wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ވުޟޫ، ތަޔަންމުމް،ހުއްފް،ޖަބީރާ

Total questions: 13

Worksheet time: 14mins

Name
Class
Date
1.

ވުޟޫގެ ލުޣަވީ މާނައަކީ (ޢަރަބިބަހުގައިވުޟޫގެ މާނައަކީ )

a)

ނިޔަތަކާއެކު ޚާއްޞަވެގެންވާ ގުނަވަންތަކެއް ދޮވެލުމެވ

b)

މާތްކަމާއި ރަނގަޅުކަމެވެ

c)

ވުޟޫގެ މާނައީ، އަލިކަމާ އުޖާލާކަމެވެ

2.

ސަރުޢީ އިސްޠިލާހުގައި ވުޟޫއަކީ

a)

ނިޔަތަކާއެކު ޚާއްޞަވެގެންވާ ގުނަވަންތަކެއް ފެނުން ދޮވެލުމެެވެ

b)

މާތްކަމާއި ރަނގަޅުކަމެވެ

c)

ވުޟޫގެ މާނައީ، އަލިކަމާ އުޖާލާކަމެވެ

3.

ވުޟޫގެ ތަރުތީބަކީ

a)

ނިޔަތްގަނެ ދެއަތްދޮންނާނީއެވެ. ދެން އަނގަޔާނޭފަތަށް ފެންލާ މޫނުގައި ފެން ލާނީއެވެ. ދެން ދެއަތް ތެއުޅަނބޮއްޓާއެކު ދޮވެލާނީއެވެ. އެއައަށްފަހު ބޮލާއި ކަންފަތުގައި ފެންފުހެ ދެފައިދޮންނާނީއެވެ .ދެން ވުޟޫދުޢާކިޔާނީއެވެ

b)

ފުރަތަމަ ނިޔަތްގަންނާނީ އެވެ. ދެން ދެފައިތިލަދޮންނާނީއެވެ. ދެން ދެއަތްދޮންނާނީއެވެ. ދެން އަނގަޔާނޭފަތަށް ފެންލާ މޫނުގައި ފެން ލާނީއެވެ. ދެން ދެއަތް ތެއުޅަނބޮއްޓާއެކު ދޮވެލާނީއެވެ. އެއައަށްފަހު ބޮލާއި ކަންފަތުގައި ފެންފުހެ ވުޟޫދުޢާކިޔާނީއެވެ

c)

ނިޔަތްގަނެ ދެއަތްދޮންނާނީއެވެ. ދެން އަނގަޔާނޭފަތަށް ފެންލާ މޫނުގައި ފެން ލާނީއެވެ. އެއައަށްފަހު ބޮލާއި ކަންފަތުގައި ފެންފުހެ ދެން ދެއަތް ތެއުޅަނބޮއްޓާއެކު ދޮވެލާނީއެވެ. ދެން ދެފައިދޮންނާނީއެވެ . ދެން ވުޟޫދުޢާކިޔާނީއެވެ

4.

ވުޟޫގެ ފަރުޟުތަކަކީ

a)

ނިތަތްގަތުން، މޫނުދޮވުން، ދެއަތްދެއުޅަނބޮއްޓާއެކު ދޮވުން ،ބޮލުގައިފެންފުހުން، ދެފައިތިލަ ދެތަނބިކައްޓާއިއެކު ދޮވުން ، ތަރުތީބުން ކުރުން

b)

ނިޔަތްގަތުން ، އަނގަޔާނޭފަތަށް ފެންލުން، މޫނު ދޮވުން ، ދެއަތް ދެއުޅަނބޮށިކަށްޓާއެކު ދޮވުން ، ބޮލުގައި ފެންފުހުން، ދެފައިތިލަ ދެތަނބިކަށްޓާއެކު ދޮވުން ، އިސްވެދިޔަ ހުރިހާ ކަމެއް ތަރުތީބުން ކުރުން

c)

ނިތަތްގަތުން، މޫނުދޮވުން، ދެއަތްދެއުޅަނބޮއްޓާއެކު ދޮވުން ،ބޮލުގައިފެންފުހުން، ދެފައިތިލަ ދެތަނބިކައްޓާއިއެކު ދޮވުން ، ތަރުތީބުން ކުރުން، ވުޟޫދުޢާކުރުން

5.

ތަޔަންމުމްކުމަކީ

a)

ގުނަވަނެއް ބިނދިގެން އަޅާފައި އޮންނަ ބޭސްގަ ނޑެވެ. ބެންޑޭޖް ނުވަތަ މަލަން ފަދަ ތަކެތި މަތީގައި ވެލިން ފުހުމެވެ

b)

ފަޔަށް ލެއްވުމަށްޓަކައި ޖަނަވާރުގެ ހަމުން ހަދާފައިވާ، ދެ ތަނބިކަށްޓާއެކު ފައިތިލަ ނިވައިވާ ގޮތަށް ހުންނަ އެއްޗެހީ ގެމަތީގައި ފެންފުހުމެވެ

c)

ނަމާދު ނުވަތަ އެފަދަ އެހެން އަޅުކަމެއް ކުރުމަށްޓަކައި ވަކި ޚާއްޞަ ޝަރުޠުތަކަކާއެކު މޫނާއި ދެއަތުގައި ވެލި ފުހުމެވެ

6.

