Worksheetsރިޝްވަތު
Total questions: 13
Worksheet time: 7mins
Name
Class
Date
1.
ސުވާލު 1: ރިޝްވަތަކީ ކޮބާ؟
a)
ބާޠިލްކަމެއް ކުރުމަށް ނުވަތަ މީހަކަށް ޙައްޤުވެގެންވާ ކަމެއް ނިގުޅައިގަންނަން އެކެއްގެފަރާތުން އަނެކާއަށް މުދާ ފޯރުކޮށްދިނުން
b)
މީހަކު މީހަކަށް ޙައްޤުވެގެންވާ ކަމެއް ހޯދަން އަނެކާއަށް ޙައްޤު ނޫން ގޮތެއްގައި މުދަލެއް ފޯރުކޮށްދިނުން
c)
ދެ ޖަވާބު ވެސް ރަނގަޅު
2.
ސުވާލު 2: ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމުގެ ޙުކުމަކީ ކޮބާ؟
a)
ޙަރާމްކަމެއް
b)
ހުއްދަކަމެއް
c)
މަކްރޫހްކަމެއް
3.
ސުވާލު 4: ރާފިއު މާސްޓަރސް ގެ ސެޓްފިކެޓް ހޯދީ އެއްވެސް އެއްޗެއް ކިޔެވުމަކާ ނުލައި ޔުނިވަރސިޓީ އަކަށް ސެޓްފިކެޓަށް ވަރަށް ބައިވަރު ފައިސާ ދީގެންނެވެ. މިއީ ރިޝްވަތުގެ ބާވަތްތަކުގެ ތެރެއިން ކޮން ބާވަތެއްގެ ރިޝްވަތެއް؟
a)
މީހަކަށް ލިބެންޖެހޭ ޙައްޤެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް ދޭ ރިޝްވަތު
b)
މަޤާމެއް ހޯދުމަށްޓަކައި ދޭ ރިޝްވަތު
c)
ޙައްޤުނޫން ކަމެއް ޙާޞިލްކުރުމަށްޓަކައި ދޭ ރިޝްވަތު
4.
ސުވާލު 5: ސާމިރު އެއީ ރާފިއުގެ ކުރީގެ އަނބިމީހާގެ ފިރިމީހާއެވެ. އެ ދެ މީހުން އުޅެނީ އެއް އޮފީހެއްގައެވެ. ސާމިރުއަށް އޮފީހުގެ އިސްމަގާމެއް ދޭން ބޯޑުން ނިންމިކަން ރާފިއުއަށް އެނގުމުން ބޯޑު މެންބަރުންނަށް ރިޝްވަތު ދީގެން ސާމިރުއަށް އެ މަޤާމު ދިނުން ރާފިއު ހުއްޓުވިއެވެ. މިއީ ރިޝްވަތުގެ ބާވަތްތަކުގެ ތެރެއިން ކޮން ބާވަތެއްގެ ރިޝްވަތެއް؟
a)
މީހަކަށް ލިބެންޖެހޭ ޙައްޤެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް ދޭ ރިޝްވަތު
b)
މަޤާމެއް ހޯދުމަށްޓަކައި ދޭ ރިޝްވަތު
c)
ޙައްޤުނޫން ކަމެއް ޙާޞިލްކުރުމަށްޓަކައި ދޭ ރިޝްވަތު
5.
ސުވާލު 6: ރާފިއު، އޭނާގެ ރަށުގެ ކައުންސިލަރުންނަށް ރިޝްވަތު ދީގެން ކައުންސިލުން ވަރަށް މަތީ މަޤާމެއް ހޯދިއެވެ. މިއީ ރިޝްވަތުގެ ބާވަތްތަކުގެ ތެރެއިން ކޮން ބާވަތެއްގެ ރިޝްވަތެއް؟
a)
ޙައްޤުނޫން ކަމެއް ޙާޞިލްކުރުމަށްޓަކައި ދޭ ރިޝްވަތު
b)
މަޤާމެއް ހޯދުމަށްޓަކައި ދޭ ރިޝްވަތު
c)
މީހަކަށް ލިބެންޖެހޭ ޙައްޤެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް ދޭ ރިޝްވަތު
6.
ސުވާލު 7: ރިޝްވަތުގެ ވަބާ ސިއްޙީ ދާއިރާއަށް ވަދެއްޖެނަމަ ލިބުން އެކަށީގެންވާ ގެއްލުމަކީ ކޮބާ؟
a)
ބަލިމަޑުކަމެއް ފެތުރުން
b)
މީހުން މަރުވުން
c)
އެއްވެސް އަސަރެއް ނުކުރާނެ
7.
ސުވާލު 8: ރިޝްވަތުގެ ސަބަބުން މުޖުތަމަޢަށް ލިބިދާނެ ގެއްލުން ތަކަކީ ކޮބާ؟
a)
ދައުލަތުގެ ބައިތުލްމާލަށް ބޮޑެތި ގެއްލުންތަކެއް ލިބުން
b)
މުޖުތަމަޢުގެ އަޚްލާޤު ފުނޑުފުނޑުވެގެން ދިއުން
c)
ދައުލަތުގެ ޙައްޤުތައް ގެއްލިގެން ދިއުން
d)
މަޤާމުތަކަށް ކުފޫހަމަނުވާ ނާޤާބިލު މީހުން އިސްވުން
8.
