NEW
Font size
Worksheetsއިސްލާމް ކުއިޒް2021 ( ގުރޭޑް-3 )
Total questions: 25
Worksheet time: 13mins
1- ޝަހާދަތްކިޔުމުން އަހަރެމެންގެ މައްޗަށް ވަރަށްގިނަ ކަންތައްތަކެއް ލާޒިމްވެގެން ވެއެވެ. އޭގެ ތެރެއިން 2 ކަމެއް ބުނެދޭށެވެ؟
ހ- 1- ނަމާދުކުރުން 2- ޒަކާތްދިނުން
ށ- 1- މީހުންނަށް އެހީވުން 2- ދޮގުހެދުން
2- މާތްﷲ އަށް ޝުކުރުކުރުން ޙައްޤުވާ 1 ކަމެއް ބުނެދޭށެވެ؟
ހ- އަހަރެމެންނަށް ރިޒުޤުނުލިބުން.
ށ- އަހަރެމެން ރަނގަޅު ތަކެތިން ރިޒުޤުދެއްވުން.
3- އަހަރެމެން ހައްދަވައި ރިޒުޤުދެއްވާ ފަރާތަކީ ކޮބާ؟
.ހ- މާތްﷲ އެވެ
.ށ- ކީރިތި ރަސޫލާއެވެ
4- އަރެމެންނަށް އުޑުންދެއްވާ ރިޒުޤު އަދި އެއްގަމާއި ކަނޑުންދެއްވާ ރިޒުޤެއްގެ ނަންލިޔާށެވެ؟
.ހ-1- ވާރޭފެން 2- މޭވާ
.ށ- އިންސާނުން
5- މަލާއިކަތުންނާއި ޖިންނީންގެ 1 ތަފާތު ބުނެދޭށެވެ؟
.ހ-މަލާއިކަތުން ނޫރުން ހައްދަވާފައިވުން
ޖިންނީން އަލިފާނުން ހައްދަވާފައިވުން
.ށ- މަލާއިކަތުން އަލިފާނުން ހައްދަވާފައިވުން
ޖިންނީން ނޫރުން ހައްދަވާފައިވުން
6- ޖިބްރީލް އަލައިހިއްސަލާމްގެ މަސައްކަތްޕުޅަކީ ކޮބާ؟
.ހ- މަރުހިއްޕެވުން
.ށ- ވަޙީގެންނެވުން
މުޙައްމަދު صلي الله عليه وسلم ގެ މައްޗަށް ބާވައިލެއްވި ފޮތަކީ ކޮބާ؟7-
.ހ- ތައުރާތު
.ށ- ކީރިތި ޤުރްއާން
އައްޔޫބުގެފާނަކީ ކޮންބޭކަލެއްހެއްޔެވެ؟8-
.ހ- އާދައިގެ އިންސާނެކެވެ
.ށ- މާތްﷲ ފޮނުންވި ރަސޫލެކެވެ.
ސުލައިމާންގެފާނުގެ ބައްޕާފުޅަކީ ކޮންބޭކަލެއް ހެއްޔެވެ؟9-
.ހ- ދާވޫދުގެފާނެވެ.
.ށ- ކިރިތި ރަސޫލާއެވެ.
10- ޤިޔާމަތަށް ދެމިގެންވާ ފުރިހަމަ، ހުރިހާޒަމާނަކަށްވެސް އެކަށީގެންވާ ޝާރީޢަތެއް އެކުލެވިގެންވާ
ފޮތަކީކޮބާ؟
.ހ- ކީރިތި ޤުރްއާން.
.ށ- ތައުރާތު.
އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ކިތައްވަނަ ރުކުންހެއްޔެވެ؟11-
.ހ- 5 ވަނަ ރުކުނެވެ..
.ށ- 6 ވަނަ ރުކުނެވެ..
ދުޢާ ކުރުމަކީކޮބާހެއްޔެވެ؟12-
.ހ- ގިނަގިނައިން ނަމާދުކުރުން
.ށ- މާތް الله ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމެވެ
13- މުޠަލަޤުފެނަކީ އަމިއްލަ ޒާތުގައި ޠާހިރުފެނެވެ. އެހެން އެއްޗަކާއި އެކުވެގެން ހަޑިވެފައި
ނުވާފެނެވެ. މުޠަލަޤުފެނުގެ 2 މިސާލު ބުނެދޭށެވެ؟
.ހ- ނަޖިސްފެން
.ށ- 1- ވާރޭފެން 2- ވަޅުފެން
14- ޙަދަޘްބެހިގެންވާ 2 ބަޔަކީކޮބާ؟
.ހ- ވުޟޫކުރުމާއި ފެންވެރުމެވެ
.ށ- 1- ކުޑަޙަދަޘާއި ބޮޑުޙަދަޘެވެ.
