wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އީމާންކަމުގެ ރުކުންތައް

Total questions: 24

Worksheet time: 13mins

Name
Class
Date
1.

އިސްލާމްކަމުގެ ކިތައް ރުކުން ވޭ ހެއްޔެވެ

a)

4

b)

5

c)

6

d)

7

2.

އީމާންކަމުގެ ރުކުންތަކަށް އީމާންވުމުގައި ފުރިހަމަވާންޖެހޭ 3 ކަމެއް ވެއެވެ. އޭގެތެރެއިން އެއް ކަމަކީ

a)

ހިތުން ދަސްކުރުން

b)

ހިތުން ޤަބޫލުކޮށް ދުލުން އެއްބަސްވި ކަންތައްތައް ޢަމަލުން ދެއްކުން

c)

ޤުރުއާން ކިޔެވުން

d)

ނަމާދުކުރުން

3.

އާޚިރަތްދުވަހަށް ޤިޔާމަތް ދުވަހޭ ކިޔެނީ ކީއްވެ ހެއްޔެވެ

a)

އެދުވަހު މީސްތަކުން ކޮޅަށް ތިބޭތީ

b)

އެދުވަހު މީސްތަކުން އެއްތާކަށް އެއްކުރެވޭތީ

c)

އެދުވަހު މީސްތަކުންގެ ހިސާބު ބެއްލެވޭތީ

d)

އެދުވަހަކީ އެންމެ ފަހު ދުވަސް ކަމުގައި ވާތީ

4.

ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވާ މީހަކު ބަލިވުމުން ޢަމަލު ކުރާނީ ކިހިނެއް

a)

ހަމައެކަނި, މާތް الله ދުޢާ ކުރުމުގައި ދެމިހުންނާނީ

b)

ދުޢާކުރުމާއެކު ޑޮކްޓަރަށް ދައްކާ ބޭސްފަރުވާ ކުރާނީ

c)

ހަމައެކަނި ބޭސްފަރުވާ ކުރާނީ

d)

އެއްކަމެއް ނުކުރިޔަސް الله އިރާދަކުރެއްވިގޮތަކަށް ވާނެކަމަށް ބަލާ ހުންނާނީ

5.

މީސްތަކުންގެ ހިސާބު ބެއްލެވޭނީ ކޮން އިރަކު ހެއްޔެވެ

a)

އާޚިރަތްދުވަހު

b)

ސުވަރުގޭގައި

c)

ކަށްވަޅުގައި

6.

މާތް الله ގެ އެއްކައުވަންތަކަމުގެ މާނައަކީ ކޮބާ

a)

އެއްވެސް ގޮތަކުން އެއްވެސް ފަރާތެއް މާތް الله އާއި ބައިވެރިވެގެން ނުވާކަން

b)

ހުރިހާ ތަކެއްޗެއް ހެެއްދެވީ މާތް الله ކަން

7.

މާތްﷲ މަލާއިކަތުން އުފައްދަވާފައިވަނީ ކޮންއެއްޗަކުން؟

a)

ނޫރުންނެވެ

b)

މަށިންނެވެ

c)

އަލިފާނުންނެވެ

d)

ފެނުންނެވެ

8.

އީމާންކަމުގެ އެންމެ މުހިއްމު ރުކުނަކީ ކޮބާ؟

a)

މާތްﷲއަށް އީމާންވުން

b)

އާޚިރަތްދުހަށް އީމާންވުން

c)

މަލާއިކަތުންނަށް އީމާންވުން.

9.

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ކިތައްވަނަ ރުކުން؟

a)

3 ވަނަ ރުކުން


b)

6 ވަނަ ރުކުން

c)

2 ވަނަ ރުކުން

10.

މަލާއިކަތުންނަށް ލިބިގެންވާ ސިފަފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމަކީ ކޮބާ؟

a)

ކެއުމާއި ބުއިން

b)

އެންމެހާ ގޯސްކަންތައްތަކުންނާއި ކުށްތަކުން ދުރުވެގެންވުން

c)

އަރާމުކުރުމާއި ނިދުން

11.

އަސާކޮޅު ހަރުފައަކަށް ބަދަލުވުން މި މުޢުޖިޒާތް ދެއްވުނީ ކޮން ރަސޫލުބޭކަލަކަށް؟

a)

ޢީސާގެފާނަށް

b)

އިބްރާހީމްގެފާނަށް

c)

މޫސާގެފާނަށް

12.

