Worksheetsއުޚުއްވަތްތެރިކަން ދެމެހެއްޓުން
Total questions: 12
Worksheet time: 6mins
Name
Class
Date
1.
ސުވާލު 1: އުޚުއްވަތްތެރިކަމުގެ ދުނިޔެވީ ފައިދާތަކަކީ ކޮބާ؟
a)
ޙައްޤުތަކާއި ވާޖިބުތަކުގައި އެންމެންވެސް ހަމަހަމަވެގެންދިއުން
b)
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގައި އެކަކު އަނެކަކަށް ނަޞޭޙަތްތެރިވެވުން
c)
އިސްލާމީ އުއްމަތް ކުރިއަރައި ބާރުވެރިވުން
d)
އެކުވެރިކަމާއި އެއްބައިވަންތަކަށް ޤާއިމުވުން
e)
ޞާލިޙު މުއުމިނު އަޅުތަކުންނަށް ކުރެވޭ ހެޔޮދުޢާގެ ބަރަކާތް ލިބިގެންދިއުން
2.
ސުވާލު 2: އުޚުއްވަތްތެރިކަމަކީ ކޮބާ؟
a)
އާއިލީ ގޮތުން އުފެދޭ ގުޅުމެއް
b)
ރަހުމަތްތެރިކަމުގެ ސަބަބުން ބަޔެއްގެ މެދުގައި އޮންނަ ގުޅުމެއް
c)
ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މަދުގައި އޮންނަ އިތުބާރު ކުރެވޭ ވަރުގަދަ ގަދަގުޅުމެއް
3.
ސުވާލު 3: عبد الله ބުން ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އަރިހުގައި ޚިދުމަތްކުރައްވަން އުޅޭ ބޭކަލުންނަށް އެހީތެރިވެ އެބޭކަލުންނަށް ޚިދުމަތްކުރެއްވުމުން އުޚުއްވަތްތެރިކަން ދެމެހެއްޓިގެންދަނީ ކީއްވެ ހެއްޔެވެ؟
a)
އެބޭކަލުންނަށް މަސައްކަތުގައި ލުއި ލިބުމުން އެބޭކަލުން އެކަމަށް ހިތްހަމަޖެހޭތީ
b)
އެބޭކަލުންގެ ސާހިބުމީހާގެ ހިތް ސާފުކަމާއި އެބޭކަލުންނާއި ދޭތެރޭ ކުލުނާއި ލޯބިއަށަގަނެފައިވާކަން އެބޭކަލުންނަށް ހާމަވާތީ
c)
ބޮޑާކަމާއި ކިބުރުވެރިކަން عبد الله ގެފޭނު ކިބައިން ނުފެއްނާތީ
d)
އެބޭކަލުންނަކީ އަޅުންކަމުގައި ވުމުން އެހެން ގޮތެއް އިޚްތިޔާރު ކުރުމުގެ އިޚްތިޔާރު ލިބިގެން ނުވާތީ
4.
ސުވާލު 4: އުޚުއްވަތްތެރިކަމުގެ މިސާލަކީ؟
a)
ފިހާރައިގެ ސޭޓާއި ކަސްޓަމަރާ ދެމެދު އޮންނަ ގާތްކަން
b)
އެއް ޤައުމެއްގެ ބަޔަކަށްވުން
c)
އެއްބަނޑު އެއްބަފާ ބޭބެއިންގެ ނުވަތަ ދައްތައިންގެ ގޮތުން ގުޅި އެއްބައިވެފައިވުން
5.
ސުވާލު 5: މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތްތެރިކަން ބިނާވަނީ ކޮންކަމެއްގެ މައްޗަށް ހެއްޔެވެ؟
a)
ދީނުގައި އެންމެން ހަމަހަމަ ވުމުގެ މައްޗަށެވެ.
b)
ޝަރުޢީ ގޮތުން ގުޅިފައިވުމާ އެކު އިތުބާރުކުރެވޭ އީމާންތެރި ކަމުގެ މައްޗަށެވެ.
c)
އެއް ޤިބުލައަކަށް ތަބާވުމުގެ މައްޗަށެވެ.
6.
ސުވާލު 6: އުޚުއްވަތްތެރިކަން މުހިއްމުވަނީ ކީއްވެ؟
a)
މަސްތުވާތަކެތި ބޭނުންކުރުމާއި މާރާމާރި އާއި މިނޫނަސް މުޖުތަމަޢުއަށް ނުރައްކާ ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި
b)
ދީނުގައި އެންމެންގެ ހަމަހަމަކަން ދެމެހެއްޓުމަށް
c)
މުޖުތަމަޢުގެ ހަމަޖެހުމާއި އިސްލާމީ އުއްމަތް ބާރުވެރިވެ ޤަދަރުވެރި ބަޔަކަށް ވާން މި ސިފަ ދަމަހައްޓަށް ޖެހޭތީ
7.
