NEW
Font size
Worksheetsގްރޭޑް 9 ގެ ފިޤުހު ތަޢާރަފްތައް
Total questions: 11
Worksheet time: 12mins
އިސްލާމްދީނުގައި ކައިވެންޏަކީ ކޮބައިކަން ބަޔާންކުރޭ
ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައިވެވޭ ޝަރުޢީ ޢަޤުދެކެވެ
ކައިވެންޏަކީ އަނބިފިރިކަމުގެ ގުޅުންތަކާއި އަޘަރުތައް އުފެދޭ ގޮތަށް އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައިވެވޭ ޝަރުޢީ ޢަޤުދެކެވެ
ކައިވެންޏަކީ އަނބިފިރިކަމުގެ ގުޅުން އުފެދޭ ގޮތަށް އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައިވެވޭ ޝަރުޢީ ޢަޤުދެކެވެ
މަޙްރަމުންނަކީ ކޮބާ
މަޙްރަމުންނަކީ ތިމާއާ ކައިވެނިކުރުން ޙަރާމް މީހުންނެވެ
މަޙްރަމުންނަކީ ތިމާއާ ކައިވެނިކުރުން ވަގުތީގޮތުން ޙަރާމް މީހުންނެވެ
މަޙްރަމުންނަކީ ތިމާއާ ކައިވެނިކުރުން ހުއްދަ މީހުންނެވެ
ޚިތުބާ އަކީ ކޮބާ
ޚިތުބާއަކީ ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެވެ
ޚިތުބާއަކީ ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު، ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެވެ
ޚިތުބާއަކީ ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު، ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެވެ
ކައިވެނީގެ ރަނަކީ ކޮބާ
ކައިވެނީގެ ސަބަބުން ފިރިމީހާ އަނބިމީހާގެ އާއިލާއަށް ދިނުން ވާޖިބުކުރައްވާފައިވާ މުދަލަކަށް ކިޔާނަމެކެވެ
ކައިވެނީގެ ސަބަބުން ފިރިމީހާ އަނބިމީހާއަށް ދިނުން ވާޖިބުކުރައްވާފައިވާ މުދަލަކަށް ކިޔާނަމެކެވެ
ކައިވެނީގެ ސަބަބުން އަނބިމީހާ ފިރިމީހާއަށް އަށް ދިނުން ވާޖިބުކުރައްވާފައިވާ މުދަލަކަށް ކިޔާނަމެކެވެ
ވަލީމާއަކީ ކޮބައިކަމާއި ވަލީމާގެ ޙުކުމަކީ ކޮބާ
ވަލީމާއަކީ ކައިވެނީގެ އުފަލުގައި ކައިވެނި އިޢުލާންކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ސަޔަކަށް ކިޔާ ނަމެކެވެ، ޙުކުމަކީ ސުންނަތް ކަމެއް
ވަލީމާއަކީ ކައިވެނީގެ އުފަލުގައި ކައިވެނި އިޢުލާންކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ޕީޓީއަށް ކިޔާ ނަމެކެވެ، ޙުކުމަކީ ހުއްދަ ކަމެއް
ވަލީމާއަކީ ކައިވެނީގެ އުފަލުގައި ކައިވެނި އިޢުލާންކުރުމުގެ ގޮތުން ތައްޔާރުކުރެވޭ ކެއުމަށް ކިޔާ ނަމެކެވެ، ޙުކުމަކީ ސުންނަތް ކަމެއް
އިސްލާމްދީނުގައި ވަރިއަކީ ކޮބާ
ވަރިއަކީ ވަކި ޚާއްސަ ލަފުޒަކުން ކައިވެނީގެ ޢަޤްދަށް ނިމުން ގެނައުމެވެ
ވަރިއަކީ ވަކި ޚާއްސަ ގޮތަކުން ކައިވެނީގެ ޢަޤްދަށް ނިމުން ގެނައުމެވެ
ވަރިއަކީ ވަކި ޚާއްސަ ލަފުޒަކުން ކައިވެނީގެ ވައުދަށް ނިމުން ގެނައުމެވެ
ޚުލްއު ކުރުމަކީ ކޮބާ
ޚުލްއުކުރުމަކީ އަނބިމީހާ އާއި ފިރިމީހާއަށް ދޭ މުދަލެއްގެ ބަދަލުގައި، ދެމަފިރިންގެ ރުހުމާއެކު ކައިވެނި ރޫޅާލުމެވެ
