Font size
Worksheetsމުސްލިމުން ކާފަރުކުރުން
Total questions: 8
Worksheet time: 6mins
މުސްލިމަކު ކާފިރުކުރުމަކީ
ފާސިޤަކަށް ނިސްބަތްކޮށް އޭނާއީ ކާފިރަކު ކަމުގައި ބުނުން
ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މީހަކާއި ދިމާއަށް، އޭނާއީ އިސްލާމްދީނުން ބޭރުވެފައިވާ މީހެއްކަމުގައި ބުނުން
ކާފަރަކަށް ނިސްބަތްކޮށް އޭނާއީ ކާފިރަކު ކަމުގައި ބުނުން
ބޭރުފުށުން އެއީ މުސްލިމެކޭ ބުނެވޭބަހުގެ މާނަޔަކީ
ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މީހުންނަކީ، އޭނާގެ މަންއިންބަފައިންނަކީ މުސްލިމުންނަވުމާއި، މުސްލިމް ނަމެކިޔުމާއި، މުސްލިމުޤައުމެއްގައި އުޅުން
ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މީހުންނަކީ، މުސްލިމުންނަށް ތާޢީދުކުރާ މުސްލިމުޤައުމެއްގައި އުޅޭމީހުން
ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މީހުންނަކީ، ޝަހާދަތުގެ ދެކަލިމަ ކިޔައި، ނަމާދުކޮށް، ޒަކާތްދީ، ރޯދަހިފުންފަދަ އަޅުކަންތައް ކޮށް އުޅޭތީ
މުސްލިމަކު ކާފިރުކުރުން ހުއްދަ ހާލަތް
އޭނާގެ ނަންބަދަލުކޮށް އެހެންދީނެއްގެ މީހުންކިޔާކަހަލަނަންކިޔުމާއި، މުސްލިމުޤައުމަކުން ކާފަރުޤައުމަކަށް ދިރިއުޅުން ބަދަލުކުރުމުން
މާތްﷲ ހަރާމްކުރެއްވި ބޮޑެތިފާފަތަކަށް ތަކުރާރުކޮށް އަރައިގަންނަ ނަމަ
ދީނުން ބޭރުވާފަދަ ކުފުރުގެ ޢަމަލަކަށް އަރައިގެންނަމަ
ކާފިރުކަމުގެ ޙުކުމް ޖެހުމުގެ ޝަރުތުތައް ފުރިހަމަވެފައިވާ، އަދި އެ ޙުކުމް ޖެހުން މަނާ ކުރާނެ އެއްވެސް ހާލަތެއް ނެތުން
އޭނާ ވަރަށް ރަނގަޅަށް ތަޚްޤީގުނުކޮށް އެއްވެސް އެއްޗެއް ނުބުނެވޭނެއެވެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ނުބުނެވޭނެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ބުނެވޭނެ
ކާފިރުކަމުގެ ޙުކުމް ޖެހުން މަނާކުރާނޭ ކަމެއް އޮތް ހާލަތެވެ.
އޭނާ ވަރަށް ރަނގަޅަށް ތަޚްޤީގުނުކޮށް އެއްވެސް އެއްޗެއް ނުބުނެވޭނެއެވެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ނުބުނެވޭނެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ބުނެވޭނެ
ކުުފުރުގެ އެ ޢަމަލުގެ ބާވަތުން އިތުރަށް ބަލައި އޮޅުންފިލުވަން ޖެހޭ ކަންތައްތަކެއް ހުންނަ ހާލަތެވ
މި ހާލަތުގައި، އެ މުސްލިމު މީހާގެ ކަންކަން ދިރާސާކޮށް، އޭނާ ކާފިރު ވާނޭކަން ރަނގަޅަށް ކަށަވަރު ކުރުމުގެ ކުރިން، އޭނާއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ބުނުން ހުއްދަވެގެން ނުވެއެވެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ނުބުނެވޭނެ
މިހާލަތުގައި އެއީ މުރުތައްދުވެފައިވާ ކާފިރަކު ކަމުގައި ބުނެވޭނެ
"މީހަކު އޭނާގެ އަޚާއާއި ދިމާއަށް، އޭ ކާފިރު މީހާއޭ ބުނެފިނަމަ، އެބަސް އެތަނުން އެކަކަށް ރައްދުވާނެތެވެ."
މިޙަދީޘުން ދޭހަވަނީ
އަޚާއަކީ ކާފަރެއް ނަަަމަވެސް ކާފަރެކޭ ނުބުނެވޭނޭކަމެވެ
އެބަސް އެތަނުން އެކަކަށް ރައްދުވާނެކަމެވެ
މުސްލިމަކާއި ދިމާއަށް ކާފަރެކޭބުނުމުގެ ނުބައިކަމެވެ
ހައްގަކާއި ނުލައި މުސްލިމަކު ކާފިރުކުރުމުން ލިބޭ 3 ގެއްލުން
ޢާއިލީ ގުޅުމަށް ބުރޫ އެރުން
ކާފަރުން އިތުރުވެ މުސްލިމުން މަދުވުން
ހައްގަކާއި ނުލައި މީހަކު ކާފިރުކުރުމުން ކާފަރުކުރާ މީހާއަށް އެކަމުގެ ފާފަ ލިބުން
މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ފިތުނަ ފަސާދަ އުފެދުން
