wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

މުސްލިމަކު ކާފަރު ކުރުން- ޘަޤާފާ ޔުނިޓް 9

Total questions: 5

Worksheet time: 4mins

Name
Class
Date
1.

މުސްލިމަކު ކާފިރު ކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ

a)

ބޭރުފުށުން އިސްލާމްކަން ފާޅުކުރާ މީހަކާ ދިމާއަށް، އޭނާއީ އިސްލާމްދީނުން ބޭރުވެފައިވާ މީހަކު ކަމުގައި ބުނުމެވެ.

b)

މީހަކާ ދިމާއަށް، އޭނާއީ އިސްލާމްދީނުން ބޭރުވެފައިވާ މީހަކު ކަމުގައި ބުނުމެވެ.

c)

ކާފިރަކާ ދިމާއަށް، އޭނާއީ އިސްލާމްދީނުން ބޭރުވެފައިވާ މީހަކު ކަމުގައި ބުނުމެވެ.

2.

 رَسُولُ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ ގެ ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ. "މީހަކު އޭނާގެ އަޚާއާ ދިމާއަށް، އޭ ކާފިރު މީހާ އޭ ބުނެފިނަމަ، އެ ބަސް އެ ތަނުން އެކަކަށް ރައްދުވާނެއެވެ." މި މާނައިން ދޭހަވާ ކަމަކީ

a)

މުސްލިމަކު ކާފިރު ކުރުން ހުއްދަނުވާނެކަން. 

b)

މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން.  

c)

ދީނުގައި ހައްދުފަހަނައަޅަި ދިޔުމުގެ ނުބައިކަން

d)

ދީނުގައި ހައްދުފަހަނައަޅައި ދިޔުމަކީ ހަރާމްކަމެއްކަން

3.

ބައެއް ހާލަތްތަކުގައި، ދީނުން ބޭރުވާ ފަދަ ކުފުރުގެ ޢަމަލަކަށް މުސްލިމަކު އަރައިގަތަސް، އޭނާއަކީ ކާފަރެއްކަމުގައި ކަނޑައެޅުމުގެ ކުރިން، އިތުރަށް ބަލައި އޮޅުން ފިލުވަން ޖެހެނީ

a)

ކުފުރުގެ ޙުކުމް ކުރުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުޠެއް އުނިވެފައި އޮތުން އެކަށީގެން ވާތީ

b)

ކާފަރެއް ކަމުގައި ކަނޑައެޅުން މަނާ ކުރާނެ ފަދަ ސަބަބެއް އޮތުން އެކަށީގެން ވާތީ

c)

އޭނާ ރުޅިއައިސްދާނެތީ

d)

ތަޅާފޮޅުމަށް މަގުފަހިވެދާނެތީ

4.

ޙައްޤަކާއި ނުލައި މުސްލިމަކު ކާފިރުކޮށްފި ނަމަ، ލިބޭނެ ގެއްލުންތަކުގެ ތެރޭގައި

a)

މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ފިތުނަފަސާދަ އުފެދުން.

b)

ޢާއިލީ ގުޅުމަށް ބުރޫއެރުން.

c)

ޙައްޤަކާނުލައި މީހަކު ކާފަރުކުރުން އެކަމުގެ ފާފަ އެކަން ކުރާ މީހާއަށް ލިބުން.

d)

މުސްލިމުންގެ އަދަދު މަދުވުން

5.

ޙައްޤަކާ ނުލައި މުސްލިމް އަޚާ ކާފިރު ކުރުން ހުއްޓުވުމަށްޓަކައި ކުރެވިދާނެ ކަމަކީ

a)

ޙައްޤަކާ ނުލައި މުސްލިމް އަޚާ ކާފިރުކުރާ މީހުންނަށް ޝަރުޢީ ދާއިރާގެ ތެރެއިން ހަރުކަށި އަދަބު ލިބޭ ގޮތަށް ހަމަޖެއްސުން.

b)

ޙައްޤަކާ ނުލައި މުސްލިމަކު ކާފިރު ކުރުމުގެ ނުބައިކަން މީސްތަކުންނަށް އޮޅުންފިލުވައި ދިނުން.

c)

ޙައްޤަކާ ނުލައި މުސްލިމަކު ކާފިރު ކުރުމަކީ މައްސަލައެއްނޫންކަން މީސްތަކުންނަށް އޮޅުންފިލުވައި ދިނުން.