ޚުލްއުކުރުމަކީ އަނބިމީހާ ފިރިމީހާއަށް ދޭ މުދަލެއްގެ ބަދަލުގައި، ދެމަފިރިންގެ ރުހުމާއެކު ކައިވެނި ރޫޅާލުމެވެ
ޚުލްއުކުރުމަކީ ފިރިމީހާ އަނބިމީހާ އަށް ދޭ މުދަލެއްގެ ބަދަލުގައި، ދެމަފިރިންގެ ރުހުމާއެކު ކައިވެނި ރޫޅާލުމެވެ
ފަސްޚުކުރުމަކީ ކޮބާ
ފަސްޚުކުރުމަކީ ކައިވެނީގައި ދިމާވާ ޚާއްސަ ޙާލަތެއްގެ ސަބަބުން ނުވަތަ ޤާޟީގެ ޙުކުމަކުން ކައިވެނީގެ ޢަޤްދު އުވާލުމެވެ. ނުވަތަ ރޫޅާލުމެވެ
ފަސްޚުކުރުމަކީ ކައިވެނީގައި ދިމާވާ ޚާއްސަ ޙާލަތެއްގެ ސަބަބުން ކައިވެނީގެ ޢަޤްދު އުވާލުމެވެ. ނުވަތަ ރޫޅާލުމެވެ
ފަސްޚުކުރުމަކީ ކައިވެނީގައި ދިމާވާ ޚާއްސަ ޙާލަތެއްގެ ސަބަބުން ކައިވެނީގެ ޢަޤްދު އުވާލުމެވެ. ނުވަތަ ރޫޅާލުމެވެ
ޢިއްދައަކީ ކޮބާ
އިއްދައަކީ ކައިވެނި ރޫޅުމަށްފަހު، ނުވަތަ ފިރިމީހާ މަރުވުމަށްފަހު، އެހެން މީހަކާއި ކައިވެނިނުކޮށް އަންހެނާ މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެކެވެ
އިއްދައަކީ ކައިވެނި ރޫޅުމަށްފަހު އެހެން މީހަކާއި ކައިވެނިނުކޮށް އަންހެނާ މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެކެވެ
އިއްދައަކީ ކައިވެނި ކުރުމަށްފަހު، ނުވަތަ ފިރިމީހާ މަރުވުމަށްފަހު، އެހެން މީހަކާއި ކައިވެނިނުކޮށް އަންހެނާ މަޑުކުރުމަށް ދީނުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް ކިޔާނަމެކެވެ
ޤަޛްފުކުރުމަކީ ކޮބާ
ޤަޛްފުކުރުމަކީ އަނބިމީހާއަށް ނިސްބަތްކޮށް ޒިނޭގެ ތުހުމަތު ކުރުމެވެ
ޤަޛްފުކުރުމަކީ މީހަކަށް ނިސްބަތްކޮށް ޒިނޭގެ ތުހުމަތު ކުރުމެވެ
ޤަޛްފުކުރުމަކީ މީހަކަށް ނިސްބަތްކޮށް ޒިނޭ ކުރުމެވެ
ލިޢާންކުރުމަކީ ކޮބާ
ލިޢާންކުރުމަކީ، އަނބިމީހާ ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރިއަކީ ތިމާގެ ދަރިއެއްކަމަށް ފިރިމީހާ ކުރާ ޚާއްސަ ހުވާތަކަކާއި އަދި އަނބިމީހާގެ ބޮލުގައި ފިރިމީހާ އަޅުވާފައިވާ ޒިނޭގެ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށް ބުނެ އަނބިމީހާ ކުރާ ޚާއްސަ ހުވާތަކެކެވެ
ލިޢާންކުރުމަކީ، އަނބިމީހާ ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރި ނަފީކުރުމަށް ފިރިމީހާ ކުރާ ޚާއްސަ ހުވާތަކަކާއި އަދި އަނބިމީހާގެ ބޮލުގައި ފިރިމީހާ އަޅުވާފައިވާ ޒިނޭގެ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށް ބުނެ އަނބިމީހާ ކުރާ ޚާއްސަ ހުވާތަކެކެވެ
ލިޢާންކުރުމަކީ، މީހަކު ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރި ނަފީކުރުމަށް ފިރިމީހާ ކުރާ ޚާއްސަ ހުވާތަކަކާއި އަދި އަނބިމީހާގެ ބޮލުގައި ފިރިމީހާ އަޅުވާފައިވާ ޒިނޭގެ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށް ބުނެ އަނބިމީހާ ކުރާ ޚާއްސަ ހުވާތަކެކެވެ
