wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

މި ޒަމާނުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

Total questions: 13

Worksheet time: 7mins

Name
Class
Date
1.
ސުވާލު 1: ގޮންޖެހުމުގެ މާނަައަކީ ކޮބާ ؟
a)
ވަކި ކަމެއް ކުރުމުގައި ނުވަތަ ނުކުރުމުގައި، ނުވަތަ ވަކި ކަމެއް ޙާޞިލުކުރުމުގައި ނުވަތަ ނުކުރުމުގައި މެދުވެރިވާ، ޙައްލުކުރަން އުނދަގޫ ކަންތައްތަކެވެ.
b)
ްފޮތް ކިޔުމާއި ފޮތް ކިޔަން ދަސްކުރުމާއި ފޮތް ކިޔުމުގައި ވަގުތު ހޭދަކުރުމެވެ.
c)
ނޭނގޭ ކަންކަން ދެނެގަތުމަށް ކުރެވޭ ދިރާސާތަކެވެ.
2.
ސުވާލު 2: މި ޒަމާނުގައި މުސްލިމުންނަށް ގޮންޖެހުން ކުރިމަތިވެފައި ވަނީ
a)
ސިޔާސީ ގޮތުން
b)
ދީނީ ގޮތުން
c)
މަތީގައިވާ ދެ ޖަވާބު ވެސް ރަނގަޅު
3.
ސުވާލު 3: މި ޒަމާނުގައި އިޤްތިޞާދީ ގޮތުން މުސްލިމުންނަށްވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަތަ ؟
a)
ނޫނެކެވެ.
b)
އާނ އެކެވެ.
4.
ސުވާލު 4: ދީނީ ގޮތުން މި ޒަމާަނުގައި މުސްލިމުން ކުރިމަތިލާން ޖެހިފައިވާ ބައެއް ގޮން ޖެހުންތަކަކީ ކޮބާ ؟
a)
މުސްލިމުންގެ ތެރޭގައި ޢަޤީދާގެ ގޮތުން ތަފާތު އެކިއެކި ޖަމާޢަތްތައް އުފެދިފައިވުން
b)
ޢިލްމުވެރިންގެ ތެރޭގައި ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތް ނޭނގޭ މުޖުތަމަޢުތަކަށް ތަފާތު ރައުޔުތައް ތަޢާރުފްވުމުގެ ސަބަބުން ފިތުނަފަސާދަތައް އުފެދުން
c)
ޣައިރު މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ޤައުމުތަކުގައި އުޅެން މަޖުބޫރުވެފައިވާ މުސްލިމުންނަށް އެބައިމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވުން
d)
މަތީގައި ބަޔާންވި ހުރިހާ ކަމެއް ވެސް ހިމެނޭ
5.
ސުވާލު 4: މުސްލިމު ބައެއް ޖަމާޢަތްތަކުން ޖިހާދުގެ ނަމުގައި އިސްލާމްދީނާ ޚިލާފު އަނިޔާވެރި ބައެއް ޢަމަލުތައް ހިންގުމަކީ މިޒަމާނުގައި މުސްލިމުންނަށް ކުރިމަތި ވެފައިވާ ގޮންޖެހުން ތަކުގެ ތެރެއިން ކޮން ކަހަލަ ގޮން ޖެހުމެއް ؟
a)
އިޖުތިމާޢީ ގޮންޖެހުމެއް
b)
ދީނީ ގޮންޖެހުމެއް
c)
އިޤްތިޞާދީ ގޮންޖެހުމެއް
6.
ސުވާލު 5: މުސްލިމު ބައެއް ޤައުމުތަކުގައި އިސްލާމްދީނާ ޚިލާފަށް ޤާނޫނުތައް ހެދުމާއި އެފަދަ ޤާނޫނުތަކަށް ޙުކުމް ކުރުމަކީ ސިޔާސީ ގޮތުން މުސްލިމުންނަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމުގައި ބެލެވިދާނެތަ ؟
a)
އާނ އެކެވެ. ބެލެވިދާނެއެވެ.
b)
ނޫނެކެވެ. އެއީ ދީނީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
c)
ނޫނެކެވެ. އެއީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
7.
