Worksheetsދީނުގައި ހައްދުފަހަނަޅައި ދިއުން
Total questions: 17
Worksheet time: 9mins
Name
Class
Date
1.
ސުވާލު 1: ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުން ކާފަރުކުރުން، އެއީ ދީނުގައި ހައްދުފަހަނައެޅުން ކަމުގައި ބެލޭވެނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
2.
ސުވާލު 2: ހައްދުފަހަނަޅައި ދިއުމުގެ ބަހުގެ މާނައަކީ ކޮބާ؟
a)
ކަނޑައެޅިފައިވާ މިންވަރަށް ވުރެ މާ ދުރަށް ދިއުން
b)
ކަމެއް ކުރަން އޮންނަ ގޮތް ނޫން އެހެން ގޮތަކަށް އެކަމެއް ކުރުން
c)
ޤަވާދާހިލާފުވުން
3.
ސުވާލު 3: ޝަރުޢީ ގޮތުން ބަލާއިރު، ދީނުގައި ހައްދުފަހަނަޅައި ދިއުމަކީ ކޮބާ؟
a)
ދީނުންބޭރުވުން
b)
ދީނުގައި ހުއްދަ ދެވިފައިވާ މިންގަނޑުން ބޭރުވުން
c)
ހުކުމުތަކަށް އިންކާރުކުރުން
4.
ސުވާލު 4: ގަސްތުގައި މީހަކު މެރި މީހެއްގެ މައްޗަށް މަރުގެ އަދަބު ޝަރުޢީ ކޯޓަކުން ސާބިތުވުމުން އެހުކުމާ ދެކޮޅުހެދުން، އެއީ ދީނުގައި ހައްދުފަހަނައެޅުން ކަމުގައި ބެލޭވެނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
5.
ސުވާލު 5: ދީނުގައި ހައްދުފަހަނަޅައިފި ކަމަށް ބެލެވޭނީ މައިގަނޑު ދެ ކަމެއް އޭގައި ހިމެނޭނަމައެވެ. އެއީ:
a)
ދީނުން ބޭރުވާފަދަ ކުފުރުގެ ބަހެއް ހާމަކުރުމާއި، ދީނުގެ ހުކުމުތަކަށް އިންކާރުކުރުމުން
b)
ދީނުގައި އޮންނަނީ އެ ގޮތަށް ކަމުގައި ދެކިގެން އެ ކަމެއް ކުރުން ނުވަތަ ނުކޮށް ދޫކޮށްލުމާއި، އެ ކަމަކީ ދީނުގައި ހުއްދަ ދެވިފައިވާ މިންގަނޑުން ބޭރުގައިވާ ކަމަކަށްވުން
6.
ސުވާލު 6: ޤުރްއާނަކީ މަޚްލޫޤެއް ކަމަށް ބުނުން އެއީ ދީނުގައި ހަންދުފަހަނައެޅުން ކަމުގައި ބެލޭވެނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
7.
ސުވާލު 7: ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ނުބައިކަން އައިސްފައިވަނީ
a)
ޤުރްއާނުގައި އެކަނި
b)
ސުންނަތުގައި އެކަނި
c)
ޤުރްއާނާއި ސުންނަތުން
8.
ސުވާލު 8: ހައްޤަކާނުލައި މުސްލިމެއްގެ ލޭ އޮހޮރުވައިލުން ހުއްދަކުރުން، އެއީ ދީނުގައި ހަންދުފަހަނައެޅުން ކަމުގައި ބެލޭވެނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
9.
ސުވާލު 9: ދީނުގައި ހައްދުފަހަނަޅައި ދިއުމުގެ ނުބައިކަން ބަޔާންކުރައްވައި، ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވަނީ
a)
"إذا قالَ الرَّجُلُ لأخِيهِ يا كافِرُ، فقَدْ باءَ به أحَدُهُما"
b)
" يا أيُّها النَّاسُ إيَّاكم والغُلوَّ في الدِّينِ فإنَّهُ أهْلَكَ من كانَ قبلَكُمُ الغلوُّ في الدِّينِ"
10.
ސުވާލު 10: ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަތްޕުޅުން ރޮނގެއް ކުރައްސަވައި، ބަޔާންކޮށްދެއްވީ
a)
ސީދާމަގުން އެއްކިބާވެ ދީނުގައި ހައްދުފަހަނަޅައި ދާ މީހާ ތަބާވަނީ ޝައިތާނާއަށް ކަމެވެ.
b)
ﷲ ގެ ސީދާވެގެންވާ މަގު ނޫން އެހެން މަގެއް ޚިޔާރުކޮށްފި މީހާ ވަނީ ދީނުގައި ހައްދުފަހަނަޅައިފައެވެ.
c)
ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެނެސްދެއްވި ސީދާމަގަށް ތަބާވެއްޖެ މީހާ ދީނުގައި ހައްދުފަހަނަޅައި ދިއުމުން ސަލާމަތް ވެއްޖެއެވެ.
d)
މަތީގައިވާ ހުރިހައި ބައެއްވެސް ރަގަޅު
e)
ފަހު ބައި ނޫނީ ހުރިހައި ބައެއްވެސް ރަގަޅު
11.
