wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޝަރީޢަތުގެ މަޤުޞަދު ތައް

Total questions: 9

Worksheet time: 7mins

Name
Class
Date
1.

އިސްލާމްދީނުގައި ޢަމަލީ ޙުކުމްތައް ޝަރުޢުކުރެވިފައިވަނީ މައިގަނޑު 5 ކަމެއް ރައްކާތެރިކުރުމުގެ މަޤްޞަދުގައި އޭގެތެރޭގައި ހިމެނޭ 4 ކަމަކީ

a)

ނަސަބު

b)

މުދާ

c)

ފުރާނަ

d)

ދީން

e)

ޤައުމު

2.

ދީން ޙިމާޔަތްކުރުމުގެ މުރާދަކީ

a)

މާތްﷲ ބާވައިލެއްވި ދީންތަކެވެ

b)

އެބަޔަކު އުޅޭ ދީނެކެވެ

c)

އިސްލާމްދީނެވެ

3.

އިސްލާމްދީނުގައި ޢަމަލީ ޙުކުމްތައް ޝަރުޢުކުރެވިފައިވަނީ މައިގަނޑު 5 ކަމެއް ރައްކާތެރިކުރުމުގެ މަޤްޞަދުގައި އޭގެތެރޭގައި

a)

ބުއްދި ހިމެނެއެވެ

b)

ވަޠަން ހިމެނެއެވެ

4.

ދީން ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެތެރޭގައި ހިމެނޭ 3 ކަމަކީ

a)

ދީނާ ޚިލާފު ވާހަކަތަކަށް ރައްދުދިނުން

b)

ދީނަށް ޢަމަލުކުރުން

c)

އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރުން

d)

ފަސްވަޤުތު ނަމަދުކުރުން

e)

ދީނީ ކަންކަން އުގެނި ދަސްކުރުން

5.

ބުއްދި ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގައި ލައްވާފައިވާ ކަންތައްތަކުގެ ތެރެއިން 2 ކަމަކީ

a)

ބުއްދިއަށް ގެއްލުން ލިބޭ ނޭއްގާނީ ސިފަތަކުން ދުރުހެލިވުމަށް އެންގެވުން

b)

މޮޔައިންނަށް ފަރުވާކުރުން

c)

ބަނގުރާއާއި މަސްތުވާތަކެއްޗަކީ ޙަރާމް އެއްޗެއްކަމުގައި ލެއްވުން

d)

ވިސްކުންތޫނުވާފަދަ ގޭމްތަކައި ކުޅިވަރުތައް ކުޅުން

6.

ނަފްސު ރައްކާތެރިކުރުމަށްޓަކައި ދީނުގައި ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެތެރެއިން 3 ކަމަކީ

a)

ހަނގުރާމަތަކުގައިވެސް މީހުން ނުމެރުމަށް އެންގެވުން

b)

ޙައްޤަކާއިނުލައި އެއްވެސް ނަފްސެއް ޤަތުލުކުރުން ޙަރާމްކުރެއްވުން

c)

ޤިޞާޞް ހިފުން ޝަރުޢު ކުރެއްވުން

d)

ނަފްސު ރައްކާތެރިކުރުމަކީ ވާޖިބެއްކަމުގައި ލެއްވުން

7.

ނަސްލު ރައްކާތެރިކުރުމުގެ މުރާދަކީ

a)

އެނަލެއްގެ ބަޔަކު އެނަސްލެއްގެ ބަޔަކާއި ކައިވެނިކޮށް ނަސްލު އޮޅުންބޮޅުން ވިޔަ ނުދިނުން

b)

ދުނިޔޭގައިވާ ތަފާތުނަސްލުތައް އިތުރުވެފެތުރިގެން ދިޔުން

c)

ނަސަބު އޮޅުމެއްނެތި އިންސާނީ ނަސްލު ދެމިގެންދާ ގޮތަށް، މީސްތަކުންގެ ދިރިއުޅުން ބިނާކުރުން

8.

ނަސްލު ރައްކާތެރިކުރުމަށްޓަކައި ޝަރުޢުކުރައްވާފައިވާ ކަންތައްތަކުގެތެރެއިން 3 ކަމަކީ

a)

ޒިނޭއަށް މަގުފަހިވެދާނެ ކަންކަމުން ދުރުހެލިވުމަށް އެންގެވުން

b)

ކައިވެނިކުރުން ޝަރުޢު ކުރައްވާފައިވުމާއި، އެ ކަމަށް ބާރުއެޅުއްވުން

c)

ޒިނޭކުރުން ޙަރާމް ކުރައްވައި، އެއީ ބޮޑު ފާފައެއްކަމުގައި ލެއްވުން

d)

ކައިވެނި ކުރުމުގައި ވޭހާވެސް ދުރުން ކައިވެނިކުރުމަށް ބާރު އެޅުއްވުން

9.

ބަނޑަށްޖެހި މީހާގެ ފުރާނަ ހިގައިދާނޭ ކަމަށް އިޙުޞާސް ވީމައި ވައްކަންކުރުން ހުއްދަކަން އަޙުމަދަށް އެނގެއެވެ . ވީމާ މިފަދަ ޙާލަތެއް އަޙުމަދަށް ދިމާވުމުން މީހެއްގެ ރުކަކުން 4 ކުރުބައި އަޅައިގެން ވަގަށް ބޮއެ ބަޑުބޮޑުކޮށްލައިފިއެވެ މިކަމުގެ ޙުކުމަކީ

a)

ޙަރާމް ސަބަބަކީ މީނާ ކުރުބައި ބޮއިލެއްގިނަކަން

މިފަދަ ހާލަތުގައި ހުއްދަވާނީ ބަޑުދުރަނަ މުއްތިވާވަރުން ކަމަށްވާތީ

b)

ހުއްދަ: ސަބަބަކީ ބަނޑަށް މަދުވެދާނޭ ކަމުގެ އިޙުސާސްވުން

c)

ޙަރާމް : ސަބަބަކީ ވައްކަންކުރުމަކީ ޙަރާމް ކަމަކަށް ވުމެވެ