wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

އިސްލާމީ ޙަޟާރަތުގެ މުހިންމު ބައެއް ރަށްތައް 2 / ގްރޭޑް10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

މުސްލިމުން އަންދަލުސްފަތަޙަކުރުމަށްފަހު އެންމެ ކުރިއަރާފައިވާ ރަށަކަށްވީ ވެރިރަށް

a)

މެޑްރީޑެވެ

b)

ޤުރްޠުބާއެވެ

c)

އިސްތަންބޫލެވެ

d)

ދިމިޝްޤެވެ

2.

މުސްލިމުން ޙާޟާރީގޮތުން ރަށްތައް ތަރައްޤީކުރީ ވަރަށް ފުރިހަމއަށެވެ. މިގޮތުން މިއަދުގެ މުސްލިމު ޒުވާނުންނަށް ޤައުމަށް ކޮށްދެވިދާނެ އެއްކަމަކީ

a)

ގޭމުކުޅުމާއި ނިދުމެވެ

b)

ފިލްމުބެލުމާއި ކޮފީއަށްއެރުމެވެ

c)

ޢިލްމީ ޤާބިލް ހުނަރުވެރި ބަޔަކަށްވުމެވެ

d)

ރޭގަނދު ނުނިދާ ދުވާލު ނިދުމެވެ

3.

ބޭސްވެރިކަމާއި، ހިސާބުޢިލްމާއި، ފަލަކީ ޢިލްމާއި، ޖޯގުރަފީޢިލްމާއި، ކެމިސްޓްރީ ޢިލްމު ޔޫރަޕަށް ވާޞިލްވީ

a)

ދިމިޝްޤުންނެވެ

b)

ސޯމާލިޔާއިންނެވެ

c)

އަންދަލުސްގެ މަގުންނެވެ

d)

އިގިރޭސީވިލާތުންނެވެ

4.

ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެން މުސްލިމުން އެއިރު ކުރިއަރާފައިވާ ކަމުގެ އެއް ހެއްކަކީ

a)

ޖިހާދުކުރުމުގައި ކުރިއަރާފައިވުމެވެ

b)

މުއްސަދިކަމުގައި ކުރިއެރުމެވެ

c)

އުފެއްދުނަތެރިކަމުގައި ކުރިއެރުމެވެ

d)

ޢިލްމާއި ފަންނު ވެރިކަމގައި މުސްލިމުން ކުރަރާފައިވުމެވެ

5.

އަންދަލުސްގައިއޮތް މުސްލިމުންގެ ވެރިކަން ނިމިދިޔައީ

a)

ޣަރުނާޠާގައިއޮތް ވެރިކަން ނިމިދިއުމުންނެވެ

b)

ތަތާރުން އިރާޤު ހަލަކުކޮށްލުމުންނެވެ

c)

ސޫރިޔާގެ ހަނގުރާމަިއންނެވެ

d)

ޠާލިބާނުންގެ ވެރިކްން ދިއުމުންނެވެ

6.

ހިންދޫކަރަ ފަތަހަކުރެއްވި މަޝްހޫރު މުސްލިމު އެއްލީޑަރަކީ

a)

މުޙައްމަދުބުނު ޤާސިމެވެ

b)

ޠާރިޤުބުނު ޒިޔާދެވެ

c)

ސަލާޙުއްދީނުލް އައްޔޫބީއެވެ

d)

ޚާލިދުބުން ބަލީދެވެ

7.

މަޙުމޫދުލް ޣަޒުނަވީއަކީ މުސްލިމު ފާތިޙުންގެ ތެރެއިން މަޝްހޫރު ފާތިޙެކެވެ. ވީމާ މަޙުމޫދުލްޣަޒުނަވީއަކީ

a)

އަންދަލުސްގެ ފާތުޙެކެވެ

b)

ޤުރްޠުބާގެ ފާތިޙެކެވެ

c)

ސިސިލީގެ ފާތިޙެކެވެ

d)

އިންޑިޔާގެ ފާތިޙެކެވެ

8.

މުސްލިމުން ސިސިލީ ފަތަޙަކުރުމަށްފަހު ޤާއިމުވެ ތިބުމަށް ބިނާކުރި ރަށަކީ

a)

ޤުރްޠުބާއެވެ

b)

އަލްޚާލިޞާއެވެ

c)

ދިމިޝްޤެވެ

d)

ޣަރުނާޓަކާއެވެ

9.

މިހާރުވެސް ސިސިލީގެ ބައެއް މަގުތަކާއި ރަށްތަކާއި ފާލަންތަކަށް ދެވިފައިވާ ނަންތަކީ

a)

މުސްލިމުން ދީފައިވާ އިނގިރޭސީ ނަންތަކެވެ

b)

މުސްލިމުން ދީފައިވާ ހިންދީ ނަންތަކެވެ

c)

މުސްލިމުން ދީފައިވާ ޢަރަބިނަންތަކެވެ

d)

މުސްލިމުން ދީފައިވާ އޮރުދޫ ނަންތަކެކެވެ

10.

މިހާރުވެސް ސިސިލީގެ ބައެއް މަގުތަކާއި ރަށްތަކާއި ފާލަންތަކަށް ދެވިފައިވާ ނަންތަކީ ޢަރަބިނަންތަކެވެ. މިކަމުން ދޭހަވަނީ

a)

މުސްލިމުންގެ ބަސްތެރިކަން

b)

ސިސިލީގެ މުހިންމުކަން

c)

މަދުތަކާއި ފާލަންތަކުގެ މުހިންމުކަން

d)

ސިސިލީގައި މުސްލިމުން ވރިކަން ކޮށްފައިވާކަން