15-ނަޖިސްފިލުވާލުމަކީ ކޮބާ ؟
.ހ- އެނަޖިހެއް ޖެހިފައިވާ ތަނެއް އެނަޖިހެއްގެ ކުލަޔާއި ވަސް ފިލާވަރަށް ދޮވުމެވެ.
ށ- އެނަޖިހެއް ޖެހުނުތަން ފޮހެލުމެވެ
16-ނަމާދު ބާޠިލްވާ ކަންތައްތަކުގެތެރެއިން 1 ކަމެއްބުނެދޭށެވެ ؟
.ހ- ނަމާދަށް ހުރެ ގަސްދުގައި ކައިބޮއި ހެދުން..
ށ- ނަމާދުގައި އަލްހަމްދުކިއުން .
17- ހުކުރުނަމާދު ޚާއްޞަވާ ސަބަބުތަކުގެތެރެއިން 1 ކަމެއްބުނެދޭށެވެ؟
؟
.ހ- އާދަމްގެފާނު އުފެއްދެވުން..
ށ- ޖ- އެދުވަހު ހުކުރު ޚުތުބާގައި މުސްލިނުންނަށް ދެވޭ ނަސޭޙަތުގެ ސަބަބުން
.
18- ރޯދައިގެ ރޫޙާއި ޚީލާފު ކަންތައްތަކުގެ ތެރެއިން 1 ކަމެއްބުނެދޭށެވެ؟
.ހ- ޒުވާބުކުރުން
ށ- ޤުރުއާންކިޔެވުން
.
19- ރޯދަޔަށް ހުރުމުންލިބޭ ފައިދާތަކުގެތެރެއިން 1 ކަމެއްބުނެދޭށެވެ؟
.ހ- ކެއްތެރިވުމަށް ބާރުލިބުން
ށ- ދަހިވެތިވުން
.
20- އަމާނާތްތެރިކަމުގެ ފައިދާތަކުގެތެރެއިން ފައިދާއެއް ބުނެދޭށެވެ؟
.ހ- މާތް اللهގެ ރުހިވޮޑި ގަތުން ލިބުން.
ށ- މީހުންރުޅިއައުން
.
21- ވަޢުދު ނުފުއްދުމުން ލިބޭ ގެއްލުންތަކުގެ ތެރެއިން ގެއްލުމެއް ބުނެދޭށެވެ؟
.ހ- އެއްވެސް މީހަކު އިތުބާރެއް ނުކުރާނެއެވެ.
ށ- މީހުންއިތުބާރުކުރާނެއެވެ.
.
22- ޞުލްޙަވެރިކަން ޤާއިމްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރެއިން 1 ކަމެއް ލިޔާށެވެ؟
.ހ- އިންސާފުންކަންތައްކުރުން.
ށ- އިންސާފުންކަންތައްނުކުރުން..
.
23- ކެއުމުގެ ކުރިން ކުރަންޖެހޭ 2ކަމެއް ބުނެދޭށެވެ؟
.ހ- ކެއުމުގެ ކުރިން ރަނގަޅަށް އަތްދޮވުން
.ކެއުމުގެ ކުރިން ބިސްމި ކިޔުން
ށ- ކެއުމުގެކުރިން އަލްޙަމްދުކިޔުން.
.
24- މުދާރައްކާތެރިކޮށް ބެލެހެއްޓުމުންލިބޭ 1 ފައިދާ ބުނެދޭށެވެ؟
.ހ- ތަކެތި ހަލާކުވުން
ށ- ތަކެތި ގިނަދުވަހު ހަލާކުނުވެ ދެމިހުރުން.
.
25- އިޙްލާޞްތެރިވުމުގެ ގޮތުން ކުރެވިދާނެ 1 ކަމެއް ލިޔާށެވެ؟
.ހ-މަސައްކަތުގައާއި ދައްކާވާހަކައިގައި ދެއްކުންތެރިކަމެއް ނެތުން
ށ- މަސައްކަތުގައާއި ދައްކާވާހަކައިގައި ދެއްކުންތެރިކަން ހުރުން.
.