ސުވާލު 11: ޒުހުދުވެރިކަމުގައި އަމިއްލަ ނަފްސަށް ހެޔޮ ރަނގަޅު ކަންކަން ޙަރާމް ކުރުން، އެއީ ދީނުގައި ހަންދުފަހަނައެޅުން ކަމުގައި ބެލެވޭނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
12.
ސުވާލު 12: ސޫރަތުލްމާއިދާގެ 77 ވަނަ އާޔަތުގެ މާނައިގައިވާ "ތިޔަބައިމީހުން ދީނާމެދު ޙައްޤު ނޫން ގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ!" މިބައިން ދޭހަވާ ރަނގަޅު މާނަތައް ފާހަގަ ކުރާށެވެ!
a)
ދީނުގައި ހައްދުފަހަނަޅައި ދިއުމަކީ ޙަރާމް ކަމެއްކަން
b)
ދީނަށް ޢަމަލުކުރުމުގެ މުހިއްމުކަން
c)
ދީނުގައި ހައްދުފަހަނަޅައި ދާ މީހުންނަށް ގަދަފަދަ ވެގެންވާ އަޒާބު ހުރިކަން
d)
ތެދުމަގުގައި ދެމިހުރުމުގެ މުހިއްމުކަން
13.
ސުވާލު 13: އަޞްޙާބުބޭކަލުންނަށް ބަދުބަސް ބުނުން އެއީ ދީނުގައި ހަންދުފަހަނައެޅުން ކަމުގައި ބެލޭވެނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
14.
ސުވާލު 14: ދީނުގައި ހައްދުފަހަނަޅައި ދިއުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ޢަދުލުވެރި މެދުމިން ގޮތް ނެތި ދިއުން ހިމެނެއެވެ. ޢަދުލުވެރި މެދުމިން ގޮތުގެ މާނައަކީ ކޮބާ ހެއްޔެވެ؟
a)
އިސްލާމުދީނުގައި ވަނީ ޢަމަލުކުރަން ލުއިފަސޭހަ ގޮތްތަކެއް ކަމުގައި ވުމެވެ.
b)
އިސްލާމުދީނަކީ، އިޢުތިޤާދީ ކަންކަމާއި ޢަމަލީ ކަންކަމުގެ ތެރެއިން ހުރިހާ ކަމެއްވެސް ޢަދުލުވެރިގޮތް އިޚްތިޔާރު ކުރައްވާފައިވާ ދީނަކަށްވުމެވެ.
c)
އިސްލާމުދީނުގައި އެހެން ދީންތަކުގެ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭތީއެވެ.
15.
ސުވާލު 15: ދީނުގައި ހައްދުފަހަނަޅައި ދިއުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި:
a)
ބައިބައިވުން، ދީނަށް ޢަމަލުކުރަން ފަސާހަވުން، ޙައްޤުތައް ބީވެ ނެތިދިއުން، ދީނާމެދު މީހުންގެ ލޯބި އިތުރުވުން
b)
ބައިބައިވުން، އިސްލާމުދީނާއި މުސްލިމުންގެ ސޫރަ ހުތުރުވުން، ދީނުގެ ހުކުމްތަކާމެދު އިޚްތިލާފު އުފެދުން، ހިދާޔަތާ އެއްކިބާވެ މަގުފުރެދުން
c)
އިސްލާމްދީނާ ދުރުހެލިވުން، ހިދާޔަތާ އެއްކިބާވެ މަގުފުރެދުން، ބައިބައިވުން، އިސްލާމްދީނުގެ އަހުލުވެރިންގެ މެދުގައި ހަނގުރާމަކުރުން
16.
ސުވާލު 16: ތައުޙީދާއި ޢަޤީދާގެ މައުޟޫޢުތައް ރަނގަޅަށް އޮޅުން ނުފިލުން، އެއީ ދީނުގައި މީހުން ހައްދުފަހަނަޅައި ދާން މެދުވެރިވާ ސަބަބެއް ކަމުގައި ބެލިދާނެތަ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
17.
ސުވާލު 17: ތިމާ ޤަބޫލުކުރާ ފިޤުހީ ރައުޔު އެހެން މީހުންގެ މައްޗަށް ލާޒިމުކުރުން، މިއީ ދީނުގައި ހައްދުފަހަނަޅައި ދިއުން ކަމުގައި ބެލެވޭނަމަ، މިކަން ހުއްޓުވުމަށް ކުރެވިދާނެ އެންމެ އެކަށީގެންވާ ކަންތައް ފާހަގަ ކުރާށެވެ!
a)
ޢިލްމަށާއި އިލްމުވެރިންނަށް ލޯބިކޮށް އިޙްތިރާމު ކުރަން ދަސްކޮށްދިނުން
b)
ސަލަފުއްޞާލިޙުން ޤުރްއާނާއި ސުންނަތް ފަހުމުކުރި ގޮތް ކިޔައިދިނުމާއި ކަމާ ގުޅޭ ދީނީ ލިޔުންތައް ލިޔެ ޢާއްމު ކުރުން
c)
ޝަރުއީ ގޮތުން ބަލާއިރު ދީނުގައި ހައްދުފަހަނަޅައި ދިއުން ކަމުގައި ބެލެވޭ ކަންކަމާއި ނުބެލެވޭ ކަންކަން ވަކިކޮށް ދެނެގަތުން
100 %