ސުވާލު 6: މި ޒަމާނުގައި އިޤްތިޞާދީ ގޮތުން މުސްލިމުންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ބަޔާން ކުރޭ (ރަނގަޅު ޖަވާބުތައް ފާހަގަ ކުރޭ)
a)
މާލީ މުޢާމަލާތްތަކުގައި ގެންގުޅޭ ފައިސާއަކީ ރަނަށް ބިނާކުރެވިފައިވާ ފައިސާއެއް ކަމުގައި ނުވުމުގެ ސަބަބުން، ކޮންމެފަދަ ވަގުތެއްގައި ވެސް އޭގެ އަގު ވެއްޓިގެން ހިނގައިދާނެކަމުގެ ބިރުއޮތުން
b)
ޣައިރު މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ޤައުމުތަކުގައި އުޅެން މަޖުބޫރުވެފައިވާ މުސްލިމުންނަށް އެބައިމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވުން
c)
މުސްލިމު ބައެއް ޤައުމުތަކުގެ އެތެރޭގެ މައްސަލަތައް ޙައްލުކުރުމުގައި ނުކުޅެދުމުގެ ސަބަބުން، އެ ޤައުމުތަކުގެ އުފެއްދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރުން
8.
ސުވާލު 7: މި ޒަމާނުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ޒަކާތުގެ ނިޒާމު ހަރުދަނާ ނުކުރެވުމުގެ ސަބަބުން، ފަޤީރުންގެ އަދަދު މަދުކުރުމުގައި ނުކުޅެދުމަކީ ކޮން ކަހަލަ ގޮން ޖެހުމެއް ؟
a)
އިޤްތިޞާދީ ގޮންޖެހުމެއް
b)
ދީނީ ގޮންޖެހުމެއް
c)
ސިޔާސީ ގޮންޖެހުމެއް
9.
ސުވާލު 8: އަންނަނިވި ގޮންޖެހުންތަކުގެ ތެރެއިން އިޤްތިޞާދީ ގޮންޖެހުން ތަކުގެ ތެރޭގއި ހިމެނެނީ
a)
މުސްލިމު ބައެއް ޤައުމުތަކުގައި އޮންނަ މާލީ ނިޒާމުތައް ރިބާގެ ތެރެއަށް ގޮސް ހުސްވެފައިވުމުގެ ސަބަބުން، ދަރަންޏާއި ދަރަނިވެރިން އިތުރުވުން
b)
ޣައިރު މުސްލިމުންގެ ޢަޤީދާއާއި ޘަޤާފަތާ ގުޅޭ ކަންކަން މުސްލިމުންގެ ތެރޭގައި ބާރުމިނެއްގައި ފެތުރުން
c)
ތަފާތު އެކި ޤައުމުތަކަށް އެކި ވެރިކަންތަކަށް މުސްލިމުން ބެހިފައިވުމުގެ ސަބަބުން، މުސްލިމުންގެ އާރާއި ބާރު ދެރަވުން
d)
މުސްލިމު ބައެއް ޤައުމުތަކުގައި ދައުލަތުގެ ފައިސާއިން ވައްކަންކުރާކުރުމާއި އިސްރާފުކުރާކުރުން ހުއްޓުވުމުގައި ނުކުޅެދުން
10.
ސުވާލު 9: މި ޒަމާނުގައި ސިޔާސީ ގޮތުން މުސްލިމުންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކަކީ ކޮބާ ؟
a)
ތުރުކީގައި އޮތް ޢުޘްމާނީ ދައުލަތަށް، 20 ވަނަ ޤަރުނުގެ ކުރީކޮޅު ނިމުން ގެނެވުމަށްފަހު، މުސްލިމުން އެއް ދިދައެއްގެ ދަދަށް ގެންދާނޭ އެފަދަ ދައުލަތެއް ޤާއިމުކުރެވިފައި ނުވުން
b)
ބާރުގަދަ ޣައިރު މުސްލިމު ދައުލަތްތަކުން އެބައިމީހުން ބޭނުންވާ، އިސްލާމީ ޢަޤީދާއާއި ޝަރީޢަތާ ޚިލާފު ބައެއް ގޮތްތައް މުސްލިމު ދައުލަތްތަކުން ބަލައިގަތުމަށް ފިއްތުންތައް ކުރިމަތިކުރުން
c)
މުސްލިމް ބައެއް ޤައުމުތަކުގައި ވެރިންނަށް ތިބެނީ ރައްޔިތުންގެ ރުހުމަކާ ނުލައި ގަދަބާރުން ވެރިކަންކުރާ ބަޔަކުކަމުގައިވުމުން، މުސްލިމް އުއްމަތަށްވުރެ، އަމިއްލަ ފައިދާއަށް އެބައިމީހުން އިސްކަންދިނުން
11.