ތަޔަންމުމްކުރާނޭ ގޮތަކީ

a)

އެންމެ ފުރަތަމަ ނަމާދުވަގުތުވަނުމުން ހިރަފުންހުރި ސާފުތާހިރުވެލީގައި އަތްޖަހައި ވާއަކުން ކަނާއަތުގެ މަތީގައި ފުހެ ކަނާއަތުން ވާތުގެ މަތީގައި ފޮހެލާނީއެވެ. ދެން މޫނުގައި ދެއަތްއުގުޅައި ދެން ދެފައިގައި އުނގުޅާނީއެވެ

b)

އެންމެ ފުރަތަމަ ނަމާދުވަގުތުވަނުމުން ނިޔަތްގަނެ ހިރަފުންހުރި ނަޖިސްނެތް ވެލީގައި އަތްޖަހައި ދެންމޫނުގައި ދެއަތްއުގުޅައި ވާއަކުން ކަނާއަތުގެ މަތީގައި ފުހެ ކަނާއަތުން ވާތުގެ މަތީގައި ފޮހެލާނީއެވެ

c)

އެންމެ ފުރަތަމަ ނަމާދުވަގުތުވަނުމުން ހިރަފުންހުރި ސާފުތާހިރުވެލީގައި އަތްޖަހައި ދެންމޫނުގައި ދެއަތްއުގުޅައި ވާއަކުން ކަނާއަތުގެ މަތީގައި ފުހެ ކަނާއަތުން ވާތުގެ މަތީގައި ފޮހެލާނީއެވެ. ދެން ދެފައިގައި އުނގުޅާނީއެވެ

7.

ޚުއްފު އަކީ

a)

ފަޔަށް ލެއްވުމަށްޓަކައި ޖަނަވާރުގެ ހަމުން ހަދާފައިވާ، ދެ ތަނބިކަށްޓާއެކު ފައިތިލަ ނިވައިވާ ގޮތަށް ހުންނަ އެއްޗެކެވެ

b)

ގުނަވަނެއް ބިނދިގެން އަޅާފައި އޮންނަ ބޭސްގަނޑު ފަދަ ތަކެއްވެވެ

c)

އަތަށް ލައްވާފައިވާ އަންގިފަދަ ތަކެއްޗެވެ

8.

ހުއްފުގައި ފެންފުހުމަކީ

a)

ވުޟޫކުރާއިރު ދެފައި ތިލަ ދޮވުމުގެ ބަދަލުގައި ހުއްފުވަށައިގެން ދަށާއެކު ފެން އުގުޅާލާނީއެވެ

b)

ވުޟޫކުރާއިރު ދެފައި ތިލަ ދޮވުމުގެ ބަދަލުގައި ހުއްފުމަތީގައިފެން އުގުޅާ ދޮވެލުމެވެ

c)

ވުޟޫކުރާއިރު ދެފައި ތިލަ ދޮވުމުގެ ބަދަލުގައި ހުއްފުމަތީގައި ތެތް އަތް އުގުޅާލާނީއެވެ

9.

ޚުއްފު ގެތެރޭގައި ހިމެނޭނީ

a)

ފަޔަށް ލައްވާ ކޮންމެ އެއްޗެކެވެ

b)

ހުރިހާ ވައްތަރެއްގެ ބޫޓާއި އިސްޓާކީނެވެ

c)

ފައިގެ ތަނބިކަށި ނިވާވާފަދަ ޠާހިރު އެއްޗަކުންހަދާފައިވާ ވަޔަށްލައްވާ އެއްޗިއްސެވެ

10.

ހުއްފުގައި ފެންފުހެވޭނީ

a)

ހުއްފު ބާވަންދެނެވެ

b)

ރަށުގައި ގާއިމްވެހުރިނަމަ އެއް ރެޔާއި އެއް ދުވަހުއެވެ. އަދި ދަތުރެއްމަތީގައިވާނަމަ ތިންރެޔާ ތިންދުވާލުއެވެ

c)

ރަށުގައި ގާއިމްވެހުރިނަމަ 3 ރެޔާއި 3 ދުވަހުއެވެ. އަދި ދަތުރެއްމަތީގައިވާނަމަ އެއްރެޔާ އެއްދުވާލުއެވެ

11.

ޖަބީރާ އަކީ

a)

ފަޔަށް ލެއްވުމަށްޓަކައި ޖަނަވާރުގެ ހަމުން ހަދާފައިވާ، ދެ ތަނބިކަށްޓާއެކު ފައިތިލަ ނިވައިވާ ގޮތަށް ހުންނަ އެއްޗެކެވެ

b)

ގުނަވަނެއް ބިނދިގެން އަޅާފައި އޮންނަ ބޭސްގަނޑު ފަދަ ތަކެއްޗެވެ

c)

އަތަށް ލައްވާފައިވާ އަންގިފަދަ ތަކެއްޗެވެ

12.

ޖަބީރާގެތެރޭގައި ހިމެނެނީ

a)

އަކުގެ ކުޑަހުޅާ ހަމައަށް އަދި ފައިގެ ކުޑަހުޅާ ހަމައަށް ދާ ކޮންމެ އެެއްޗެކެވެ

b)

އަތްދިގުގަމީސް، އަތްދިގުޓީޝާޓް، އަތަށް ލައްވާ އުރަ ފާޑުތަކެއްޗެވެ

c)

މަލަން، ޕްލާސްޓަރު، ބޭސްގަނޑު ފަދަތަކެއްޗެވެ

13.

ޖަބީރާގައި ފެންފުނޭނީ

a)

ގުނަވަންތައް ދޮވެ އެންމެ ފަހުން ޖަބީރާގައި ފެން ފުހެލާނީއެވެ

b)

ފުރަތަމަ ޖަބީރާގައި ފެންފުހެ ފަހުން ގުނަވަންތައް ދޮންނާނީއެވެ

c)

ވުޟޫކުރާތަރުތީބުން ގޮސް ޖަބީރާ އަޅާފައިވާ ގުނަވަނާ ޖެހުމުން އެގުނަވަނުގެ ބާކީހުރިތަން ދޮވެ ޖަބީރާމަތީގައި ތެތް އަތް ކާތާލާގެންނެވެ