ސުވާލު 9: ރަނގަޅު ޖުމްލަ ފާހަގަ ކުރާށެވެ!
a)
ރިޝްވަތަކީ މަކްރޫހަ އެއްޗެއް، ހަދިޔާއަކީ ހުއްދަ އެއްޗެއް
b)
ރިޝްވަތަކީ ޙަރާމް އެއްޗެއް، ހަދިޔާއަކީ މަކްރޫހަ އެއްޗެއް
c)
ރިޝްވަތަކީ ޙަރާމް އެއްޗެއް، ހަދިޔާއަކީ މުސްތަޙައްބު އެއްޗެއް
9.
ސުވާލު 10: އަންނަނިވި ކަންތައްތަކުގެ ތެރެއިން ރިޝްވަތުގައި ހިމެނޭ، ނަމަވެސް ހަދިޔާގައި ނުހިމެނޭ ކަމަކީ ކޮބާ؟
a)
ޝަރީޢަތުގައި ހިއްވަރު ދެއްވާފައިވުން
b)
ހުތުރުކަން ބޮޑު އެއްޗަކަށް ވުން
c)
ޝަރީޢަތުގައި ނަހީކުރެވިފައިވާ ޢަމަލެއް
10.
ސުވާލު 11: އަންނަނިވި ކަންތައްތަކުގެ ތެރެއިން ރިޝްވަތާއި ހަދިޔާގައި ހިމެނޭ ތަފާތަކީ ކޮބާ؟
a)
ހަދިޔާއާ ޚިލާފަށް ރިޝްވަތުގައި، ޝަރީޢަތުގައި ހުއްދަނުކުރާ ކަމަކަށް ޝަރުޠުކުރެވުން
b)
ރިޝްވަތާ ޚިލާފަށް ހަދިޔާގައި، ޝަރީޢަތުގައި ހުއްދަނުކުރާ ކަމަކަށް ޝަރުޠުކުރެވުން
c)
ދެ ޖަވާބު ވެސް ރަނގަޅު
d)
އެއްވެސް ޖަވާބެއް ރަނގަޅެއް ނޫން
11.
ސުވާލު 12: ލޯތްބާއި ކުލުނަކީ ކޮން އެއްޗެއްގެ ސަބަބުން އުފެދިގެންދާ އެއްޗެއް؟
a)
ރިޝްވަތުގެ ސަބަބުން
b)
ހަދިޔާގެ ސަބަބުން
c)
ދެ ޖަވާބު ވެސް ރަނގަޅު
12.
ސުވާލު 13: އަންނަނިވި ކަންތައްތަކުގެ ތެރެއިން ހަދިޔާގައި ހިމެނޭ، ނަމަވެސް ރިޝްވަތުގައި ނުހިމެނޭ ކަމަކީ ކޮބާ؟
a)
ފާޅުކަންބޮޑު ގޮތެއްގައި ދެވޭ އެއްޗެއް
b)
ބިނާ ވެގެންވަނީ ދީލަތިކަމުގެ މައްޗަށް
c)
އޭގެ ސަބަބުން ހިތްހަމަޖެހުން ލިބޭ
d)
ދޭމީހާއަށް ލަޢުނަތްލެއްވޭ
e)
ސިއްރުން ކުރެވޭކަމެއް
13.
ސުވާލު 15: ކަތްދަ އަކީ ގުރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރެކެވެ. ކަތްދަ ބޭނުންވަނީ ސްކޫލު ނިންމާފައި ދިރިއުޅުމުގެ މައިދާނަށް ނިކުތުމުގެ ކުރިން ރެޑް ހައުސްގެ ކެޕްޓަނަކަށް ވުމަށެވެ. އެހެންވެ އޭނާ އެމަގާމަށް ކުރިމަތިލިއެވެ. އަދި ކެމްޕޭނު ކުރުމަށް ލިބުނު ވަގުތުގައި އޭނާއާއެކު އެމަގާމަށް ކުރިމަތިލާ ވާދަކުރާ ރައުފާ ހޮވުނަ ނުދިނުމަށާއި ކަތްއަށް ވޯޓު ދިނުމަށް އެދި ރެޑްހައުސްގެ ދަރިވަރުންނަށް މެޓާ، ބިސްކޯދު، އަދި ޗޮކްލެޓް ބެހިއެވެ. އެހެންކަމުން އެހައުސްގެ ގިނަ ދަރިވަރުންގެ ވޯޓުން ކެޕްޓަނު ކަމަށް ހޮވުނީ ކަތްދައެވެ. ކެމްޕޭނުގައި ކަތްދަ ހިންގި މުޢާމަލަތަށް އިސްލާމީ އަޚްލާޤުގައި ދެވިފައިވާ ނަމަކި ކޮބާ؟
a)
ވައްކަން ކުރުން
b)
ރިޝްވަތު ދިނުން
c)
ބާޠިލު ގޮތުގައި މީހުންގެ މުދާ ކެއުން
100 %
