wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޙަދީޘް ޢިލްމު

Total questions: 13

Worksheet time: 7mins

Name
Class
Date
1.

ޙަދީޘް އަކީ

a)

ކީރިތިރަސޫލާ ﷺގެ ބަސްފުޅާއި ޢަމަލުފުޅާއި އިޤުރާރެވެ

b)

ކީރިތިރަސޫލާ ﷺގެ ބަސްފުޅާއި ޢަމަލުފުޅުތަކާއި އެކަލޭގެފާނުގެ ގާތުގައި ހަމެއް ހިނގާތަންފެނި އެކަމެއް މަނާނުކުރައްވާ ކޮންމެ ކަމެކެވެ

c)

ޙަދީޘްގެ ސަނަދާއި މަތުނާއި ގުޅޭ މަޢުލޫމާތު ދެނެގަންނަ ޢިލްމެވެ

2.

ޙަދީޘް ޢިލްމަކީ

a)

ޙަދީޘް ރިވާކުރާ ރާވީންނާއި ގުޅޭ މަޢުލޫމާތު ދެނެގަންނަ ޢިލްމެވެ

b)

ޙަދީޘްގެ މަތުނާއި ގުޅޭ މަޢުލޫމާތު ދެނެގަންނަ ޢިލްމެވެ

c)

ޙަދީޘްގެ ސަނަދާއި މަތުނާއި ގުޅޭ މަޢުލޫމާތު ދެނެގަންނަ ޢިލްމެވެ

3.

ޙަދީޘް ޢިލްމު އުފެދިގެން އައީ

a)

ޙަދީޘް ރިވާކުރުމާއި ފޯރުކޮށްދޭން ފެށުމުންނެވެ

b)

ކީރިތި ރަސޫލާﷺ ރަސޫލުކަމއިގެން ފޮނުއްވުނުމުންނެވެ

c)

ރަސޫލާ ﷺ ސުވަރުގ ވަޑައިގަތުމުގެ މާފަހުންނެވެ

4.

ޙަދީޘް ޢިލްމަށް އެންމެ ފުރަތަމަ ލިޔުއްވީ

a)

އަލްއިމާމު އަބޫ ހަނީފާއެވެ. އެއީ "އަލް ޢުލޫމުލް ހަދީޘް" އެވެ

b)

އިމާމުމާލިކު ލިޔުއްވި "އަލް މުވައްޠާ" އެވެ

c)

އިމާމް ޝާފިޢީ ލިޔުއްވި" އައްރިސާލާ" އެވެ

d)

" އިމާމު އަހުމަދުލިޔުއްވި "އަލް މުސްނަދެވެ

5.

ހަތަރު ޚަލީފާއިންގެ ޒަމާނުގައި ޙަދީޘް ރައްކާތެރިކުރެވުނު ގޮތް

a)

ޙަދީޘް ރައްކާކުރުން ޢާއްމުވެފައި އޮތީ ހިތުން ދަސްކޮށްގެންނާއި ލިޔެގެންނެވެ.

b)

ޙަދީޘް ރައްކާކުރުން ޢާއްމުވެފައި އޮތީ ހިތުން ދަސްކޮށްގެން

c)

އަޞްޙާބު ބޭކަލުން ޙަދީޘްތައް ދެނެގަތުމަށްޓަކައި، އެއް ބޭކަލަކު އަނެއް ބޭކަލަކާ ސުވާލުކުރައްވާ، ދުރު ރަށްރަށަށް ދަތުރުކުރައްވާ އުޅުއްވި

d)

ޙަދީޘްތައް ޖަމާކުރަމުން އައީ ލިޔެގެންނެވެ

6.

ރަސޫލާ ޞައްލަﷲގެ ދުވަސްވަރު ޙަދީޘް ޢިލްމު އޮތްގޮތް

a)

ޞަޙާބީ ބޭކަލުން ޙަދީޘް ލިޔުއްވަމުން ގެންދެވިއެވެ

b)

މަދުބައެއް ޞަޙާބީ ބޭކަލުން ޙަދީޘް ލިޔުއްވަމުން ގެންދެވިއެވެ

c)

އެކަލޭގެފާނާ ސުވާލުކުރައްވައިގެންނާއި، އެކަލޭގެފާނު ޢަމަލުކުރައްވާގޮތް ބައްލަވައިގެން ދީނުގެ ކަންކަން އޮޅުންފިލުއްވައި ދަސްކުރެއްވުމަށްފަހު، އެވެ

7.

ތާބިޢީންގެ ދުވަސްވަރުޙަދީޘް ޢިލްމު އޮތްގޮތަކީ

a)

ޙަދީޘް ބާބުތަކަށްވާގޮތަށް ތަރުތީބުން ލިޔުއްވަން ފެއްޓެވުނެވެ

b)

ޙަދީޘްގެ އިތުރު ފޮތްތައް ލިޔުއްވަމުން ގެންދެވިއެވެ

c)

ޙަދީޘް ދަސްކުރުމާއި ލިޔުން ހަރުދަނާވެ ފެތުރިގެން ދިޔަ، ޙަދީޘް އަޑުއެހުން ޢާއްމުވެ، ޙަދީޘް ރިވާކުރުން ފެތުރެން ފެށިއެވެ

8.

