wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޤިޞާޞް

Total questions: 11

Worksheet time: 11mins

Name
Class
Date
1.

ޤިޞާޞް ގެ ލުޣަވީ މާނަޔަކީ

a)

އެއްޗަކުން ޖެހުމެވެ

b)

އެއްޗެއްގެ އަޘަރަށް ތަބާވުން

c)

އެއްޗެއް އެލުމެވެ

2.

އިޞްތިލާހީ ގޮތުން ޤިޞާޞް އަކީ

a)

ޖިނާއީ ޢަމަލެއް ހިންގި މީހާ ކުރި ޢަމަލާ އެކަށީގެންވާ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާމެދު ހިންގުން

b)

ޖިނާއީ ޢަމަލެއް ހިންގި މީހާ ކުރި ޢަމަލާ ގުޅޭކަހަލަ އަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާމެދު ހިންގުން

c)

ޖިނާއީ ޢަމަލެއް ހިންގި މީހާ ކުރި ޢަމަލާ އެއްފަދަ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާމެދު ހިންގުން

3.

މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ.

މިއާޔަތުން ދޭހަވާ 2 ކަމަކީ

a)

ޤިޞާޞްހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިކަމެވެ

b)

ޤިޞާޞް ހިފުން ހާކިމާއަށް މަޢާފް ނުކުރެވޭނޭކަން

c)

ޙައްޤަކާނުލައި މީހަކު ޤަޠުލުކުރުމުގެ ނުބައިކަން

d)

ނަފްސު ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާކަން

4.

މާނައީ: "އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހްލުވެރިންނޭވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ މިއާޔަތުން ދޭހަވާ 2ކަމެއް ބުނެދީ

a)

ޤިޞާޞްހިފުމުގެ މުހިއްމުކަން

b)

ޤިޞާޞް ހިފުމުން މުޖުތަމަޢަށް ހަމަޖެހުން ލިބޭނޭ ކަމުގައެވެ

c)

ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ

5.

ޤިޞާޞްގެ ޝަރުއުކުރެއްވުމުގެ 3 ހިކުމަތް

a)

ޙައްޤު އަދަބު ލިބެންވީ މީހާއަށް ޙައްޤު އަދަބު ނުލިބުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އުފެދޭ ތަޅާފޮޅުންތައް މަދުވުން

b)

މަޤްތޫލުގެ ވާރިޘުންނަށް، އެބައިމީހުންގެ ޙައްޤު ލިބިއްޖެކަމުގެ އިޙްސާސްކުރެވި، ހިތުގައި އުފެދިފައިވާ ރުޅިވެރިކަން ކޮންޓްރޯލްވުން

c)

ޤިޞާޞްގެ ޢުޤޫބާތް ތަންފީޒުކުރެވެން ފެށުމުން، ޤިޞާޞް ވާޖިބުވާފަދަ ޢަމަލުތައް ހިންގާ މީހުން އެފަދަ ކަންކަމާ ދުރުވުން

d)

ވައްކަމާއި ދޮގުހެދުމާއި މިފަދަ ނުބައިކަންކަމުން މުޖުތަމަޢު ސަލާތްވުން

6.

ޤަތުލުގެ މައްސަލަތަކުގައި ޤިޞާޞް ވާޖިބުވުމުގެ ޝަރުޠުތަކުން ޤާޠިލްގެ ގައިގައި ހުރުން ލާޒިމް 2 ޝަރުޠަކީ

a)

ޤާތިލަކީ މަޤްތޫލުގެ އަޞްލެއްކަމުގައި ނުވުން

b)

ޤާތިލަކީ މުސްލިމެއްކަުގައިވުމާއި މިނިވަނެއްކަމުގައިވުން

c)

ޤާތިލަކީ ބާލިޣުވެ ބުއްދި ސަލާމަތުންހުރި ފުރިހަމަ އިޚްތިޔާރު ލިބިގެންވާ މީހެއް ކަމުގައިވުން

7.

ޤަތުލުގެ މައްސަލަތަކުގައި ޤިޞާޞް ވާޖިބުވުމުގެ ޝަރުޠުތަކުން މަޤުތޫލުގެ ޝަރުޠުތައް އެކުލެވޭ ދެބަޔަކީ

a)

މަޤްތޫލަކީ މުސްލިމެއްކަމުގައިވުން

b)

މަޤްތޫލަކީ ލޭ ޙުރުމަތްތެރިވެގެންވާ މީހެއްކަމުގައިވުން

c)

މުޤުތޫލަކީ ބާލިޣުވެ ބުއްދި ސަލާމަތުންހުރި މީހެއް ކަމުގައިވުން

8.

ޤިޞާޞް ޘާބިތުވާ ދެގޮތަކީ

a)

ވީޑިޔޯއާއި އޯޑިޔޯ ހުރުން

b)

ހެކިންގެ ހެކިބަސް ލިބުން

c)

ޖިނާއީ ކުށެއް ކުރިކަމަށް އިޢުތިރާފުވުން

9.

ޤިޞާޞް ހިފުމަށް އެދުމުގެ ޙައްޤު ލިބިގެންވަނީ

a)

އެމުޖުތަމައެއްގައި އުޅޭ ކޮންމެމީހަކަށް

b)

މަޤުޠޫލްގެ ވާރިސުންނަށް

c)

ދަޢުލަތަށް

10.

ޤިޞާޞްގެ ޙުކުމް އުވިގެންދާނެ. އަދި ދިޔަ ދިނުން ވާޖިބުވާނީ

a)

ގިނަ ވާރިޘުންވެސް ޤިޞާޞް މަޢާފުކޮފިނަމަ

b)

އެންމެ ވާރިޘަކުވެސް ޤިޞާޞް މަޢާފުކޮފިނަމަ

c)

ހުރިހާ ވާރިޘުންވެސް ޤިޞާޞް މަޢާފުކޮފިނަމަ

11.

މަޤްތޫލުގެ ވަލީވެރިން އެދޭ ގޮތަކީ ކޮބައިތޯ ބަލައި ޤިޞާޞްގެ ޙުކުމް ތަންފީޒުކުރުމަކީ

a)

ޙާކިމާގެ ޒިންމާއެއް

b)

މުޖުތަމަޢުގެ ކޮންމެ މީހެއްގެ ޒިންމާއެއް

c)

މަޤުޠޫލުންގެ ޒިންމާއެެއް