސޫލާގެ ޒަމާނަކީ ވަޙީބައިވާ ލެއްވުނު ޒަމާން ކަމުން ފިޤުހީ ޙުކުމްތަކުގައި ބަރޯސާވެފައިވަނީ

a)

އަޞްޙާބުބޭކަލުންގެ ރައުޔުގެ މައްޗަށެވެ.

b)

ޤުރްއާނާއި ސުންނަތުގެ މައްޗަށެވެ.

c)

ހަތަރު އިމާމުންގެ ރައުޔުގެ މައްޗަށެވެ.

d)

އިޖުމާޢު ކުރުމުގެ މައްޗަށެވެ.

5.

ޤުރްއާނާއި ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައިވާ ޙުކުމްތަކަކީ

a)

ޘަންނީ ޙުކުމްތަކެވެ.

b)

ޝަރުޢީ ޙުކުމްތަކެވެ.

c)

ޤަޟާއީ ޙުކުމްތަކެވެ.

d)

ދީނީ ޙުކުމްތަކެވެ.

6.

ޞަޙާބީންގެ ޒަމާނުގައި ފިޤުހީ ޙުކުމްތަކުގައި ބަރޯސާވީ ހަތަރު މަޞްދަރުގެ މައްޗަށެވެ. ވީމާ ހަތަރު މަސްދަރަކީ

a)

ހަތަރު މަޒުހަބުގެ ރައުޔުތަކެވެ.

b)

ހަތަރު ޚަލީފާއިންގެ ބަސްފުޅުތަކެވެ.

c)

ހަތަރު އިމާމުންގެ ބަސްފުޅުތަކެވެ.

d)

ޤުރްއާން، ސުންނަތް،އިޖްމާޢު، ޤިޔާސް.

7.

ފިޤުހަށް އެތައްގޮތަކުން ޚިދުމަތް ކުރެވި ފިޤުހު ކުރިއަރައިގެން ދިޔަޒަމާނަކީ

a)

ހަތަރު މަޒުހަބުގެ ޒަމާނެވެ.

b)

ހަތަރު ޚަލީފާއިންގެ ޒަމާނެވެ.

c)

ޞަޙާބީންގެ ޒަމާނެވެ.

d)

ކީރިތި ރަސޫލާގެ ޒަމާނެވެ.

8.

މަޒުހަބުތަކަށް ޢަމަލު ކުރުމުގައި ބޭނުން ކުރަންވީ އުޞޫލުތަކުގެ ތެރޭގައި

a)

ކޮންމެ މަޒުހަބަކަށް ޢަމަލުކުރުމަކީވެސް މައްސައެކެވެ.

b)

ކޮންމެ މަޒުހަބަކަށް ޢަމަލުކުރުމަކީވެސް މައްސައެއް ނޫނެވެ.

c)

ޢަމަލުކުރަންޖެހޭނީ ކޮންމެވެސް އެއްމަޒުހަބަކަށެވެ.

d)

އެމަޒުހަބުގައި ހިމެނޭ ހުރިހާ ކަމަކަށް ތަބަޢަވުން ލާޒިމުވާނެއެވެ.

9.

މުސްލިމުން ހޭލުންތެރި ކުރުމަށް ހިންގުނު އެތައް ޙަރަކާތްތަކެއްގެ ސަބަބުން

a)

ވަރަށްގިނަ ޤައުމުތައް ފަތަޙަވެގެން ދިޔަ.

b)

ވަރަށްގިނަ ޤައުމުތައް މިނިވަންވެގެން ދިޔަ.

c)

ޔުނިވަރސިޓީގެ ދައުރު ބޮޑުވެ ފިޤުހު ކުރިއަރަންފެށި.

d)

ވަރަށްގިނަ ޤައުމުތައް ތަރައްޤީވެގެން ދިޔަ.

10.

ތާބިޢީންގެ ޒަމާނުގައި ނަބަވީ ސުންނަތް ރިވާ ކުރުން އިތުރުވެގެން ދިޔައެވެ. ވީމާ ނަބަވީ ސުންނަތަކީ

a)

ކީރިތި ރަސޫލާގެ ކުރީގެ ޒަމާނެއެވެ.

b)

ީރިތި ޤުރްއާނެވެ.

c)

ކީރިތިރަސޫލާގެ ޞަޙަބީންގެ ބަސްފުޅުތަކެވެ.

d)

ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކެވެ.