Worksheetsމާތް ﷲ އަށްޓަކައި ލޯބިވުމާއި މާތް ﷲ އަށްޓަކައި ރުޅިއައުން
Total questions: 15
Worksheet time: 8mins
Name
Class
Date
1.
ސުވާލު 1: މާތްﷲއަށްޓަކައި ލޯބިވުމަކީ
a)
މީހަކުދެކެ ލޯބިވުމުގައި ދުނިޔެވީ އެދުމެއް އޮވެ މާތްﷲ އަށްޓަކައި ލޯބިވަމޭ ބުނުމެވެ.
b)
މީހަކުދެކެ ލޯބިވުމުގައި ދުނިޔެވީ އެއްވެސް އެދުމެއްނެތި ހަމައެކަނި މާތްﷲއަށްޓަކައި ލޯބިވުމެވެ.
c)
މީހެއްގެ މަޝްހޫރުކަމުން އޭނާދެކެ ލޯބިވުމެވެ.
2.
ސުވާލު 2: މާތްﷲ އަށްޓަކައި ރުޅިއައުމަކީ
a)
މާތްﷲއަށް އުރެދޭ އުރެދުމުގެ ސަބަބުން މީހަކު ދެކެ ރުޅިއައުން
b)
މާތް ﷲ އަށް ކާފިރުވާ ކާފިރުކަމުގެ ސަބަބުން ރުޅިއައުން
c)
މީހެއްގެ ސިފަ ހުތުރުވުމުގެ ސަބަބުން އެމީހާ ދެކެ ރުޅިއައުން
3.
ސުވާލު 3: "މީހަކު މާތްﷲއަށްޓަކައި ލޯބިވެ، މާތްﷲއަށްޓަކައި ރުޅިއައިސް މާތްﷲއަށްޓަކައި ޞަދަޤާތްކޮށް، މާތްﷲއަށްޓަކައި ދިނުމުން މަނާވެގަތްނަމަ ހަމަކަށަވަރުން އޭނާގެ އީމާންތެރިކަން ފުރިހަމަވެއްޖެއެވެ." މިޙަދީޘުން ދޭހަވާ މާނައަކީ:
a)
އީމާންތެރިކަމަކީ ފުރިހަމަވެފައިވާ އެއްޗެއްކަން
b)
މާތްﷲ އަށްޓަކައި ލޯބިވުމާ ރުޅިއައުމުގެ މުހިއްމުކަން
c)
މާތްﷲއަށްޓަކައި ލޯބިވުމާއި ރުޅިއައުމަކީ އީމާންކަމާ ގުޅިފައިވާ ކަމެއްކަން
4.
ސުވާލު 4: "ދުނިޔެވީ ކަމެއްގެ ސަބަބުން މީހަކު ދެކެ ލޯބިވާނަމަ ނުވަތަ ރުޅިވާނަމަ 3ވަނަ ސުވާލުގައިވާ ޙަދީޘްގެ ތެރެއަށް އޭނާ ނުވަންނާނެއެވެ." މި ޢިބާރާތް:
a)
ރަނގަޅު
b)
ނުަބައި
5.
ސުވާލު 5: މާތް ﷲ އަމުރުކުރެއްވި ގޮތަށް ކަންތައްކުރާ މީހެއް ދެކެ އެމީހާގެ މުއްސަނދި ކަމާހުރެ ލޯބިވުމަކީ:
a)
މާތްﷲއަށް ޓަކައި ލޯބިވުން
b)
ދުނިޔެވީ މުއްސަނދުކަމާ ހުރެ އެމީހާދެކެ ލޯބިވުން
6.
ސުވާލު 6: މާތްﷲ އަށްޓަކައި މީހަކު ދެކެ ރުޅިއަންނައިރު:
a)
އެންމެން ދެކެ ރުޅި އަންނާނީ އެއްވަރަކަށް
b)
ކޮންމެ މީހަކު ދެކެ ވެސް ރުޅި އަންނާނީ އެމީހަކު މާތްﷲއަށް އުރެދޭ އުރެދުމުގެ މިންވަރަށް
c)
ދުނިޔެވީ ކަމެއްގެ ސަބަބެއް ކުރިމަތިވެއްޖެނަމަ ރުޅިއަންނަން ވާނެ
7.
ސުވާލު 7: ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަންލިބޭ މީހުންގެ ތެރޭގައި މާތްﷲއަށްޓަކައި ލޯބިވީ މީހުން ހިމެނެއެވެ. މިކަމުން ދޭހަވަނީ:
a)
މާތްﷲއަށް ޓަކައި އެކަކު އަނެކެއް ދެކެ ލޯބިވުމުގެ މުހިއްމުކަން
b)
މާތްﷲ އަށްޓަކައި އެކަކު އަނެކެއް ދެކެ ލޯބިވުމަކީ މަތިވެރިކަމެއްކަން
c)
ދެޖަވާބުވެސް ރަނގަޅު
8.
ސުވާލު 8: މާތްﷲ އަށްޓަކައި ވި ލޯބީގެ ސަބަބުން އޭނާގެ ރަޙްމަތްތެރިޔާގެ ރަށަށް އޭނާއާ ބައްދަލުކުރުމަށް ދަތުރުކުރި މީހާއަށް ލިބުނު ފައިދާއަކީ :
a)
އެރަޙްމަތްތެރިޔާއާ ބައްދަލުވާގޮތްވީ
b)
އެކަމުގެ ސަބަބުން މާތްﷲ އެމީހާ ދެކެ ލޯބިވެވޮޑިގެންވި
c)
އެދަތުރު ފަސޭހަވެގެން ދިޔައީ
9.
ސުވާލު 9: މާތްﷲ އަށްޓަކައި ވި ލޯބީގެ ސަބަބުން އޭނާގެ ރަޙްމަތްތެރިޔާގެ ރަށަށް އޭނާއާ ބައްދަލުކުރަން ދަތުރުކުރި މީހާގެ ވާހަކައިން ލިބޭ ފިލާވަޅަކީ: :
a)
މާތްﷲ އަށްޓަކައި ލޯބިވުމުގެ މުހިއްމުކަން
b)
މާތްﷲއަށްޓަކައި ލޯބިވެއްޖެނަމަ މާތްﷲ އޭނާ ދެކެ ލޯބިވެވޮޑިގެންވާނެކަން
10.
ސުވާލު 10: މާތްﷲއަށްޓަކައި ލޯބިވުމާއި ރުޅިއައުމުގެ ފައިދާތައް ފާހަގަކުރޭ
a)
އީމާންކަމުގެ ފޮނިކަން ލިބުން
b)
އީމާންކަން ފުރިހަމަކޮށްދޭ ކަމެއްކަމުގައި އެ ކަން ވުން
c)
މާތްﷲ ލޯބިވެވޮޑިގެންވާ މީހެއް ކަމުގައިވުން
d)
ޤިޔާމަތް ދުވަހު އަރުޝީގެ ހިޔާވަހިކަން ލިބުން
e)
ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން ހިތް ސަލާމަތްވުން
11.
ސުވާލު 11: މާތްﷲއަށްޓަކައި ލޯބިވާމީހާ، އެކަކު އަނެކަކުގެ ރަނގަޅުކަން ބޮޑުވާވަރަކަށް އޭނާދެކެވާ ލޯބި ކުޑަވާނެއެވެ. މިޢިބާރާތް
a)
ނުބައި
b)
ރަނގަޅު
12.
ސުވާލު 12: މާތްﷲ އަށްޓަކައި ލޯބިވުމުގައި ގެންގުޅެން ޖެހޭ ހަމަތަކެއް ވެއެވެ. އޭގެ ތެރޭގައި:
a)
މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށްވުރެ ބޮޑަށް އެހެން މީހެއްދެކެ ލޯބިނުވުން
b)
މީހެއްގެ މުދާވެރިކަމުގެ ސަބަބުން ލޯބިވުން
c)
މީހެއްގެ މަޝްހޫރުކަމުން އެމީހެއްދެކެ ލޯބިވުން
13.
ސުވާލު 13: މީހެއްގެ ގޯސް ސިފައެއްގެ ސަބަބުން އޭނާ ދެކެ ރުޅިއަންނަނަމަ:
a)
އޭނާގެ އެ ގޯސް ސިފަޔާ ގުޅޭ ގޮތުްން އޭނާއަށް އެއްވެސް ވަރަކަށް ނަސޭހަތް ނުދޭނީ
b)
އެ ގޯސް ކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތްކުރާނީ
c)
އޭނާ އާއެކީ އުޅެން ފަށާނީ
14.
ސުވާލު 14: ނަބީލާ އަކީ ވަރަށް ގިނައިން ފިހާރަތަކުން ވައްކަންކޮށް އުޅުނު އަންހެނެކެވެ. ނަމަވެސް މިހާރު ނަބީލާ އެކަންތައް ދޫކޮށް ވަނީ ތައުބާވެފައެވެ. ނަބީލާދެކެ މިހާރު:
a)
މާތްﷲއަށްޓަކައި ރުޅި އަންނަން ޖެހޭނެ
b)
މާތްﷲއަށްޓަކައި ލޯބިވާން ޖެހޭނެ
15.
ސުވާލު 15: މާތްﷲ އަށްޓަކައި ރުޅިއައުމާއި ލޯބިވުމުގައި ގެންގުޅެން ޖެހޭ ހަމަތަކަކީ:
a)
މީހެއްގެ ރަނގަޅުކަން ބޮޑުވާ ވަރަކަށް އޭނާ ދެކެވާ ލޯބި ބޮޑުވުން
b)
މާތްﷲ އާއި އެކަލާނގެ ރަސޫލާއަށްވުރެ ބޮޑަށް އެހެން މީހެއްދެކެ ލޯބި ނުވުން
c)
މާތްﷲއަށްޓަކައި ރުޅިއަންނަ މީހާ އަނެކަކުގެ ކިބައިގައިވާ ގޯސްކަން ރަނގަޅުކުރަން މަސައްކަތްކުރުން
100 %
