wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

މާތްﷲއަށްޓަކައި ލޯބިވުމާއި މާތްﷲއަށްޓަކައި ރުޅިއައުން- ގުރޭޑް 9

Total questions: 12

Worksheet time: 8mins

Name
Class
Date
1.

މާތްﷲދެކެ ލޯބިވުމުގެ މާނައަކީ

a)

  މީހަކު ދެކެ ލޯބިވުމުގައި  އެމީހާގެ ރީތިކަމަށް ނުވަތަ މުއްސަނދިކަމަށް ނުވަތަ ހިތްހެޔޮކަމަށްޓަކައި މާތްﷲއަށްޓަކައި ލޯބިވުމުވެ.

b)

  މީހަކު ދެކެ ލޯބިވުމުގައި  ދުނިޔަވީ އެއްވެސް  އެދުމެއްނެތި ހަމައެކަނި މާތްﷲއަށްޓަކައި ލޯބިވުމުވެ.

c)

  މީހަކު ދެކެ ލޯބިވުމުގައި  ދުނިޔަވީ އެދުމަކާއެކު  މާތްﷲއަށްޓަކައި ލޯބިވުމުވެ.

2.

މާތްﷲއަށްޓަކައި މީހަކު ދެކެ ލޯބިވާއިރު ބަލަންޖެހޭ ކަންތައްތަކުގެ ތެރެއިން 3 ކަމަކީ

a)

އޭނާގެ ދީންވެރިކަމަށްޓަކައި މީހަކު ދެކެ ލޯބިވުން

b)

މާތްﷲގެ އަމުރުފުޅުތަކަށް ބޯލަނބާ މީހެއްނަމަ އެމީހަކު ދެކެ ލޯބިވުން

c)

މާތްﷲ ނަހީކުރެއްވި ކަންތައްތަކަށް ދުރުވުމަށް އަމުރުކުރާމީހެއްނަމަ އެމީހަކު ދެކެ ލޯބިވުން

d)

މުއްސަންޖެއްކަމަށް ވުމުން އެމީހަކު ދެކެ ލޯބިވުން

3.

މާތްﷲއަށްޓަކައި  ރުޅިއައުމުގެ މާނައަކީ

a)

މާތްﷲއަށް އުރެދޭ އުރެދުމުގެ  ސަބަބުން ނުވަތަ  ކާފިރުވާ ކާފިރުކަމުގެ ސަބަބުން  މީހަކުދެކެ ރުޅިއައުމެވެ.

b)

މާތްﷲއަށް ނުއުރެދުމުގެ   ސަބަބުން ނުވަތަ  ކާފިރުނުވުމުގެ ސަބަބުން  މީހަކުދެކެ ރުޅިއައުމެވެ.

c)

މަސްތުވާ ތަކެތި ބޭނުންކުރުުމުގެ ސަބަބުން މީހަކު ދެކެ ރުޅިއަންނަ އައުމެވެ.

d)

އަވަށްގަނޑުގެ މީހުންނަށް އުނދަގޫކޮށް ދުއްތުރާ ކުރުމުގެ ސަބަބުން ރުޅި އަންނަ ރުޅި އައުމެވެ.

4.

މާތްﷲއަށްޓަކައި މީހަކު ދެކެ  ރުޅިއައުމުގައި ރުޅިއަންނަންޖެހޭ ހަމައަކީ

a)

މީހަކު ދެކެ ރުޅިއަންނަނަމަ ރުޅިއަންނަންވާނީ  އޭނާގެ  އެ އުރެދުމާއި އެކަށީގެންވާ މިންވަރަށެވެ. އެއްވެސް ޙާލެއްގައި ދުނިޔަވީ  ކަމެއްގެ ސަބަބުން ރުޅިއައިސްގެން ނުވާނެއެވެ.

b)

ވަޒީފާ ނުލިބުމުގެ ސަބަބުން އިންޓަވަލް ޕެނަލްގެ ތިބި މީހުންދެކެ އުޅި އަންނަ އައުން

c)

ވައްކަން ކުރާތީވެ އޭނާ އިޞްލާޙު ވުމުންވެސް އޭނާދެކެ ރުޅިއައިސް ބަދު ބަސްބުނުން

5.

