NEW
Font size
Worksheetsކައިވެނީގެ ރަނާއި ވަލީމާ / ގްރޭޑް 9
Total questions: 10
Worksheet time: 5mins
ކައިވެނީގެ ސަބަބުން ފިރިމީހާ އަނބިމީހާއަށް ދިނުން ވާޖިބު މުދަލަށްކިޔަނީ
ކައިވެނީގެ ވަލީމާއެވެ.
ކައިވެނީގެ ރަނެވެ.
ކައިވެނީގެ ޚިޠުބާއެވެ.
ކައިވެނީގެ ވަލީވެރިޔާއެވެ.
އަންހެނުންނަށް އެކަނބަލުންގެ ރަން ތިޔަބައިމީހުން ހިތުންރުހުމުން ދޭދިނުމެއްގެ ގޮތުގައި ދޭށެވެ. މިބަސްފުޅުން ދޭހަވަނީ
އަންހެނުންނަށް އެކަނބަލުންގެ ރަން ތިޔަބައިމީހުދޭށެވެ!
ރަން ތިޔަބައިމީހުން ހިތުންރުހުމުން ދޭށެވެ!
އިސްލާމް ދީނުގައި ރަންދިނުމުގެ ޙުކުމަކީ ވާޖިބެއްކަމެވެ.
އެކަނބަލުންގެ ރަން ތިޔަބައިމީހުން ދޭންޖެހޭނެކަން.
ކައިވެނީގެ ޢަޤުދުމިންވަރު ބަޔާންކުރުމުގެ ޙުކުމަކީ
ޖާއިޒުކަމެކެވެ.
ހުއްދަކަމެކެވެ.
ވާޖިބެކެވެ.
މުޞްތަޙައްބުކަމެކެވެ.
ކައިވެނީގެ ޢަޤުދުގައި ރަނުގެ މިންވަރު ކަނޑައެޅިފައިނުވާނަމަ
މަހްރުލްމިޘްލު ނުވަތަ އެފަދަ ރަންދިނުން ވާޖިބުވާނެއެވެ.
މަހްރުލްމިޘްލު ނުވަތަ އެފަދަ ރަންދިނުން ވާޖިބެއްނުވާނެއެވެ.
މަހްރުލްމިޘްލު ނުވަތަ އެފަދަ ރަންދިނުން ސުންނަތްވާނެއެވެ.
މަހްރުލްމިޘްލު ނުވަތަ އެފަދަ ރަންދިނުން މަކުރުހަވާނެއެވެ.
ރަންނުކިޔާ ކައިވެނިކޮށް ، ރޭނުކޮށް ވަރިކޮށްފިނަމަ ދިނުންވާޖިބުވަނީ ރަނުގެ
ތިންބައިކުޅަ އެއްބައެވެ.
ހަތަރުބައިކުޅަ އެއްބައެވެ.
ދެބައިކުޅަ އެއްބައެވެ.
އެއްވެސް މިންވަރެއް މަދުނުކޮށެވެ.
ކައިވެނީގެ އުފަލުގައި ތައްޔާރުކުރެވޭ ކެއުމަށް ކިޔާނަމަކީ
ޢަޤީޤާއެވެ.
ވަލީމާއެވެ.
މެހެމާންދާރީއެވެ.
ޑިނަ ނައިޓެވެ.
ކައިވެނީގެ އުފަލުގައި ތައްޔާރުކުރެވޭ ކެއުން ނުވަތަ ވަލީމާ ބޭއްވުމުގެ ޙުކުމަކީ
މުޞްތަޙައްބު ކަމެކެވެ.
ވާޖިބު ކަމެކެވެ.
ލާޒިމު ކަމެކެވެ.
ޖާއިޒު ކަމެކެވެ.
ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. '' ބަކަރިއެއްގެ މިންވަރުންނަމަވެސް ވަލީމާ ބާއްވާށެވެ!'' މިބަސްފުޅުން ދޭހަވަނީ
ވަލީމާގައި ބަކަރީގެ މުހިންމުކަން
ވަލީމާއާއި ބަކަރިއާއި ގުޅިފައިވާކަން
ބަކަރިން ވަލީމާދޭންޖެހޭކަން
ކައިވެނީގެ އުފަލުގައި ކެއުން ދިނުމުގެ މުހިންމުކަން.
ވަލީމާ ބޭއްވުމުގެ އެންމެބޮޑު ޙިކުމަތަކީ
ސާދީ ޕާޓީއެއް ބޭއްވުން
މަޖަލާއި އުފާބޮޑުކުރުން
ދެމީހަކު ކައިވެނިކުރިކަން އިޢުލާންކުރުން
ކުޅިވަރާއި މަޖާބޮޑުކުރުން
ވަލީމާ ބޭއްވެނީ ޝަރުޢީ މިންގަނޑުގެ ތެރޭގައިކަމުގައިވާނަ ދަޢުވަތުލިބޭ މީހާ ވަލީމާއަށް ދިއުމުގެ ޙުކުމަކީ
މުޞްތަޙައްބު ކަމެކެވެ.
ހުއްދަ ކަމެކެވެ.
ޖާއިޒު ކަމެކެވެ.
ވާޖިބު ކަމެކެވެ.