ސުވާލު 7: އުޚުއްވަތްތެރިކަން ނެތި ދިއުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ކޮބައި ހެއްޔެވެ؟
a)
އިންސާނިތްޔަތުކަން އިސްކުރުމާއެކު ހުރިހައި ދީނެއް ހަމަހަމަ ކުރުން
b)
އީމާންތެރިކަން ބަލިކަށިވުން
c)
ކަންކަމުގައި ދެބަސްވުމާ އެކު ފިކުރު ތަފާތުވުން
d)
މުންކަރާތް މަނާނުކުރުން
8.
ސުވާލު 8: ޙައްޤަކާއި ނުލައި މީހުން މެރުމާއި މިނޫނަސް ބޮޑެތިފާފަތަކަށް އަރައިގަތުން އެއީ އުޚުއްވަތްތެރިކަން ނެތް މުޖްތަމަޢުއަކާ ގުޅުވިދާނެ ނުރައްކާތެރިކަމެއް ހެއްޔެވެ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
9.
ސުވާލު 9: "އެއް މުއުމިނަކު އަނެއް މުއުމިނަކަށްޓަކައި ބިނާއެއްފަދައެވެ........." މި ބައިން ދޭހަވާ މާނައަކީ ކޮބާ؟
a)
އުޚުއްވަތްތެރިކަމުގެ ތެރެއިން، ގެދޮރުނެތި ނިކަމެތި ހާލުގައި އުޅޭމީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭކަން
b)
އެއް މުއުމިނަކު އަނެއް މުއުމިނަކަށް ހެޔޮކަން ކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރަން ޖެހޭކަން
c)
ބަދަހިކޮށް އަތުރާލައިފައިވާ ގާތަކުން ބިނާއަށް ބާރުދޭ ފަދައިން އުޚުއްވަތްތެރިކަމުން ދީނަށް ބާރުލިބޭކަން
10.
ސުވާލު 10: މިއަދު އަހަރުމެންގެ މުޖުތަމަޢުން ފެންނަ އެކަމެއްގެ ސަބަބުން އުޚުއްވަތްތެރިކަން ނެތިކޮށްލާ ސިފައެއް ތީރީގައި ވާނަމަ ފާހަގަ ކޮށްލާ!
a)
މަޤާމުގެ ދަހިވެތިކަމުގައި ރިޝްވަތުދިނުމާއި ރިޝްވަތުގައި ހިފުން
b)
އާއްމު ރައްކަލަށް ހެދިފައި ހުންނަ ގަވާއިދުތަކަށް އަމިއްލަ ފަސޭހައަށް ގަސްތުގައި އިހުމާލުވުން
c)
ފާޅުގައި ދުނިޔެވީ ކުރިއެރުމުގެ އެދުންވެރިކަމާ އެކު މުސްލިމު އަޚާގެ ސިއްރުތައް ހާމަކުރުމާއި، ފަޟީޙަތް ކުރުން
d)
އިޖުތިމާއީ ފޭރާން ބަލިކަށިކޮށްލާ ފަދަ ޢަމަލުތަކާއި ފިކުރުތައް ހުއްޓުމަށް މަސައްކަތް ކުރުން
11.
ސުވާލު 11: ސޫރަތުލް ފުއްޞިލަތު ގެ 34 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެއެވެ. އެންމެ ހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ!...." މި އާޔަތުން ދޭހަވާ ރިވެތި ގޮތާ ޚިލާފު ގޮތްތަކަކީ: (ރަނގަޅު ޖަވާބު ނުވަތަ ޖަވާބުތައް އިޚްތިޔާރުކުރާށެވެ!)
a)
ރިވެތި ނަސޭހަތާއި ހިތްހެޔޮކަމާއެކު މުންކަރާތް މަނާކުރުމަށް މަސައްކަތް ކުރުން
b)
އެކަހެރިވެ އެމީހަކު ފަޟީޙަތް ނުވާނެ ބީދައަކުން ނަސޭހަތްތެރިވުން
c)
މީހަކު ފާފައަކަށް އަރައިގަންނަކަން އެނގުމުން އެ ވާހަކަ މީސްމީޑިއާގެ ސަމާލުކަމަށް ގެނައުން
d)
ތިމާގެ އަޚާގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެނުނުނަމަވެސް ކެތްތެރިކަމާއެކު، ރިވެތިގޮތުގައި ނަޞޭޙަތްތެރިވުން
e)
އެމީހާގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން ނުއުފެދޭނެ ގަތަކަށް މުންކަރާތް މަނާކުރުމަށް ސަމާލުވުން
12.
ސުވާލު 12: އުޚުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަސަދަވެރިކަމުން ސަލާމަތްވެ ތިމާގެ އަޚާއާއިދޭތެރޭގައި ހިތް ސާފުކުރުން މުހިއްމު ވާނެ ހެއްޔެވެ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
100 %