މާތްﷲ އަށްޓަކައި ލޯބިވުމާއި މާތްﷲއަށްޓަކައި ރުޅިއައުމުގެ މުހިއްމުކަން ހާމަވާ ކަންތައްތަކުގެ ތެރެއިން 3 ކަމަކީ

a)

މާތްﷲއަށްޓަކައި  ލޯބިވުމާއި މާތްﷲ އަށްޓަކައި ރުޅިއައުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއްކަން

b)

ޤިޔާމަތް ދުވަހުން ޢަރުޝީގެ ހިޔާވަހިކަން  ލިބޭ މަދު މީހުންގެ ތެރޭގައި ހިމެނިގެންދިއުން

c)

މާތްﷲ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާނެކަމެއް

d)

މާތްﷲއަށްޓަކައި  ލޯބިވުމާއި މާތްﷲ އަށްޓަކައި ރުޅިއައުމަކީ ދުނިޔެވީ ކަންކަމާއި ގުޅިފައިވާ ކަމެއްކަން

6.

މާތްﷲއަށްޓަކައި  ލޯބިވުމާއި މާތްﷲ އަށްޓަކައި ރުޅިއައުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއްކޭ ބުނެވެނީ ކީއްވެގެން ހެއްޔެވެ

a)

މީހަކު ދެކެލޯބިވިޔަސް އަދި މީހަކު ދެކެރުޅިއަޔަސް އަންނަނީ ދުނިޔަވީ ބޭނުމެއް ނެތި  ހަމައެކަނި މާތްﷲއަށްޓަކައި ކަމަށްވާތީއެވެ.

b)

މީހަކު ދެކެލޯބިވިޔަސް އަދި މީހަކު ދެކެރުޅިއަޔަސް އަންނަނީ ދުނިޔަވީ ބޭނުމެއް އޮވެ،  ހަމައެކަނި މާތްﷲއަށްޓަކައި ކަމަށްވާތީއެވެ.

7.

ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "މީހަކު މާތްﷲއަށްޓަކައި ލޯބިވެ ، މާތްﷲއަށްޓަކައި  ރުޅިއައިސް، މާތްﷲއަށްޓަކައި  ޞަދަޤާތް ކޮށް،  މާތްﷲއަށްޓަކައި (ދިނުމުން) މަނާވެގަތްނަމަ ހަމަކަށަވަރުން އޭނާގެ އީމާންތެރިކަން  ފުރިހަމަ ވެއްޖެއެވެ."

މިޢިބާރާތުގެ މުރާދުގައިވާ " މާތްﷲއަށްޓަކައި (ދިނުމުން) މަނާވެގަތްނަމަ." މި ކަންތައްތަކުގެ މުރާދުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން 2 ކަމެއްލިޔޭ

a)

ރިބާކެއުން، ރިޝްވަރު ދިނުން

b)

ޞަދަޤާތް ދިނުން

8.

ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސްމަލަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "މީހަކު މާތްﷲއަށްޓަކައި ލޯބިވެ ، މާތްﷲއަށްޓަކައި  ރުޅިއައިސް، މާތްﷲއަށްޓަކައި  ޞަދަޤާތް ކޮށް،  މާތްﷲއަށްޓަކައި (ދިނުމުން) މަނާވެގަތްނަމަ ހަމަކަށަވަރުން އޭނާގެ އީމާންތެރިކަން  ފުރިހަމަ ވެއްޖެއެވެ. މިޢިބާރާތުން ދޭހަވާ ކަމަކީ"

a)

މާތްﷲއަށްޓަކައި ލޯބިވުމާއި ރުޅިއައުމުގެ މުހިއްމުކަން

b)

މާތްﷲއަށްޓަކައި ކުރެވޭ ހޭދައަކީ ހުއްދަ ހޭދަތަކެއްކަމުގައިވާންޖެހޭނެކަން

c)

