NEW
Font size
Worksheetsއިސްލާމް ކުއިޒް 2021(ގްރޭޑް 5)
Total questions: 35
Worksheet time: 18mins
ﷲގެ އެއްކައުވަންތަކަން ބެހިގެންވަނީ ކިތައް ބަޔަށް ހެއްޔެވެ؟
2 ބަޔަށެވެ.
3 ބަޔަށެވެ.
އީމާންކަމުގެ އެންމެ މުހިންމު ރުކުނަކީ ކޮބާ؟
މާތް ﷲއަށް އީމާންވުމެވެ.
އާޚިރަތްދުވަހަށް އީމާންވުމެވެ.
ޢުލުލް ޢަޒުމްގެ ވެރިބޭކަލުންގެ ތެރޭގައި ހިމެނެނީ ކިތައް ބޭކަލުން ހެއްޔެވެ؟
5 ބޭކަލުންނެވެ.
6 ބޭކަލުންނެވެ.
މާތް ﷲ މުޢުޖިޒާތް ދެއްވަނީ ކޮންބަޔަކަށް ހެއްޔެވެ؟
ވަލީވެރިންނަށެވެ.
ރަސޫލުންނާއި ނަބީންނަށެވެ.
އުލޫހިއްޔަތުގެ މާނަ އަކީ ކޮބާ؟
ކަލާނގެ ވަންތަކަމެވެ.
އަޅުކަންކުރުމެވެ.
ޝިރުކު ކުރުމުންލިބޭ އެންމެ ބޮޑު ގެއްލުމަކީ ކޮބާ؟
މީހުންގެ ލޯބި ނުލިބުމެވެ.
އެމީހަކު ކުރާ ހުރިހާ ހެޔޮޢަމަލެއް ގެއްލިގެން ދިޔުމެވެ.
ބާލިޣުވުމަކީ ކޮބާ؟
ދީނުގައި ކަނޑައަޅުއްވާފައިވާ ތަކުލީފްތައް ކުރާ ޢުމުރަށް ކުއްޖާ ދިޔުމެވެ.
މުޖުތަމަޢުގެ މަސައްކަތްތަކުގައި ބައިވެރިވުމެވެ.
ތަކުލީފުތަކަކީ ކޮބާ؟
ބޮޑުވުމެވެ.
އިސްލާމްދީނުގައި ކުރުމަށް އަންގަވާފައިވާ އެންމެހާ ކަންތައްތަކެވެ.
ޙަދަޘް ބެހިގެންވާ ބައިތަކަކީ ކޮބާ؟
ކުޑަ ޙަދަޘާއި ބޮޑުޙަދަޘެވެ.
ހިނައިގަތުމާއި ވުޟޫކުރުމެވެ.
ޖަމާޢަތުގައި ނަމާދު ކުރުމުން ލިބޭ ދަރަޖައިގެ މިންގަނޑަކީ ކޮބާ؟
72 ދަރަޖައެވެ.
27 ދަރަޖައެވެ.
ކުޑަ ޙަދަޘްވެރިވުމަކީ ކޮބާ؟
ވުޟޫ ގެއްލޭކަމެއް މެދުވެރިވުމެވެ.
ހިނައިގަތުން ވާޖިބުވާކަމެއް މެދުވެރިވުމެވެ.
ނަމާދު ޖަމާޢަތެއްކަމުގައި ބެލެވޭނީ ކިހިނެއް ހެއްޔެވެ؟
ދެ މީހުން ނުވަތަ އެއަށްވުރެ ގިނަމީހުން ތިބުމުންނެވެ.
ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންނެވެ.
ބޮޑު ޙަދަޘްވެރިވުމަކީ ކޮބާ؟
ހިނައިގަތުން ވާޖިބުވާކަމެއް މެދުވެރިވުމެވެ.
ވުޟޫގެއްލޭކަމެއް މެދުވެރިވުމެވެ.
ނަމާދު ބެހިގެންވާ ބައިތަކަކީ ކޮބާ ހެއްޔެވެ؟
ފަރުޟު ނަމާދާއި ހުކުރު ނަމާދެވެ.
ފަރުޟު ނަމާދާއި ސުންނަތް ނަމާދެވެ.
ނަމާދު ވަގުތުން ފަސްކުރެވިއްޖެނަމަ ފާފަވެރިނުވާނެ އުޛުރުތަކަކީ ކޮބާހެއްޔެވެ؟
ނިދުމާއި ހަނދާންނެތުމެވެ.
ނިދުމާއި ހޭލުމެވެ.
ނަފުލް މިނަންކިޔަނީ ކޮންނަމާދަކަށް ހެއްޔެވެ؟
ފަރުޟު ނަމާދަށެވެ.
ސުންނަތް ނަމާދަށެވެ.
ރޯދަ ހިފުން ޙަރާމް ދުވަސްތަކަކީ ކޮބާހެއްޔެވެ؟
ދެޢީދު ދެ ދުވަހާއި ޙައްޖު ދުވަހެވެ.
ދެ ޢީދު ދެ ދުވަހާއި އައްޔާމުން ތަޝްރީޤުގެ 3 ދުވަހެވެ.
ރަވާތިބު ސުންނަތްތަކަކީ ކޮބާ ހެއްޔެވެ؟
ދެ ޢީދު ދެނަމާދާއި ތަޙިއްޔަތުލް މަސްޖިދުގެ ދެރަކުޢަތެވެ.
