Font size
Worksheetsސުވާލުގެ ވަގުތު
Total questions: 8
Worksheet time: 4mins
އިޚްލާސް ސޫރަތުގައިވަނީ ކިތައް އާޔަތް؟
3
2
އެއްކައުވަންތަ މާތްﷲ އޭ ބުނުމުން އޭގެ މާނައަކީ ކޮބާ؟
އެކަލާނގެއީ ޙަޤީޤީ އިލާހުކަމުގައި ޤަބޫލުކުރުމެވެ
އެކަލާނގެއީ އެއްކައުވަންތަ އިލާހުކަމުގައި ޤަބޫލުކުރުމެވެ
އެކަލާނގެ ފިޔަވައި އެހެން އެއްވެސް އިލާހެއް ނުވާކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ
!އިޚްލާސް ސޫރަތުން ދޭހަވާ 2 ކަމެއް ބަޔާންކުރަމާ
މާތް ﷲ އީ އެއްކައުވަންތަ ރަސްކަލާނގެކަން އަދި އެކަލާނގެއާއި އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވާކަން
އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންނުވާކަމާއި އެކަލާނގެއީ ރަޙްމާންވަންތަ ރަސްކަލާނގެކަން
އެކަލާނގެއަށް އެއްވެސް އެއްޗެއް އުފަންވެގެންނުވާކަމާއި އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެންނުވާކަން
ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވީ ކޮންފަރާތެއް؟
އެ އިލާހު
މާތް ﷲ
އެ ކަލާނގެ
އިޚްލާސް ސޫރަތް ބާވާލެއްވުނީ ކީއްވެ؟
މާތްﷲ ގެ އެއްކައުވަންތަކަމުގެ ސަބަބުންނެވެ
ޤުރައިޝުން ރަސޫލާ ސ.އ.ވ. ގާތަށް ވަޑައިގެން ﷲ ތަޢާލާ އެބައިމީހުންނަށް ސިފަކޮށްދިނުމަށް އެދުމުންނެވެ (އެއީ އެބައިމީހުން އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ)
ޤުރައިޝުންނަށް ހުރި އިބްރަަތަކަށްޓަކައެވެ
އެއްވެސް އެއްޗަކާ އެއްފަދަ ވެގެންނުވާ ފަރާތަކީ ކޮބާ؟
މަލާއިކަތްބޭކަލުން
ރަސޫލުންނާއި ނަބީން
މާތް ﷲ
އިޚްލާސް ސޫރަތް ކިޔެވުމީ މުޅި ޤުރްއާނުގެ ކިހާވަރެއް ކިޔެވުމާ އެއްވަރުވެގެންވާ ކަމެއް؟
1/3
1/2
1/4
އިޚްލާސް ސޫރަތުގެ މާނައަކީ ކޮބާ އަދި މިއީ ކޮން ކަހަލަ ސޫރަތެއް؟
ނިޔަނެތިކަން + މަދަނީ ސޫރަތެއް
މަޑުމޮޅިކަން + މައްކީ ސޫރަތެއް
އިޚްލާސްތެރިކަން + މައްކީ ސޫރަތެއް
