Worksheetsތައުބާވުން
Total questions: 25
Worksheet time: 13mins
Name
Class
Date
1.
ސުވާލު 1: ތައުބާވުމަކީ ކޮބާ ؟
a)
ފާފަކުރެވުނުކަމަށްޓަކައި ހިތާމަކޮށް، އެ ފާފަކުރުން ހުއްޓާލައި، އެފަދަ ފާފައަކަށް އަލުން ރުޖޫޢަނުވުމަށް އަޒުމުކަނޑައަޅައި، މާތް ﷲ އަށް ބިރުވެތިވެ، އެކަލާނގެ މަގަށް ރުޖޫޢަވުން
b)
ހިތްއެދޭ ނުބައި ކަންކަން ކުރުމަށް، ނަފްސު އެދޭ އެދުމަށް ތަބާވުމެވެ.
c)
ނުރަނގަޅު ގޮތުގައި ނުވަތަ ޤަވާޢިދާ ޚިލާފަށް ކުރެވުނު ކަމަކަށް އިޢުތިރާފުވެ އެއްބަސްވުން
2.
ސުވާލު 2: ﴿يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތެދުވެރި، އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާ ވާށެވެ!" މި އާޔަތުން ދޭހަވާ ބައެއް މާނަ ފާހަގަކުރޭ
a)
ތައުބާވުމުގެ މުހިންމުކަން
b)
މާތް الله ޤަބޫލުކުރައްވާނީ އިޚްލާޞްތެރި ތައުބާކަން
c)
އިންސާނުންނަށް ފާފަކުރެވޭނެކަން
d)
މަތީގައިވާ ހުރިހާ މާނައެއް ވެސް ދޭހަވޭ
3.
ސުވާލު 3: ތައުބާވުން އެހާ މާތްވެގެންވާ ކަމަކަށްވަނީ ކީއްވެ ؟
a)
މާތް ﷲ ގެ ލޯބި އެމީހަކަށް ލިބިގެންދާނޭ ކަމަކަށްވާތީ
b)
މާތް ﷲގެ ލަޢުނަތް އެމީހަކަށް ލިބިގެންދާނޭ ކަމަކަށްވާތީ
4.
ސުވާލު 4: ﴿إِنَّ اللهَ يُحِب التَّوَّابِيْنَ وَيُحِب المُتَطَهِّرِيْنَ﴾ މާނަ: "ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި ތާހިރުވާ މީހުން ދެކެވެސް އެ އިލާހު ލޯބިވެވޮޑިގެންވެއެވެ." މި އާޔަތުން ދޭހަވާ މާނަތަށް ފާހަގަކުރޭ
a)
ތައުބާވުމަކީ މާތް الله ލޯބިވެވޮޑިގެންވާ ސިފައެއްކަން
b)
ޠާހިރުވުމަކީ މާތް الله ލޯބިވެވޮޑިގެންވާ ސިފައެއްކަން
c)
އިންސާނުންނަށް ފާފަކުރެވޭނެކަން
d)
އިންސާނުންނަކީ މައުޞޫމު ބައެއްކަން
5.
ސުވާލު 5: ތައުބާވުން އެހާ މަތިވެރިކަމަށްވާ ސަބަބަކީ ކޮބާ ؟
a)
އެންމެހާ ހެޔޮކަމަކަށް މަގުފަހިވެގެންދާ ސަބަބަކަށްވުން
b)
ފަލާޙާއި ކާމިޔާބު ލިބުމަށް މަގުފަހިކޮށްދޭ ސަބަބަކަށްވުން
c)
މަތީގައިވާ ދެ ސަބަބު ވެސް ރަނގަޅު
6.
ސުވާލު 6: ތައުބާވުމުގެ ފައިދާތަކުގެ ތެރޭގައި ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރެއްޖެނަމަ ކުރެވިފައިވާ ފާފަތައް ހެޔޮކަންތައްތަކަށް ބަދަލުކޮށްދެއްވުން ހިމެނޭތަ ؟
a)
ނުހިމެނޭ
b)
ހިމެނޭ
7.