ސުވާލު 10: މި ޒަމާނުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ތަފާތު އެކި ޤައުމުތަކަށް އެކި ވެރިކަންތަކަށް މުސްލިމުން ބެހިފައިވުމުގެ ސަބަބުން، މުސްލިމުންގެ އާރާއި ބާރު ވަނީ ދެރަވެފައެވެ. މި ގޮންޖެހުމަކީ ކޮން ކަހަލަ ގޮން ޖެހުމެއް ؟
a)
ސިޔާސީ ގޮންޖެހުމެއް
b)
ދީނީ ގޮންޖެހުމެއް
c)
އިޖުތިމާޢީ ގޮންޖެހުމެއް
12.
ސުވާލު 11: މި ޒަމާނުގައި އިޖުތިމާޢީ ގޮތުން މުސްލިމުންނަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތަކަކީ ކޮބާ ؟
a)
ޣައިރު މުސްލިމުންގެ ޢަޤީދާއާއި ޘަޤާފަތާ ގުޅޭ ކަންކަން މުސްލިމުންގެ ތެރޭގައި ބާރުމިނެއްގައި ފެތުރުން
b)
އިސްލާމް ދީނުގައި އަންހެނުންނަށް މަތީ ދަރަޖައެއް ދެއްވާފައިވާއިރު ވެސް، ބައެއް މުސްލިމް މުޖުތަމަޢުތަކުގައި އިސްލާމް ދީނުގެ އެންގެވުންތަކާ ޚިލާފަށް އަންހެނުންނާ ދެކޮޅަށް ލާއިންސާނީ ބައެއް ޢަމަލުތައް ހިންގަމުންދިޔުން
c)
މުސްލިމު ބައެއް މުޖުތަމަޢުތަކުގައި ޒިނޭއާއި ފާޙިޝް ޢަމަލުތަކާއި ދެ ޖިންސު މައްސުނިވެގެން ބާއްވާ މިޔުޒިކު ޝޯތައް އިތުރުވަމުން ދިޔުން
d)
މުސްލިމު ބައެއް މުޖުތަމަޢުތަކުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން ދިޔުން. މުސްލިމު ބައެއް މުޖުތަމަޢުތަކުގައި މައިންބަފައިންގެ ޙައްޤުތައް އަދާކުރުމުގައި ދަރިން ފަރުވާކުޑަކުރާ މިންވަރާއި، ދަރިންގެ ޙައްޤުތައް އަދާކުރުމުގައި މައިންބަފައިން ފަރުވާކުޑަކުރާ މިންވަރު މަތިވަމުން ދިޔުން.
e)
މަތީގައި ބަޔާންވި ހުރިހައި ގޮންޖެހުމަކީ ވެސް އިޖުތިމާޢީ ގޮންޖެހުންތަކެއް
13.
ސުވާލު 12: ފިލާވަޅުގެ އަލީގައި މުސްލިމުންނަށް މިޒަމާނުގައި ކުރިމަތިވެފައި ވަނީ ކޮންކަހަލަ ގޮންޖެހުންތަކެއް ހެއްޔެވެ ؟
a)
ދީނީ، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުން ތަކެވެ.
b)
ދީނީ، ސިޔާސީ، އަަދި ކުޅިވަރުގެ ގޮންޖެހުން ތަކެވެ.
c)
ދީނީ، ސިޔާސީ، އިޖްތިމާޢީ އަދި ސިއްހީ ގޮންޖެހުން ތަކެވެ.