wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އަޚްލާޤް-10- އުޚުއްވަތްތެރިކަން ދެމެހެއްޓުން

Total questions: 10

Worksheet time: 10mins

Name
Class
Date
1.

އުޚުއްވަތްތެރިކަމަކީ

a)

އުޚުއްވަތްތެރިކަމަކީ ދެމީހެއްގެ ނުވަތަ ބައެއްގެ މެދުގައި އޮންނަ އިތުބާރުކުރެވޭ ވަރުގަދަ ގުޅުމެކެވެ.

b)

އެއްބަނޑު އެއްބަފާ ކަމުގެ ގުޅުމެވެ.

2.

އުޚުއްވަތްތެރި ކަމުގެ ގުޅުން އުފެދެނީ އެދެމީހެއްގެ ނުވަތަ ބައެއްގެ މެދުގައި އެއްގޮތްވެވޭ ކަމެއްގެ ސަބަބުންނެވެ. އެފަދަ މިސާލަކީ

a)

ވަޠަނުގެ ގޮތުން ގުޅި އެއްބައިވެފައިވުން،

b)

ޢަޤީދާގެ ގޮތުން

c)

އީމާންތެރިކަމުގެ ގޮތުން އުފެދޭ ގުޅުން

3.

އުޚުއްވަތްތެރިކަމުގެ މުހިއްމުކަން ހާމަވާ ކަންކަމަކީ

a)

މުޖުތަމަޢުގެ ހަމަޖެހުން ދެމިއޮތުން

b)

މުސްލިމުންގެ ހައިބަތާއި ޤަދަރު އަރާއި ބާރު ލިބުން

c)

މުޞީބާތްތަކުން ސަލާމަތްކަންލިބުން

4.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ "(އިސްލާމީ އެއްބަނޑު އެއްބަފާ ކަމުގައި) އެއް މުއުމިނަކު އަނެއް މުއުމިނަކަށްޓަކައި ބިނާއެއްފަދައެވެ. އެހެނީ އެބިނާގެ އެއްބައި އަނެއްބަޔާ ގުޅި އެކަތިގަނޑަށްވެ ވަރުގަދަވެފައި ވެއެވެ." އިސްވެދިޔަ ޙަދީޘް ބަސްފުޅުން ދޭހަވާ ކަމަކީ

4 lines
5.

އުޚުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭނެ މުހިއްމު ކަންތައްތަކަކީ

a)

ތިމާގެ އަޚާއިމެދު ހިތް ސާފުކުރުން

b)

އަޚާގެ ފަރާތުން ދިމާވާ ހިތްހަމަ ނުޖެހޭ ކަންތައްތަކަށް ކެތްތެރިވުން

c)

އަޚާގެ ސިއްރުތައް ހިފެހެއްޓުން

6.

އުޚުއްވަތްތެރިކަން ދެމެހެއްޓުމުން ލިބިގެންދާނެ ދުނިޔަވީ ފައިދާތަކަކީ

a)

އެކުވެރިކަން އެއްބައިވަންތަކަން ޤާއިމްވުން

b)

ވަރުގަދަ ޙަޟާރަތެއް ބިނާވެ މުސްލިމުން ކުރިއަރައިދިއުން

7.

އުޚުއްވަތްތެރިކަން ދެމެހެއްޓުމުން ލިބިގެންދާނެ އުޚުރަވީ ފައިދާތަކަކީ

a)

ސުވަރުގެ ލިބުމުގެ ނަޞީބު ލިބުން

b)

ޤިޔާމަތްދުވަހުގެ އާފާތްތަކުން މިންޖުވުން

c)

އެންމެންގެ ލޯބި ލިބުން

8.

އުޚުއްވަތްތެރިކަން މުޖުތަމަޢިން ނެތިގެން ގޮސްފިނަމަ ލިބިދާނެ ގެއްލުންތަކަކީ

a)

އީމާންކަން ބަލިކަށިވުން

b)

އަނިޔާވެރިކަން އިތުރުވުން

c)

އަމާންކަން ގެއްލިގެން ދިއުން

d)

ނަރަކައިގެ އަޛާބު ލިބުން

9.

މިދިވެހިރާއްޖެއިން ހީނަރުވެފައިވާ އުޚުއްވަތްތެރިކަން ބަދަހި ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ

a)

ދީނުގައި އުޚުއްވަތްތެރިކަމަށް ދީފައިވާ އަހަންމިއްޔަތު ދެނެގަތުން

b)

އީމާންކަން ވަރުގަދަ ކޮށް ޞާލިޙު ޢަމަލު އިސްކުރުން

10.

އިސްލާމީ އުޚުއްވަތްތެރިކަން ހަރުދަނާކުރުމަށްޓަކައި މިދިވެހި ރާއްޖެއިން ކުރިމަތިވާ ގޮންޖެހުންތަކަކީ

a)

މުޖުތަމަޢަށް ވަންނަމުންދާ ބޭރުގެ ނޭދެވޭ އޮއިވަރުތަކުގެ ސަބަބުން

b)

ދަރިން ތަރުބިޔަތު ކުރުމުގައި އިހުމާލުވެވުން

c)

އީމާންކަން ބަލިކަށިވުން