NEW
Font size
Worksheetsޙަދީޘް ރިވާކުރުމުގައި މަޝްހޫރު ޞަހާބީން / ގްރޭޑް 9
Total questions: 10
Worksheet time: 5mins
މުސްލިމެއްގެ ގޮތުގައިހުރެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލުވެ މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިވާ ކޮންމެ ބޭކަލަކީ
ޞަޙާބީއެކެވެ.
ތާބިޢީއެކެވެ.
ތަބާތާބިޢީއެކެވެ.
ޙަދީޘް ޢިލްމުވެރިއެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ ގިނަ ޙަދީޘް ރިވާކުރެއްވި ޞާޙާބީއަކީ
ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.
ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުއެވެ.
ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުއެވެ.
ޞަޙާބީންގެ ތެރެއިން ބޮޑެތި ބޭކަލުންވެސް ދީނީ ކަންކަމުގައި ސުވާލުކުރައްވާ ހައްދަވަނީ
ޢަބްދުﷲ ބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިންނެވެ.
ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިންނެވެ.
އިސްލާމްވުމުގެ ކުރިން އަބޫހުރައިރާގެ ނަންފުޅަކީ ޢަބްދުއްޝަމްސުއެވެ. އިސްލާމްވެ ވަޑައިގަތުމުން އެކަލޭގެފާނަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި ނަންފުޅަކީ
އަބޫ ހުރައިރާއެވެ.
ޢަބްދުއްރަޙްމާންއެވެ.
އަބޫބަކުރެވެ.
ޢުޘްމާނެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ފުރިހަމަ ނަންފުޅަކީ
އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ.
ޢާއިޝަތު ބިންތު އަބޫބަކުރު އައްޞިއްދީޤުއެވެ.
އުއްމު ކުލްޘޫމް ރަޟިޔަﷲ ޢަންހާއެވެ.
ކީރިތި ރަސޫލާގެ ގެކޮޅަށް ގިނަގިނައިން ވެދެވަޑައިގަތުގެ ޝަރަފު ޢަބުދުﷲ ބުނު ޢުމަރަށް ލިބިވަޑައިގަތުމުގެ ނަތީޖާއަކީ
އިޤުތިޞާދީ ޢިލްމުގައި ކުރިއެރުމަށް ފުރުޞަތު ލިބިވަޑައިގަތުމެވެ.
ޙަދީޘް ޢިލްމުގައި ކުރިއެރުމަށް ފުރުޞަތު ލިބިވަޑައިގަތުމެވެ.
ތާރީޚް ޢިލްމުގައި ކުރިއެރުމަށް ފުރުޞަތު ލިބިވަޑައިގަތުމެވެ.
ިޤުހު ޢިލްމުގައި ކުރިއެރުމަށް ފުރުޞަތު ލިބިވަޑައިގަތުމެވެ.
އަބޫ ހުރައިރަތުގެފާނު އުފަންވެވަޑައިގަތީ
މައްކާގައެވެ.
މަދީނާގައެވެ.
ފަލަސްޠީނުގައެވެ.
ޔަމަނުކަރާގައެވެ.
ޢާއިޝާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ
ޠާއިފުގައެވެ.
މަދީނާގައެވެ.
މައްކާގައެވެ.
މިނާގައެވެ.
ޢަބުދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހު އުފަންވެ ވަޑައިގަތީ
މައްކާގައެވެ.
މަދީނާގައެވެ.
ޔަމަނުކަރައިގައެވެ.
ޙަބުޝް ކަރައިގައެވެ.
އަބޫ ހުރައިރަތުގެފާނު ކީރިތިރަސޫލާގެ އަރިހުގައި
ހަތް އަހަރު ހޭދަކުރެއްވިއެވެ.
ފަސް އަހަރު ހޭދަކުރެއްވިއެވެ.
ތިން އަހަރު ހޭދަކުރެއްވިއެވެ.
ހަތަރު އަހަރު ހޭދަކުރެއްވިއެވެ.