ސުވާލު 7: ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. «التّائِبُ مِنَ الذَّنْبِ كَمَنْ لا ذَنْبَ لهُ» މާނައީ: "ފާފައިން ތައުބާވެފައިވާ މީހާ، ފާފައެއް ނުކުރާ މީހަކާ އެއްފަދައެވެ." މި ހަދީޘުން ދޭހަވާ ދެ މާނައެއް ބަޔާން ކުރޭ
a)
ފާފައިން ތައުބާވުމުން ފާފަފުއްސަވާކަން އަދި ތައުބާވުމުގެ މުހިންމުކަން
b)
ތައުބާވުމުގެ މުހިންމުކަން އަދި ފާފައިން ތައުބާ ނުވެވޭނެކަން
c)
އިންސާނުންނަށް ފާފަކުރެވޭނެކަން އަދި ތައުބާވުމުގެ މުހިންމުކަން
8.
ސުވާލު 8: ތައުބާވުމުގައި ވަނީ ކިތައް ޝަރުތު ؟
a)
4
b)
6
c)
5
9.
ސުވާލު 10: ތައުބާވުމަށް އަވަސްވެގަތުން މުހިންމު ވަނީ ކީއްވެ ؟
a)
ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް
b)
ތައުބާވުން ލަސްކުރުމަކީ ފާފަވެރިވާ ކަމެއް
c)
މަތީގައިވާ ދެކަންތައް ވެސް ހިމެނޭ
10.
ސުވާލު 11: މާތް الله ގެ ވަޙީ ބަސްފުޅެެއްގެ މާނައިގައިވެއެވެ. "ތައުބާ ލެއްވުން ﷲގެ ހަޒްރަތުން އޮތްކަން ކަށަވަރީ، ނޭނގި ތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެ ކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) ތައުބާވެ އުޅޭ މީހުންނަށެވެ. ފަހެ ﷲ، އެބައިމީހުންގެ މައްޗަށް ތައުބާ ލައްވައެވެ." މި ބަސްފުޅުން ދޭހަވާ މާނައަކީ ކޮބާ ؟
a)
ތައުބާވުން ލަސްކޮށްގެން ނުވާނެކަން
b)
މާތް الله އީ ތައުބާ ލައްވާ އިލާހުކަން
c)
ތައުބާވުން ލަސްކުރަން ވާނެކަން
d)
ތައުބާވުމުގެ މުހިންމުކަން
e)
ތައުބާވުމަކީ އެހާ މުހިންމުކަމެއް ނޫންކަން
11.
ސުވާލު 12: މަރުވުމަށް ނޭވާހޮޅިއަށް އެޅުމަށްފަހު ވާ ތައުބާ ޤަބޫލުވެވިގެންވާނެތަ ؟
a)
ޤަބޫލުވެވިގެންވާނެއެވެ.
b)
ޤަބޫލުވެވިގެން ނުވާނެއެވެ.
12.
ސުވާލު 13: ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. «إِنَّ اللَّهَ يَقْبَلُ تَوْبَةَ الْعَبْدِ مَا لَمْ يُغَرْغِرْ» މާނައީ: "ހަމަކަށަވަރުން މާތް الله އެކަލާނގެ އަޅާގެ ތައުބާ ޤަބޫލުކުރައްވައެވެ. އޭނާ ނޭވާ ހޮޅިއަށް ނޭޅޭހާ ހިނދަކުއެވެ." މި ހަދީޘުން ދޭހަވާ މާނަ އަކީ ކޮބާ ؟
a)
ތައުބާވުމަށް އަވަސްވެގަންނަން ޖެހޭކަން
b)
މާތް الله އީ ތައުބާ ލައްވާ އިލާހުކަން
c)
މަރު އައިސް ބައްދަލުވުމުގެ ކުރިން ތައުބާ ވެއްޖެނަމަ ޤަބޫލުކުރައްވާނެކަން
13.