އީމާންތެރިކަން ފުރިހަމަ ވެއްޖެކަން

9.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "ހަމަކަށަވަރުން ޤިޔާމަތް ދުވަހުން  މާތްﷲ  ނިދާ އިއްވަވާ ހުއްޓެވެ. ތިމަންރަސްކަލާނގެ މަތިވެރިކަމަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވީ  މީހުން ކޮބައިހެއްޔެވެ؟  ތިމަންރަސްކަލާނގެ  ރައްކާތެރިކަމާއި،   ޢިނާޔަތްތެރިކަމުގެ ހިޔާވަހިކަން  ނޫން އެހެން ހިޔާވަހިކަން ނުވާ މިދުވަހު އެބައިމީހުންނަށް ތިމަންރަސްކަލާނގެ  ހިޔާވަހިކަން  ދެއްވާހުށީމެވެ." މިޙަދީޘް ބަސްފުޅުން ދޭހަވާ 2 ކަމެއްލިޔޭ!

a)

މާތްﷲއަށްޓަކައި ލޯބިވުމާއި މާތްﷲއަށްޓަކައި ރުޅިއައުމުގެ މުހިއްމުކަން

b)

މާތްﷲއަށްޓަކައި ލޯބިވުމާއި މާތްﷲއަށްޓަކައި ރުޅިއައުމަކީ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމެއްކަން

c)

ތިމަންރަސްކަލާނގެ  ރައްކާތެރިކަމާއި،   ޢިނާޔަތްތެރިކަމުގެ ހިޔާވަހިކަން  ނޫން އެހެން ހިޔާވަހިކަން ނުވާކަން

10.

މާތްﷲއަށްޓަކައި ލޯބިވުމަކީ ކޮބައިކަން ހާމަވާ މިސާލެއް ކީރިތި ރަސޫލާގެ ސީރަތުން ލިޔޭ!

a)

މަދީނާއަށް ހިޖުރަކުރެއްވި ދުވަހު މުހާޖިރުންދެކެ އަންޞާރިއްޔަ ބޭކަލުން ވެވަޑައިގެންނެވި ލޯބި.

b)

މައްކާއަށް ހިޖުރަކުރެއްވި ދުވަހު މުހާޖިރުންދެކެ އަންޞާރިއްޔަ ބޭކަލުން ވެވަޑައިގެންނެވި ލޯބި.

11.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅުގައި ވަނީ ތިންކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ އީމާންކަމުގެ ފޮނިކަން ދެކޭނެއެވެ.  މިބަސްފުޅުގައި އިޝާރާތްކުރާ އެ ތިންކަމަކީކޮބާ؟

a)

އެމީހެއްގެ ގާތުގައި  އެހެން ހުރިހައި އެއްޗަކަށްވުރެ  ބޮޑަށް މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ލޮބުވެތިކަން ބޮޑުވުން

b)

މީހަކު އަނެކާދެކެ ލޯބިވަނީ މާތްﷲއަށްޓަކައި ކަމަށްވުން

c)

ކާފިރުކަމުން މާތްﷲ ސަލާމަތް ކޮށް ދެއްވާފައި ވަނިކޮށް އަލުން އެނބުރި ކާފަރުކަމަކީ އަލިފާން ގަނޑަކަށް އޭނާ އެއްލާލެވުމަށް ނުރުހޭ ވަރަށްވުރެ ބޮޑަށް އޭނާ ނުރުހޭ ކަމެއްކަމުގައިވުން

d)

އެމީހެއްގެ ގާތުގައި  އެހެން ހުރިހައި އެއްޗަކަށްވުރެ  ބޮޑަށް މާތްﷲ ދެކެ ވާ ލޮބުވެތިކަން ބޮޑުވުން

12.

މާތްﷲއަށްޓަކައި ލޯބިވުމާއި  މާތްﷲއަށްޓަކައި ރުޅިއައުމުގައި ގެންގުޅެން ޖެހޭ ހަމަތަކުގެ ތެރެއިން 2 ހަމައެއްލިޔޭ

a)

މާތްﷲއާއި އެކަލާނގެ ރަސޫލާއަށްވުރެ ބޮޑަށް އެހެން ފަރާތެއް ދެކެ ލޯބިނުވުން

b)

މާތްﷲ ދެކެ ރުޅިއަންނަމީހާ އަނެކާގެ ކިބައިގައިވާ ގޯސްކަން ރަނގަޅު ކުރަން މަސައްކަތް ކުރަންވާނެ

c)

މާތްﷲއާއި އެކަލާނގެ ރަސޫލާއަށްވުރެ ބޮޑަށް އެހެން ފަރާތެއް ދެކެ ލޯބިވުން