wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ދެޖިންސްގެ ހަމަހަމަކަން - ޘަޤާފާ 9

Total questions: 5

Worksheet time: 4mins

Name
Class
Date
1.

އިސްލާމްދީނުގައި ދެ ޖިންސުގެ ހަމަހަމަކަން މާނަކުރަނީ

a)

ޙައްޤުތަކާއި ވާޖިބުތަކުގައި ހަމަހަމަކަން އޮތުމުގެ ގޮތުގައެވެ

b)

އެއީ، (ފިރިހެނުންނާއި އަންހެނުންގެ ތެރެއިން ކޮންމެ ޖިންސަކަށް ވެސް ލިބިގެންވާ) ޙައްޤުތަކާއި ވާޖިބުތަކުގައި ހަމަހަމަކަން އޮތުމުގެ ގޮތުގައެވެ.

c)

ވާޖިބުތަކުގައި ހަމަހަމަކަން އޮތުމުގެ ގޮތުގައެވެ

2.

އިސްލާމް ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ

a)

ދީނީ ވާޖިބުތައް އަދާކުރުމުގައި ހަމަހަމަވުން

b)

ވިޔަފާރި މުދާ މިލްކު ކުރުމުގައި ހަމަހަމަވުން. 

c)

ެބަޔަކަށް އެކަށޭނަ ހުއްދަ ވަޒީފާ އަދާކުރުމުގައި ހަމަހަމަވުން.

d)

ތަޢުލީމު އުނގެނުމުގައި ހަމަހަމަވުން.

e)

ވާރުތަ މުދާ ލިބުމުގައި ހަމަހަމަވުން. 

3.

ސޫރަތުއް ނަޙުލުގެ 97ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިން ވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިން ވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮ ގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ." މި މާނައިން ދޭހަވާވަނީ

a)

މާތްﷲ އަށް އަޅުކަންތައް އަދާކުރުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން.

b)

ކުރާ ޢަމަލުތަކަށް ޖަޒާ ލިބިމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަން.

c)

ޞާލިޙު ޢަމަލެއް ކުރުން

d)

ބާއްޖަވެރި ދިރިއުޅުމެއް އުޅުމުގެ މުހިންމުކަން

4.

އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވާ ޚާއްޞަ މަޤާމު ހާމަވާ ގޮތަކީ

a)

މަންމަގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ޚާއްޞަ ގޮތެއްގައި ޤުރުއާނުގައި އަމުރުކުރައްވަފައިވުން

b)

އަނބީންނާ އެކު ހެޔޮ ގޮތުގައި ދިރިއުޅުމަށް ޤުރުއާނުގައި އަންގަވާފައިވުން.

5.

   މާނައީ "އަދި ހެޔޮ ގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ."  މި ބަސްފުޅުން ދޭހަވަނީ

a)

އަންހެނުންނަށް އޯގާތެރިވުމަށް އިސްލާމްދީނުގައި އަންގަވާފައިވާކަން/ އޯގާތެރިވާން ޖެހޭކަން / ވާޖިބުކަން.

b)

އަންހެނުންނަށް އަނިޔާވެރިވެގެން ނުވާނޭކަން.

c)

ހެޔޮ ގޮތުގައި އެކަނބަލުންނާއެކު އުޅުން