ސުވާލު 14: ތައުބާ ނުވުމުގެ 2 ގެއްލުން ބުނެދީ
a)
ފާފަކުރުންމަތީ ވަނިކޮށް މަރާ ބައްދަލުވުން އަދި ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ތިމާއަށް ފައިދާއެއް ނުކުރުން
b)
ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ތިމާއަށް ފައިދާކުރުން އަދި ސުވަރުގެ ދެވުން
c)
ފާފަކުރުންމަތީ ވަނިކޮށް މަރާ ބައްދަ ނުވުން އަދި ސުވަރުގެ ދެވުން
14.
ސުވާލު 15: ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ އަތްމަތި ހުސްވެ އިފްލާސްވެފައިވާ މީހަކީ، ޤިޔާމަތްދުވަހުން الله ގެ ދަރުބާރަށް އަންނަ ހިނދު ނަމާދާއި ރޯދައާއި، ޒަކާތާއި (މިފަދަ ހެޔޮޢަމަލުތަކުގެ ޘަވާބާއި) ގެން އައުމާއެކު ވެސް، އޭނާ ވަނީ އެވެނި މީހަކަށް ހަޑިހުތުރު އެއްޗެހި ކިޔާފައެވެ. އަދި އެވެނި މީހަކަށް ޤަޛުފުކޮށްފައެވެ. އަދި އެވެނި މީހެއްގެ މުދާ ބާޠިލުގޮތުގައި ކައިފައެވެ. އަދި ނުޙައްޤުން އެވެނި މީހެއްގެ ލޭ އޮހޮރުވާލައިފައެވެ. އަދި އެވެނި މީހެއްގެ ގައިގައި ޖަހާފައެވެ. ފަހެ، (އޭނާގެ ފުށުން އަނިޔާ ލިބިފައިވާ) އެވެނި މީހާއަށާއި މިވެނި މީހާއަށް އޭނާ ކޮށްފައިވާ ހެޔޮ ޢަމަލުތަކުން ބަދަލު ދެއްވާހުއްޓެވެ. އަދި އޭނާގެ މައްޗަށްވާ އަނެކުންގެ ޙައްޤުތައް އަދާވެ ނިމުމުގެ ކުރިން, އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެނަމަ، އެބައިމީހުންގެ ނުބައި ޢަމަލުތައް އޭނާ އުފުލަން ޖެހޭނެއެވެ. އަދި އެންމެފަހުން (އެއްވެސް ހެޔޮ ޢަމަލެއްނެތި އަތްމަތި ހުސްވެ, އިފްލާސްވެގެންވާ ހާލު) އޭނާ ނަރަކައަށް އެއްލާލެވޭ ހުއްޓެވެ." މި ބިސްފުޅުން ދޭހަވާ މާނައަކީ ކޮބާ ؟
a)
ތައުބާވުމުގެ މުހިންމުކަން
b)
މީހުންގެ ޙައްޤަށް އެރުމުގެ ނުބައިކަން
c)
ހެޔޮ ޢަމަލުކުރުމުގެ މުހިންމުކަން
d)
މަތީގައިވާ ތިން މާނަ ވެސް މި ބަސްފުޅުން ދޭހަވޭ
15.
ސުވާލު 16: އިބްރާހިމަށް ފާފައެއް ކުރެވިއްޖެއެވެ. އޭނާ ގާތު މީހަކު ތައުބާވާންވާނެޔޭ ބުނުމުން އަހަރެން ތައުބާވީމޭ އޭނާ ބުނިއެވެ. އެކަމަކު އޭނާގެ ތައުބާގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތެވެ. އޭނާގެ ތައުބާ ޤަބޫލުވެވިގެން ދާނެތަ ؟ އަދި ކީއްވެ ؟
a)
އާނ އެކެވެ. އެއީ އޭނާ ތައުބާވި ވާހަކަ ބުނުމުންނެވެ.
b)
ނޫނެކެވެ. އެއީ ތައުބާވުމުގެ ޝަރުތުތަކުގެ ތެރޭގައި ﷲ އަށް އިޚްލާޞްތެރިވުން ހިމެނޭތީއެވެ.