މުޙައްމަދުގެފާނަށް ދެއްވުނު އެންމެ ބޮޑު މުޢުޖިޒާތަކީ ކޮބާ؟

a)

ކީރިތި ޤުރުއާން

b)

ހަނދު ދެފަޅި ކުރެއްވުން

c)

އުޑުންކާތަކެތީގެ ސުފުރާއެއް ބާވާލެއްވުން

13.

ބަލި ޖެހިފައިވާމީހުން ﷲގެ އިޒުނަފުޅައެކު ރަނގަޅު ކުރެއްވުން މި މުޢުޖިޒާތް ދެއްވުނީ ކޮންބޭކަލަކަށް؟

a)

ޢީސާގެފާނު

b)

މޫސާގެފާނު

c)

ޔޫނުސްގެފާނު

14.

ނަރަކަ ބަލަހައްޓަވާ މަލާއިކަތާގެ ނަންފުޅަކީ ކޮބާ؟

a)

ޖިބްރީލްގެފާނު

b)

މީކާއީލްގެފާނު

c)

މާލިކްގެފާނު

15.

ފޮތްތަކަށް އީމާންވުމަކީ އީމާންކަމުގެ ކިތައްވަނަ ރުކުން؟

a)

3 ވަނަ ރުކުން

b)

2 ވަނަ ރުކުން.

c)

4 ވަނަ ރުކުން.

16.

މޫސާގެފާނަށް މާތްﷲ ބާވާލެއްވި ފޮތަށް ކިޔަނީ ކޮންނަމެއް؟

a)

އިންޖީލް

b)

ތައުރާތު

c)

ޤުރުއާން

17.

އެންމެފަހުން މާތްﷲ ބާވާލެއްވި ފޮތަކީ ކޮބާ؟

a)

އިންޖީލް

b)

ޒަބޫރު

c)

ޤުރުއާން

18.

މާތްﷲ އިންޖީލް ބާވާލެއްވީ ކޮން ރަސޫލުބޭކަލަކަށް؟

a)

މޫސާގެފާނަށް

b)

ޢީސާގެފާނަށް

c)

ދާވޫދުގެފާނަށް

19.

އާޚިރަތް ދުވަހަށް އީމާންވުމުގައި ޤަބޫލުކުރަންޖެހޭ ކަންތައްތަކުގެތެރޭގައި

a)

ހިސާބު ބައްލަވާނެކަން

b)

އަލުން ދިރުއްވާނެކަން

c)

ސުވަރުގެއާއި ނަރަކައެއް ނުވާކަން

d)

އެއީ އަންނާނެ ދުވަހެއްނޫން

20.

ކައްވަޅުގައި ކުރެވޭނީ

a)

.ތިން ސުވާލެވެ

b)

.އެންމެ ސުވާލެކެވެ

c)

.ދެ ސުވާލެވެ

d)

.އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ

21.

މަރުވުމަށްފަހު ވާނޭކަމަށް ރަސޫލާ ޞައްލަﷲ ޢަލައިވަސައްލަމް ޙަދީޘް ކުރައްވާފައިވާ ކަންތައްތަކަކީ

a)

ކައްވަޅުގައި ސުވާލުކުރުން

b)

ޤަބުރުގެ ޢަޒާބާއި ނިޢުމަތް

c)

ދުނިޔޭގައި އުޅުނު ގޮތް ބެލުން

22.

ދެވަނަ ފަހަރަށް މީސްތަކުން ދިރުއްވާ ދުވަހަކީ

a)

.ހުކުރު ދުވަހެވެ

b)

.ޤިޔާމަތް ދުވަހެވެ

c)

.އާދީއްތަ ދުވަހެވެ

23.

ރަނގަޅަށް އުޅުނު މީހުންނަށް ތައްޔާރުކުރެވިފައިވާ ތަނަކީ

a)

.ނަރަކައެވެ

b)

.ސުވަރުގެއެވެ

c)

.ސުވަރުގެއާއި ނަރަކައެވެ

24.

ނުކިމަންތެރިވި ކާފަރުންނަށް ތައްޔާރުކުރެވިފައިވަނީ

a)

.ސުވަރުގެއެވެ

b)

.ނަރަކައެވެ

c)

.ނަރަކައާއި ސުވަރުގެއެވެ