ހިޖުރައިން ތިންވަނަ ޤަރުނު

a)

ޙަދީޘްތަކުގެ ރާވީންނާބެހޭ މަޢުލޫމާތުތައް ފޮތްތަކަށް ޖަމާކުރެވުން ފެށުނު

b)

ޙަދީޘްގެ ޝަރަހަތައް ލިޔަންފެށުނުން

c)

ފަތްފުއްތަކުގައި ޙަދީޘް ލިޔުން ޢާމުވެގެންދިޔަ

d)

ޞައްޙަ ޙަދީޘާއި ޟަޢީފު ޙަދީޘް ބަޔާންކުރަން ފެށުނު،

9.

އިމާމް މުޙައްމަދު ބުން އިސްމާޢީލުލް ބުޚާރީ، އިމާމް މުސްލިމް ބުން ޙައްޖާޖު އަންނައިސާބޫރީ، އިމާމް މުސްލިމް ބުން ޙައްޖާޖު އަންނައިސާބޫރީ، އަބޫ ދާވުދު ސުލައިމާން ބުން އަޝްޢަޘް އައްސިޖިސްތާނީ،މުޙައްމަދު ބުން ޢީސާ އައްތިރުމިޛީ، އަޙްމަދު ބުން ޝުޢައިބު އަންނަސާއީ، ފަދަ ޙަދީޘް ޢިލްމުވެރިންނަކީ

a)

ހިޖުރައިން 1 ވަނަ ޤަރުނުގެ މައްޝޫރު ޙަދީޘް ޢިލްމުވެރިންނެވެ.

b)

ޙިޖުރައިން2 ވަނަ ޤަރުނުގެ މައްޝޫރު ޙަދީޘް ޢިލްމުވެރިންނެވެ.

c)

ޙިޖުރައިން3 ވަނަ ޤަރުނުގެ މައްޝޫރު ޙަދީޘް ޢިލްމުވެރިންނެވެ

d)

ޙިޖުރައިން4 ވަނަ ޤަރުނުގެ މައްޝޫރު ޙަދީޘް ޢިލްމުވެރިންނެވެ

10.

ޙަދީޘް ޢިލްމުގެ ރަންޒަމާނަކީ

a)

ޙިޖުރައިން 4ވަނަ ޤަރުނެވެ

b)

ޙިޖުރައިން 3ވަނަ ޤަރުނެވެ

c)

ޙިޖުރައިން 2ވަނަ ޤަރުނެވެ

d)

ޙިޖުރައިން 1ވަނަ ޤަރުނެވެ

11.

ޙަދީޘްލިޔެ ރައްކާތެރިކުރުމުގައި މުސްލިމުން ގެންގުޅުނު ޢިލްމީ ޢާންމު މަންހަޖަކީ

a)

ޙަދީޘް ޢިލްމު އުނގެނޭ އަދި އުނގަންނައިދޭ މީހެއްގެ ކިބައިގައި ވަކި ސިފަތަކެއް ހުންނަންޖެހުން

b)

ކޮންމެ ޙަދީޘް ޢިލްމުވެރިއަކު ވެސް ގެންގުޅުއްވާ އެ ބޭކަލެއްގެ އަމިއްލަ އުޞޫލުގެންގުޅުއްވުން

c)

ޙަދީޘް ލިޔުމުގައި ވަކި އުޞޫލުތަކެއް ގެންގުޅުން

d)

ޙަދީޘް ލިބިގަތުމުގައްޔާއި އަނެކުންނަށް ފޯރުކޮށްދިނުމުގައި ވަކި ގޮތަކަށް ޢަމަލުކުރުން

12.

ޙަދީޘް ލިޔުއްވުމުގައި ޢިލްމުވެރިންގެ ޚާއްޞަ މަންހަޖުގެތެރޭގައި

a)

ޙަދީޘް ލިޔުމުގައި ވަކި އުޞޫލުތަކެއް ގެންގުޅުން

b)

ޙަދީޘް ލިބިގަތުމުގައްޔާއި އަނެކުންނަށް ފޯރުކޮށްދިނުމުގައި ވަކި ގޮތަކަށް ޢަމަލުކުރުން

c)

ޢާއްމު މަންހަޖުގެ އިތުރުން، ކޮންމެ ޙަދީޘް ޢިލްމުވެރިއަކު ވެސް ގެންގުޅުއްވާ އެ ބޭކަލެއްގެ އަމިއްލަ އުޞޫލުތައް

13.

ޙިޖުރައިން 2 ވަނަ ޤަރުނު ޙަދީޘް އިލްމަށް އައި ކުރިއެރުމަކީ

a)

ޙަދީޘް ބާބުތަކަށްވާގޮތަށް ތަރުތީބުން ލިޔުއްވަން ފެއްޓެވުނެވެ

b)

ޙަދީޘްގެ އިތުރު ފޮތްތައް ލިޔުއްވަމުން ގެންދެވިއެވެ

c)

ޙަދީޘް ދަސްކުރުމާއި ލިޔުން ހަރުދަނާވެ ފެތުރިގެން ދިޔަ، ޙަދީޘް އަޑުއެހުން ޢާއްމުވެ، ޙަދީޘް ރިވާކުރުން ފެތުރެން ފެށިއެވެ