ފަރުޟު ނަމާދުގެ ކުރިއާއި ފަހުގައި ކުރާ ސުންނަތް ނަމާދުތަކެވެ.
ރޯދައަކީ އިސްލާމްދީނުގެ ކިތައްވަނަ ރުކުން ހެއްޔެވެ؟
4 ވަނަ ރުކުނެވެ.
5 ވަނަ ރުކުނެވެ.
ރަވާތިބު ސުންނަތް ތަކުގެ ރަކުޢަތުގެ ޢަދަދަކީ ކޮބާހެއްޔެވެ؟
22 އެވެ.
10 ކެވެ.
ޒަކާތް ބެހިގެންވާ ބައިތަކަކީ ކޮބާހެއްޔެވެ؟
މުދަލު ޒަކާތާއި ފިޠުރު ޒަކާތާއި ޞަދަޤާތެވެ.
މުދަލު ޒަކާތާއި ފިޠުރު ޒަކާތެވެ.
ފިޠުރު ޒަކާތް ނެރެންޖެހޭ މިންވަރަކީ ކޮބާ ހެއްޔެވެ؟
ޞާޢު އެކެވެ. ( 2.4 ކިލޯ ގްރާމް ނުވަތަ ދެ ނާޅިބައި)
3.5 ކިލޯ ގްރާމް ނުވަތަ 3 ނާާޅި އެވެ.
ކުޑަކުދިންނަށް އޯގާތެރިވުމުގެގޮތުން ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ކުރެއްވިކަމެއް ބުނެދޭށެވެ!
ގޭތެރޭގެ ކަންތައްތަކުގައި އެހީތެރިވެ ދެއްވިއެވެ.
ކާފަ ދަރިކަލުންނަށް ބޮސްދެއްވިއެވެ.
ފިޠުރު ޒަކާތުގެ ޙުކުމަކީ ކޮބާހެއްޔެވެ؟
ސުންނަތެކެވެ.
ވާޖިބެކެވެ.
ފިޠުރު ޒަކާތް ނެރުމުގެ ޒަމާނީ ވަޞީލަތްތަކަކީ ކޮބާހެއްޔެވެ؟
އިންޓަނެޓާއި މޯބައިލް ފޯނެވެ.
ކަރުދާހާއި ޤަލަމެވެ.
ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވާންވީ ކީއްވެ ހެއްޔެވެ؟
އިސްލާމްދީނަކީ އެހީތެރިވުމަށް ގޮވާލާ ދީނަކަށް ވާތީއެވެ.
އަރެމެން އެހެން މީހުންގެ އެހީތެރިކަން ބޭނުންވާތީއެވެ.
ކެއްތެރިކަމާއި އީމާންކަމާއި ހުރި ގުޅުމާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ ކީކޭހެއްޔެވެ؟
" ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ."
"ކެއްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."
ކެއްތެރިކަމާއި އީމާންކަމާއި ހުރި ގުޅުމާއި ބެހޭގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ ކީކޭހެއްޔެވެ؟
" ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ."
"ކެއްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."
ދީލަތިކަމަކީ ކޮބާ؟
ބަދަލުގައި އެއްޗެއް ލިބުމުގެ އުންމީދުނެތި ހޭދަކުރުމެވެ.
މުޞިބާތާއި އުނދަގޫތައް ކުރިމަތިވާ ހިނދު ސާބިތުކަންމަތީ ދެމިހުރުމެވެ.
ކެއްތެރިކަމަކީ ކޮބާހެއްޔެވެ؟
ބަދަލުގައި އެއްޗެއް ލިބުމުގެ އުންމީދުނެތި ހޭދަކުރުމެވެ.
މުޞިބާތާއި އުނދަގޫތައް ކުރިމަތިވާ ހިނދު ސާބިތުކަންމަތީ ދެމިހުރުމެވެ.
މުދަލާއިމެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވަނީ ކީކޭހެއްޔެވެ؟
" ތިޔަބައިމީހުންގެ މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ."
"ކެއްތެރިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."
ޒިންމާދާރުވުމަކީ ކޮބާ ހެއްޔެވެ؟
ހަވާލު ކުރެވޭ މަސައްކަތްތައް އެމީހަކު ބޭނުން ވަގުތެއްގައި ކުރުމެވެ.
އިޚުލާޞްތެރިކަމާއި ފަރުވާތެރިކަމާއިއެކު ތިމާއަށް ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް
ކުރުމެވެ.
ނިދުމުގެ ކުރިން ކުރަންޖެހޭ އެންމެ މުހިންމުކަމަކީ ކޮބާ ހެއްޔެވެ؟
ޤުރުއާނާއި ސުންނަތުން ވާރިދުވެފައިވާ ދުޢާތައް ކިޔުމެވެ.
ނިދުމަށް ތައްޔާރު ވުމެވެ.
މާތް ﷲގެ އެއްކައުވަންތަކަމުގެ ދަލީލެއް ބުނެދޭށެވެ!
اقْرَأْ
. قُلْ هُوَ الله أَحَدٌ.
އެންމެ ފަހުގެ ރަސޫލާއަކީ ކޮންބޭކަލެއް ހެއްޔެވެ؟
މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމް
މޫސާ ޢަލައިހިއްސަލާމެވެ.
