wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

އިސްލާމީ ދައުލަތް 1 / ގްރޭޑް 12

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޚުލަފާއުއްރާޝިދީނަށްފަހު އިސްލާމްދީނުގައި އުފެދުނު ފުރަތަމަ ދައުލަތަކީ

a)

ޢައްބާސީ ދައުލަތެވެ

b)

ޢުޘްމާނީ ދައުލަތެވެ

c)

އުމަވީ ދައުލަތެވެ.

d)

ޢަރަބި ދައުލަތެވެ

2.

އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމަނުގެފާނާއި، ޢަލީގެފާނަށް ކީރިތިރަސުލާ ދެއްވިނަމަކީ

a)

ހަތަރުމަޒުހަބެވެ.

b)

ޚުލަފާއުއްރާޝިދީންނެވެ.

c)

ހަތަރުއިމާމުންނެވެ

d)

މަޝްހޫރު 4 ދައުލަެވެ.

3.

މުޢާވިޔަތުބުނު އަބީ ސުފްޔާން ބުންހަރުބު ބުން އުމައްޔާއަކީ

a)

ޢައްބާސީ ދައުލަތުގެ ބާނީއެވެ.

b)

ޢުޘްމާނީ ދައުލަތުގެ ބާނީއެވެ.

c)

ޚުލަފާއުއްރާޝިދީންގެ ބާނީއެވެ.

d)

އުމަވީ ދައުލަތުގެ ބާނީއެވެ.

4.

އުމަވީ ދައުލަތުގެ ބާނީ މުޢާވިޔަތު ބުން އަބީ ސުފިޔާނަކީ

a)

ޞަޙާބީބޭކަލެކެވެ.

b)

ތާބިޢީ ބޭކަލެކެވެ.

c)

އަތުބާޢުއްތާބިޢީއެކެވެ.

d)

ޚުލަފާއުއްްރާޝިދީންގެ ބޭކަލެކެވެ.

5.

އުމަވީ ދައުލަތިގައި ޚަލީފާކަން ކުރެއްވި ބޭކަލުންގެ ތެރެއިން އެނަމެ ފާހަގަ ކޮށްލެވޭ އެއްބޭކަލަކީ

a)

ޢުމަރުބުން ޚައްޠާބެވެ.

b)

ޚާލިދު ބުން ވަލީދެވެ.

c)

ޢުމަރު ބުން ޢަބްދުލް ޢަޒީޒެވެ.

d)

ޢަލީބުން

6.

އުމަވީ ދައުލަތުގައި އިސްލާމީ ފުތޫޙާތު ވަރަށް ފުޅާވެގެން ދިޔައެވެ. އެގޮތުން އަންދަލުސް ފަތަޙަ ކުރެއްވި މަޝްހޫރު ފާތިޙަކީ

a)

ޠާރިޤު ބުން ޒިޔާދެވެ.

b)

ޚާލިދުބ ބުން ވަލީދެވެ

c)

މުޙައްމަދު ބުން ޤާސިމެވެ.

d)

ޢުމަރުބުން ޢަބްދުލް ޢަޒީޒެވެ.

7.

މަސައްކަތްތެރިކަމުގެ ގޮތުން މިސްކިތްބިނާކުރުމަކީ އުމަވީންނގެ ޚާއްޞަ ފަންނެކެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު މިސްކިތަކީ

a)

އަލް މަސްޖިދުލް އަޤުޞާއެވެ.

b)

ދިމިޝްޤުގެ ޖާމިޢުލް އުމަވިލް ކަބީރެވެ.

c)

އަލްމަސްޖިދުލް ޙަރާމްެވެ.

d)

އަލްމަސްޖިދުއް ނަބަވީއެވެ.

8.

ޢައްބާސީ ދައުލަތް ނިސްބަތްވަނީ ކީރިތި ރަސޫލާގެ ބޮޑުބޭބޭފުޅު

a)

މުޢާވިޔަތުބުނު އަބީ ސުފްޔާނަށެވެ.

b)

ޢައްބާސްބުނު ޢަބްދުލް މުއްޠަލިބަށެވެ.

c)

އަލްއިމަމު ޝާފިޢީގެފާނަށެވެ

d)

ޚުލަފާއުއްރަާޝިދީންނަށެވެ.

9.

ޢައްބާސީ ދައުލަތުގެ ޚަލީފާއިންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ޚަލީފާއަކީ

a)

މުވާވިޔަތުބުނު އަބީ ސުފްޔާނެވެ.

b)

ޠާރިޤު ބުން ޒިޔާދެވެ.

c)

ހާރޫނުއްރަޝީދެވެ.

d)

ޢުމަރުބުން ޢަބްދުލްޢަޒީޒެވެ.

10.

އިސްލާމީ ޙަޟާރަތުގެ ރަންޒަމާނަކީ

a)

ކީރިތި ރަސޫލާގެ ޒަމަނެވެ.

b)

ޚުލަފާއުއްރާޝުދީންގެ ޒަމާނެވެ

c)

އުމަވީންގެ ޒަމާނެވެ.

d)

ޢައްބާސީ ދައުލަތުގެ ޒަމާނެވެ.