wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ވަޟްޢީ ޙަދީޘް

Total questions: 12

Worksheet time: 6mins

Name
Class
Date
1.
ސުވާލު 1: ޢަރަބި ބަހުގައި ވަޟަޢުގެ މާނައަކީ ކޮބާ ؟
a)
އެއްޗެއްގެ ޤަދަރު ވައްޓައިލުން
b)
އެއްޗެއްގެ އުމުރު ވައްޓައިލުން
c)
އެއްޗެއްގެ ގޮށް ނައްޓައިލުން
2.
ސުވާލު 2: ވަޟްޢީ ހަދީޘްގެ އިޞްތިލާޙީ މާނައަކީ ކޮބާ ؟
a)
ރަސޫލާަ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިސްބަތްކޮށް އުފައްދާފައި ހުންނަ މޮޅުވާހަކައެވެ.
b)
ރަސޫލާަ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިސްބަތްކޮށް އުފައްދާފައި ހުންނަ ދޮގުވާހަކައެވެ.
c)
ރަސޫލާަ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނިސްބަތްކޮށް އުފައްދާފައި ހުންނަ ތެދުވާހަކައެވެ.
3.
ސުވާލު 3: ވަޟްޢީ ހަދީޘް އުފެދެން މެދުވެރިވި ދެ ސަބަބު ބަޔާން ކުރޭ
a)
ނުބައިކަންކަމުން ދުރުކުރުމުގެ ގޮތުންނާއި ހެޔޮކަންކަން ކުރުމަށް ހިތްޖެއްސުމުގެ ގޮތުން
b)
އިސްލާމްދީނުގެ އަގުވައްޓާލައި އަމިއްލަ ދިރިއުޅުން ތަނަވަސް ކުރުމުގެ ގޮތުން
c)
މީސްތަކުންގެ މެދުގައި މަޝްހޫރުވުމުގެ ގޮތުންނާއި ވެރިންގެ ރުހުން ހޯދުމުގެ ގޮތުން
d)
މަތީގައިވާ ހުރިހާ ޖަވާބެއްވެސް ރަނގަޅު
4.
ސުވާލު 4: ވަޟްޢީ ޙަދީޘަށް ކިޔޭ އެހެން ނަމެއް ބުނެދީ
a)
ހުތުރު ހަދީޘް
b)
މަކަރު ހަދީޘް
c)
މައުޟޫޢު ހަދީޘް
5.
ސުވާލު 5: ވަޟްޢީ ޙަދީޘެއްކަން އެނގިހުރެ، އެހަދީޘުން ޙުކުމް ނެގުމާއި، ވަޟްޢީ ޙަދީޘެއްކަން ބަޔާންކުރުމެއްނެތި ރިވާކުރުމުގެ ހުކުމަކީ ކޮބާ ؟
a)
ހުއްދަ ކަމެއް
b)
ހުއްދަ ކަމެއް ނޫން
c)
މަކްރޫހަ ކަމެއް
6.
ސުވާލު 6: ދޮގެއް ކަން އެނގި ހުރެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ބުނެ އެ ރިވާކުރުމާމެދު އައިސްފައިވާ ޙަދީޘްއަކީ ؟
a)
”ﷲގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފައިފި މީހާ، ފަހެ ﷲ އޭނާގެ މޫނު ހަތްދިހަ އަހަރުގެ ރާސްތާއަށް ނަރަކައިން ދުރު ކުރައްވާނެއެވެ.“
b)
”ފާތިޙަތުލް ކިތާބު (އެބަހީ: ސޫރަތުލް ފާތިޙާ) ނުކިޔައިފި މީހަކަށް ނަމާދެއް ނުވެއެވެ.“
c)
"ދޮގެއްކަން އެނގިހުރެ ތިމަންކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ބުނެ ޙަދީޘެއް ރިވާކޮށްފި މީހަކީ ދޮގުވެރިންކުރެ މީހެކެވެ."
7.
ސުވާލު 7: ވަޟްޢީ ޙަދީޘް ދެނެގަންނާނެ ގޮތްތައް ބުނެދީ
a)
ދޮގު ޙަދީޘް ހެދި ރާވީ އަމިއްލައަށް ދޮގުހެދިކަމަށް އެއްބަސްވުން
b)
ދޮގު ޙަދީޘް ހެދިކަމަށް އަމިއްލައަށް އެއްބަސްވުމެކޭ އެއްފަދަ އެހެން ގޮތަކުން ސާބިތުވުން
c)
ވަޟްޢީ ޙަދީޘެއްކަމަށް ޢަދުލުވެރި ހެކިވެރިއެއް ހެކިވުން
8.
ސުވާލު 8: ވަޟްޢީ ހަދީޘެއް ދެނެގަތުމަށްޓަކައި މަދުވެގެން ކިތައް ޢަދުލުވެރި ހެކިން ބޭނުންވޭ ؟
a)
1
b)
2
c)
4
9.
ސުވާލު 9: ވަޟްޢީ ޙަދީޘްގެ ސަބަބުން އިސްލާމީ ފިޤުހަށް ކުރި 2 އަސަރު ބުނެދީ
a)
މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަން ފެތުރުމާއި ފިޤްހީ ޙުކުމްތައް ބައެއް މީހުންނަށް އޮޅިގެން ދިއުން
b)
އިސްލާމީ ޝަރީޢަތުގައި ނެތް އުޞޫލުތައް އިތުރުކުރުމާއި ނަމާދުކުރުމާއި އެނޫންވެސް އަޅުކަންތަކުން މީސްތަކުން ދުރުހެލިވުން
c)
ދީނަށް މީސްތަކުން ލޯބިކުރަންފެށުމާއި އެކުވެރިކަން އާލާވުން
10.
ސުވާލު 10: ހެޔޮކަންތައްތައް ކުރުމަށް ހިތްޖެއްސުވުމުގެ ގޮތުން ވަޟްޢީ ޙަދީޘް އުފެއްދި ފަރާތެއްގެ ނަން ބަޔާންކުރޭ
a)
މައިސަރާ ބުން ޢަބްދިރައްބިހީ
b)
މައިސަރާ ބުން މަހްދީ
c)
މައިސަރާ ބުން ޠުފައިލު
11.
ސުވާލު 11: ކޮތަރު އުދުއްސެވުމާއި ބެހޭގޮތުން ވަޟްޢީ ހަދީޘެއް އަބުލް ބަޚްތަރީ ހެދީ ކޮން މަޤްޞަދެއްގައި ؟
a)
އުމަވީ ދައުލަތުގައި ވެރިމީހާ ރުޅި އެރުވުމަށް
b)
އުމަވީ ދައުލަތުގައި ވެރިމީހާގެ ރުހުން ހޯދުމަށް
c)
އައްބާސީ ދައުލަތުގައި ވެރިމީހާގެ ރުހުން ހޯދުމަށް
12.
ސުވާލު 12: ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ވަޟްޢީ ހަދީޘް އުފައްދަނީ ކޮން ކަހަލަ ކަންކަމަށް ؟
a)
ވަކި ވައްތަރެއްގެ މޭވާއެއްގެ މާތް ކަން ބަޔާންކޮށްދީގެން
b)
ވަކި ވައްތަރެއްގެ ކާނާއެއްގެ މާތް ކަން ބަޔާންކޮށްދީގެން
c)
މަތީގައިވާ ދެގޮތަށްވެސް އުފައްދާ