NEW
Font size
S
M
L
XL
WorksheetsIslamic View of Knowledge and Civilization - Week 1
Total questions: 17
Worksheet time: 17mins
Name
Class
Date
1.
ކޮންމެ އިންސާނަކުވެސް އޭނާ އުފަންވުމަށްފަހު، ޢިލްމު ހޯދުމުގެ ކަނޑުގައި ފަތަން ފަށަނީ ސުމަކުންނެވެ.
a)
ރަނގަޅު
b)
ނުބައި
2.
މައިންބަފައިން ދަރިންނަށް އަދާކޮށްދޭން ޖެހޭ އެއް ޙައްޤަކީ އެކުދިން _______ މަރުޙަލާއާ ހަމައަށް އައުމުގެ ކުރިން ރަނގަޅު ދީނީ ތަރުބިއްޔަތަކުން ތަރުބިއްޔަތު ދިނުމެވެ.
a)
މުކައްލަފަކަށްވާ
b)
ވާހަކަ ދައްކަން ފަށާ
c)
މުސްކުޅިކަމުގެ
d)
ތަންދޮރު ވަކިކުރަން އެނގޭ
3.
ދަރިންގެ ފުރަތަމަ މަދަރުސާއަކީ:
a)
ނާސަރީ
b)
ގްރޭޑް 1
c)
މުޖުތަމަޢު
d)
މައިންބަފައިން
4.
ދަރިންނަށް ނުބައި ތަރުބިއްޔަތެއް ލިބުމުގައި ޒިންމާވާން ޖެހޭނީ ހަމައެކަނި އެކުދިންގެ މައިންބަފައިންނެވެ.
a)
ރަނގަޅު
b)
ނުބައި
5.
ދީނީ ޢިލްމު ޙާޞިލްކުރުމަކީ ހުކުމަކީ ކޮބާ؟
a)
ވާޖިބެއް
b)
ސުންނަތެއް
c)
ފަރުޟު ޢައިނެއް
d)
ވަކި މިންވަރަކަށް ޙާޞިލްކުރުން ކޮންމެ މީހަކަށްވެސް ވާޖިބު
6.
ފައިދާހުރި ދުނިޔަވީ ޢިލްމު ޙާޞިލްކުރުމުގެ ޙުކުމަކީ ކޮބާ؟
a)
ފަރުޟު ޢައިނެއް
b)
ސުންނަތެއް
c)
ނިޔަތް ރަނގަޅު ނަމަ މުބާޙުކަމެއް
d)
ކިފާޔަތުގެ ފަރުޟެއް
7.
ދުނިޔަވީ ޢިލްމުތައް ޙާޞިލްކުރުމަކީ ދީނުގައި ބާރުއަޅުއްވާފައިވާ ކަމެކޭ ބުނާ ބުނުމަށް ދީނީ ނައްސުތަކުން ދަލީލު ލިބެއެވެ.
a)
ރަނގަޅު
b)
ނުބައި
8.
ދުނިޔަވީ ހުރިހާ ޢިލްމެއް އުނގެނުމަކީ ކިފާޔަތުގެ ފަރުޟެކެވެ.
a)
ރަނގަޅު
b)
ނުބައި
9.
ދުނިޔަވީ ބައެއް ޢިލްމު ޙާޞިލްކުރުމަކީ ބައެއް މީހުންނަށް ބައެއް ޙާލަތުގައި ފަރުޟު ޢައިނެކެވެ.
a)
ރަނގަޅު
b)
ނުބައި
10.
ދީނީ ޢިލްމު ޙާޞިލްކުރުމުން އެއްކޮށް ދުރުވެ، ދުނިޔަވީ ޢިލްމު ޙާޞިލްކުރުން ހުއްދައެއް ނޫނެވެ.
a)
ރަނގަޅު
b)
ނުބައި
11.
ދުނިޔަވީ ޢިލްމު އުނގެނުމަށްވުރެ ދީނީ ޢިލްމުގެ ފައިދާ މާ ބޮޑެވެ.
a)
ރަނގަޅު
b)
ނުބައި
12.
ދީނީ ޢިލްމު ޙާޞިލްކުރުމަކީ ހުކުމަކީ ކޮބާ؟
a)
ކިފާޔަތުގެ ފަރުޟެއް
b)
ޢައިނިއްޔަ ފަރުޟެއް
c)
މަކްރޫހަ ކަމެއް
d)
މުބާޙުކަމެއް
13.
ޢިލްމު ޙާޞިލްކުރުމުގައި ލަދުވެތިވުމަކީ:
a)
ރީތި ސިފައެކެވެ.
b)
(މަދު ޙާލަތްތަކެއްގައި މެނުވީ) ހުރުން އެކަށީގެންވާ ސިފައެއް ނޫނެވެ.
c)
އެއްވެސް މައްސަލައެއް ނޫނެވެ.
d)
ޢިލްމު އިތުރުވާނެ ސަބަބެކެވެ.
14.
އިސްލާމީ އުންމަތަށް ފައިދާހުރި، ބޭނުންތެރި ޢިލްމެއް އެއްވެސް މީހަކު ޙާޞިލުނުކޮށްފިނަމަ:
a)
އެންމެން ފާފަވެރިވާނެ
b)
މުޖުތަމަޢުގެ ބައެއް އަފްރާދުން ފާފަވެރިވާނެ
c)
އެއްވެސް ކަމެއް ނުވާނެ
d)
އެހެން ދާއިރާތަކުން ކިޔެވުމުގެ މުހިންމުކަން ބޮޑުވެގެންދާނެ
15.
ޢިލްމު ޙާޞިލްކުރުމުގެ އެންމެ މުހިންމު އެއް މަޤްޞަދަކަށް ވާން ޖެހޭނީ:
a)
އާމްދަނީ ހޯދުމެވެ.
b)
މުޖުތަމަޢުގެ މުހިންމު ފަރުދަކަށް ވުމެވެ.
c)
ﷲ ގެ ރުއްސެވުން ހޯދުމެވެ.
d)
ކިޔަވައިދޭ މީހަކަށް ވުމެވެ.
16.
ކަޢުބު ބިން މާލިކު ވިދާޅުވެފައިވާ ގޮތުން، އަސްލު ޢިލްމުވެރިންނަކީ އުނގެނިފައިވާ _______ މީހުންނެވެ.
a)
ޢިލްމަށް ޢަމަލުކުރާ
b)
ޢިލްމު އެހެން މީހުންނަށް ފޯރުކޮށްދޭ
c)
ޢިލްމު އިތުރުކުރުމަށް މަސައްކަތްކުރާ
d)
ޢިލްމުން ފައިދާ ހޯދާ
17.
އިންސާނާގެ ޢަމަލުތައް އޭނާ މަރުވުމުން މެދުކެނޑިގެންދޭ. ___________ ފިޔަވައެވެ.
a)
އޭނާގެ ޢިލްމު
b)
ތިނެއްޗަކުން
c)
ދެމިހުންނަނިވި ޞަދަޤާތް
d)
ޞާލިޙު ދަރިން
Reset
