NEW
Font size
Worksheetsޝަހާދަތުގެ ދެކަލިމަ ދެނެގަތުމާއި -- 10.1.1,2
Total questions: 10
Worksheet time: 8mins
މާތް ﷲ ފިޔަވައި އަޅުކަން ވެވޭ (ބާޠިލު) އިލާހުންތަކުގެ ތެރޭގައި ހިމެނެނީ:
ހަމައެކަނި އިރާއި ހަނަދާއި ތަރިތަކެވެ
ހަމައެކަނި އިންސާނުން ހަދާފައި ހުންނަ ބުދުތަކެވެ
ޠާޣޫތުންނެވެ
ހަމައެކަނި އަލިފާނާއި، ގަސްގަހާ ބެއްސާއި، ޖަނަވާރު ފަދަ ތަކެއްޗެވެ
މާތް ﷲ މެނުވީ ޙައްގުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. މިއީ
مُحَمَّدٌ الرَسُولُ اللَّهِ މިކަލިމާގެ މާނައެވެ
لَا إِلَهَ إِلَّا اللَّهُ މިކަލިމާގެ މާނައެވެ
سُبْحَانَ اللَّهِ މިކަލިމާގެ މާނައެވެ
أَشْهَدُ أَنْ لَا إِلَهَ މިކަލިމާގެ މާނައެވެ
ޝަހާދަތުގެ ދެ ކަލިމައިގެ ތެރެއިން ފުރަތަމަ ކަލިމައިން
މުޙައްމަދުގެފާނީ އެންމެ ފަހުގެ ރަސޫލާކަން ސާބިތުކޮށްދެއެވެ
މާތް ﷲ ވަރަށް ގިނަ ރަސޫލުން ފޮނުއްވިކަން ހާމަކޮށްދެއެވެ
ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުން ލާޒިމުކަން ދޭހަވެއެވެ
މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުން ލާޒިމުކުރެއެވެ
ޝަހާދަތުގެ ދެ ކަލިމައިގެ ތެރެއިން ދެވަނަ ކަލިމައިން:
ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ އަމުރުފުޅުތަކަށް ކިޔަމަންގަތުން ލާޒިމުވާނެކަން ދޭހަވެއެވެ
މުޙައްމަދުގެފާނީ އެންމެ ފަހުގެ ރަސޫލާކަން ކަށަވަރުކޮށްދެއެވެ
ޙައްޤުވެގެން އަޅުކަން ވެވޭ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން އެނގި، ސާބިތުވެއެވެ
ނަބިއްޔާ ﷺ ގެންނެވި ކަމަކަށް ތަބާވެ، އެކަމެއް ކުރާނަމަ، އެކަމަކަށް ނުރުހުން ވިޔަސް އެމީހެއްގެ އީމާންކަން ޞައްޙަވާނެކަން
ޝަހާދަތުގެ ދެ ކަލިމައިގެ މާނަ ނޭގުނަސް، އަދި އެ ދެކަލިމައިން ލާޒިމުކުރާ ކަމެއް ނުކުރިޔަސް، އެ ދެކަލިމަ ކިޔައިފިނަމަ:
އެމީހެއްގެ އީމާންކަން ޞައްޙަވާނެއެވެ
އޭނާގެ އިސްލާމްކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެއެވެ
އެމީހެއްގެ އީނާންކަން ޞައްޙައެއް ނުވާނެއެވެ
އޭނާ ވާނީ ފުރިހަމަ މުސްލިމަކަށެވެ
ޝަހާދަތުގެ ދެކަލިމާއިގައިވަނީ ކިތައް ޝަރުޠު؟
ފަސް ޝަރުޠު
ހަތް ޝަރުޠު
ހަ ޝަރުޠު
އެއްވެސް ޝަރުޠެއްނުވޭ
مُحَمَّدٌ رَسُولُ اللَّهِ މިކަލިމާގެ މާނައަކީ
"މުޙައްމަދުގެފާނީ އެންމެ ފަހުގެ ރަސޫލާއެވެ"
"މުޙައްމަދުގެފާނަށް ފަހު މާތް ﷲ ރަސޫލަކު ނުފޮނުއްވާނެއެވެ"
"މުޙައްމަދުގެފާނީ ﷲގެ ރަސޫލާއެވެ"
"މުޙައްމަދުގެފަނަކީ ރަސޫލެކެވެ"
ޝަހާދަތުގެ ދެކަލިމައިން ދިރިއުޅުމަށް ކުރާ އަސަރުތަކުގެ ތެރޭގައި "ޚުރާފަތްތަކާއި ބާޠީލު ކަންކަމުން އެއްކިބާވުން" ހިމެނެއެވެ. މީވާ، ޚުރާފާތުގެ މާނައަކީ ކޮބާ؟
އިސްލާމީ ޢަޤީދާއިން ބޭރުނުވާ ޤަބޫލުކުރުންތައް
ކުރީ ޒަމާނުގެ މީހުން ޤަބޫލުކުރި ކޮންމެ ޤަބޫލުކުރުމެއް
ޣައިރު މުސްލިމުން ޤަބޫލުކުރާ ކޮންމެ ޤަބޫލުކުރުމެއް
އެއްވެސް އަސްލެއް ނުވަތަ އަސާސެއްގެ މައްޗަށް ބިނާވެފައިނުވާ ޤަބޫލުކުރުންތައް
ފުރިހަމަ ޢިލްމާއެކު އެނގުމުގެ މުރާދަކީ ކޮބާ؟
ޝަހާދަތުގެ ދެކަލިމަ ހިތުދަސްކުރުން
ޝަހާދަތުގެ ދެކަލިމަ ހިތުންދަސްކޮށްގެން ކިޔާށާއި ލިޔަން އެނގުން
ޝަހާދަތުގެ ދެކަލިމައިގައި ބަޔާންވެގެންވާ ކަންތައްތައް ރަނގަޅަށް ދެނެގަތުން
ޝަހާދަތުގެ ދެކަލިމައިގެ ލަފްޒީ މާނަ ރަގަޅަށް ދެނެނުގަތުން
ޔަޤީން ކުރުމޭ ބުނެވޭބަހުގެ މުރާދަކީ ކޮބާ؟
ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އޭގެ މާނަ ހިތުން ތެދުކޮށް ޤަބޫލުކުރުމީ އިސްލާމްކަމުގެ ފުރަތަމަ ރުކުން ކަމާމެދު ޝައްކެއް ނެތުން
ޝަހާދަތުގެ ދެކަލިމައިގެ މާނަ، އެއްވެސް ކުށަކާ ނުލައި ހިތުން އެނގޭ ކަމާމެދު ޔަޤީންކަން އޮތުން
ޝަހާދަތުގެ ދެކަލިމަ، އެއްވެސް ކުށަކާ ނުލައި ކިޔަން އެނގޭ ކަމާމެދު ޔަޤީންކަން އޮތުން
ޝަހާދަތުގެ ދެކަލިމައިން ދަލީލުކޮށްދޭ ކަންކަމަކީ ޙައްޤު ތެދުކަން (ޝައްކެއް ނެތި) ކަށަވަރުކުރުން
