NEW
Font size
Worksheetsގްރޭޑް10 ޢަޤީދާ 3
Total questions: 10
Worksheet time: 5mins
އާޚިރަތް ދުވަހަށް އީމާންވުމުގެ ގޮތުން ޞައްޙަގޮތުން ސާބިތުވެފައިވާ ކަންތައްތަކުގެ ތެރޭގައި
ކަންފަތްދިގު މީހުން ނިކުތުން ހިމެނެއެވެ
ޤަބުރުގެ ޢަޛާބާއި ޘަވާބު ލިބުން ހިމެނެއެވެ
މިނިކާރާއްޖެއިން ބަޔަކު ފާޅުވުން ހިމެނެއެވެ
ޗައިނާގައި އާދަޔާއި ޚިލާފަށް މީހުންގިނަވުން ހިމެނެއެވެ
މަރުވުމާއެކު ކޮންމެ މީހަކުވެސް އޮންނާނީ
ސަންދޯކެއްގެ ތެރޭގައެވެ
ޞިރާޠުމަގޭ ކިޔާމަގެއްގައެވެ
ގަންގާކޯރުގައެވެ
ބަރުޒަޚުގެ ޢާލަމޭ ކިޔޭ ދުނިޔޭގައެވެ.
ތާޅަފިލި ފުމެލައްވާނީ ހުކުރުދުވަހެއްގައެވެ. ތާޅަފިލި ފުމެލައްވާ މަލާއިކަތަކީ
މަލަކަލްމައުތު ޢަލައިހިއްސަލާމެވެ.
ޖިބުރީލް ޢަލައިހިއްސަލާމެވެ.
އިސްރާފީލް ޢަލައިހިއްސަލާމެވެ.
މީކާއީލް ޢަލައިހިއްސަލާމެވެ.
- ދެފަހަރު ތާޅަފިލި ފުމެލައްވާނެއެވެ. ފުރަތަމަ ފަހަރު ފުމެލެއްވުމުން އެންމެން މަރުވެފަނާވެގެން ދާނެއެވެ. ދެވަނަ ފަހަރަށް ފުމެލެއްވުމުން
އެންމެހާ މީސްތަކުންގެ ކަށިތައް ޖަމާވާނެއެވެ
އެންމެން ދިރިގެން ތެދުވެ މަޙްޝަރުބިމަށް ޖަމާވާނެއެވެ
އެންމެހާ މަޚްލޫޤުންގެ ކަށިތަކުގައި މަސްލެވޭނެއެވެ
ހުނޅަގު ފަރާތުން އިރުއަރައި، ދައްޖާލުފާޅުވާނެއެވެ.
އަނެކާއަށް މަންފާއެއް ހޯދައިދިނުމުގެގޮތުން ނުވަތަ ގެއްލުމަކުން ސަލާމަތްކުރުމުގެ ގޮތުން މަސައްކަތް ކުރުމަކީ
ބަހުގެގޮތުން ޝަފާޢަތްތެރިވުން
އިޞްޠިލާޙުގައި ޝަފާޢަތްތެރިވުން
ޢަމަލީ މާނާގައި ޝަފާޢަތްތެރިވުން
ޝަފާޢަތުލް ކުބުރާގެ މާނަ
ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޚާއްޞަ ޝަފާޢަތުގެ ތެރޭގައި
ޢަބްދުލް މުއްޠަލިބުގެފާނަށް ޢަޛާބު ލުއިކޮށްދެއްވުމަށް ދެންނެވުން ހިމެނެއެވެ
އަބޫލަހަބަށް ޢަޛާބު ލުއިކޮށްދެއްވުމަށް ދެންނެވުން ހިމެނެއެވެ
އަބޫޠަލިބުގެފާނަށް ޢަޛާބު ލުއިކޮށްދެއްވުމަށް ދެންނެވުން ހިމެނެއެވެ
އަބޫޖަހުލަށް ޢަޛާބު ލުއިކޮށްދެއްވުމަށް ދެންނެވުން ހިމެނެއެވެ
ދުނިޔެ މަތީގައި ކާފިރުންކުރި ހެޔޮޢަމަލުތަކަށް އާޚިރަތްދުވަހުން
ިސާބުބައްލަވާ ހެޔޮޖަޒާދެއްވާނެއެތެވެ
ހިސާބުބައްލަވާ ނުބައި ޖަޒާދެއްވާނެތެވެ.
ޢަދުލުވެރިކަމާއެކު އެއަށް މަންފާލިބޭނެއެވެ
- އެއްވެސް މަންފާއެއް ނުލިބޭނެއެވެ.
ޙައުޟުގެ ފެންއާރުން ފެންބޮއިފިމީހަކު
ދުވަހަކުވެސް ކަރެއް ނުހިއްކާނެއެވެ
ިސާބުބެއްލެވުމެއްނެތެވެ.
ނަރަކައަށް ވަންނާނެއެވެ
- ފަންސާސް ހާސް އަހަރު ކޮޅަށް ހުންނަން ޖެހޭނެއެވެ
ޞިރާޠުމަގު ހުރަސްކުރާނީ ހަމައެކަނި މުއުމިންނެވެ. މުޝްރިކުން ޞިރާޠުމަގާއި ހަމައަށް ދިއުމުގެ ކުރިނ
އަލުން މަރުގަންނަވާ ނެތިކޮށްލައްވާނެއެވެ
އެމީހުން ނުވެސް ދިރުއްވާނެއެވެ
ނަރަކައަށް އެއްލާލެވޭނެއެވެ.
ިބޭނީ ދުނިޔެމަތީގައެވެ.
މީސްތަކުން މަޙްޝަރު ކުރެވޭނީ އޮރިޔާން ޙާލުގައެއެވެ. އެއަށްފަހު ޢަމަލުތަކައި އެކަށީގެންވާ ގޮތަށް ހެދުންލެއްވޭހުއްޓެވެ. އެނެމފުރަތަމަ ހެދުން ލެއްވޭނީ
އާދަމް ޢަލައިހއްސަލަމްގެ ގައިކޮޅުގައެވެ.
ޢީސާ ޢަލައިހއްސަލަމްގެ ގައިކޮޅުގައެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގައިކޮޅުގައެވެ
އިބްރާހީމް ޢަލައިހއްސަލަމްގެ ގައިކޮޅުގައެވެ.