16.
ސުވާލު 17: އިބްރާހީމަށް ކުރެވުނު ފާފައާ މެދު އެއްވެސް ވަރަކަށް ދެރަވެ ހިތާމައެއް ނުކުރެއެވެ. މި ފަދަ ހާލަތެއްގައި ހުރެ ތައުވެއްޖައިމޭ ބުނިކަމުގައިވިޔަސް އެ ތައުބާ ފުރިހަމަވާނެ ހެއްޔެވެ ؟
a)
ނުވާނެއެވެ.
b)
ވާނެއެވެ.
17.
ސުވާލު 18: އިބްރާހިމަށް ކުރެވުނީ ފާފައެއްކަން އެނގި އެކަމުން އޭނާ ތައުބާވިއެވެ. އެކަމަކު އޭނާ އެ ފާފަކުރުން އަދިވެސް ހުއްޓައިނުލައެވެ. އޭނާގެ ތައުބާ އާމެދު ކިޔެވި ފިލާވަޅުގެ އަލީގައި ދަރިވަރު ބުނާނީ ކީކޭ ؟
a)
ކުރަމުންދާ ފާފަކުރުން ހުއްޓާލުމަކީ ތައުބާގެ ޝަރުތެކެވެ. އޭނާ ތައުބާގެ ޝަރުތުތައް އަދި ފުރިހަމައެއް ނުކުރެއެވެ.
b)
ކުރަމުންދާ ފާފަކުރުން ހުއްޓާލުމަކީ ތައުބާގެ ޝަރުތެކެވެ. އެހެންނަމަވެސް އެ ޝަރުތައި ނުލައިވެސް ތައުބާ ޤަބޫލުވެވިގެންވާނެއެވެ.
18.
ސުވާލު 19: އިބްރާހިމް ވަނީ ޢަލީގެ އަތުން 10000 ރުފިޔާ ވަގަށް ނަގާފައެވެ. އިބްރާހިމް ތައުބާވާން ބޭނުންވިއެވެ. އެކަމަކު އެ 10000 ރުފިޔާ އަނބުރާ ޢަލީއަށް ދޭކަށް ބޭނުމެއް ނުވެއެވެ. އިބްރާހީމްގެ ތައުބާ ޤަބޫލުކުރެވޭނެ ހެއްޔެވެ ؟
a)
އާނ އެކެވެ. އެ ރުފިޔާ ޢަލީއާ ހަވާލު ނުކުރިޔަސް ތައުބާ ޤަބޫލުވެވިގެންވާނެއެވެ.
b)
ނޫނެކެވެ. މީހެއްގެ ހައްޤެއްވާނަމަ އެހައްޤު އަދާކުރުން، ނުވަތަ އެކަމަކުން ބަރީޢަވުމަކީ ތައުބާގެ ޝަރުތެކެވެ. އެހެންކަމުން ތައުބާ ފުރިހަމަވާނީ ޢަލީ އަށް އެ 10000 ރުފިޔާ ހަވާލުކުރުމުންނެވެ.
19.
ސުވާލު 20: ތައުބާވުމަކީ ކޮންމެ މުސްލިމަކަށް ވެސް ވާޖިބެއްތަ ؟
a)
ނޫން ސުންނަތެއް
b)
ލައްބަ ވާޖިބެއް
20.
ސުވާލު 21: ތައުބާވުން ލަސްކުރުމަކީ ފާފަވެރިވާނެ ކަމެއްތަ ؟
a)
ފާފަވެރިއެއް ނުވާނެއެވެ.
b)
ފާފަވެރިވާނެއެވެ.
21.
ސުވާލު 22: މާތް الله ގެ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَّصُوحًا﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲ އަށް ތައުބާވާށެވެ!" މި އާޔަތުން ދޭހަވާ ތައުބާވުމުގެ ޝަރުތެއް ބުނެދީ
a)
ކުރެވުނު ފާފަތަކާއިމެދު ދެރަވެ ހިތާމަކުރުން
b)
ކުރަމުންދާ ފާފަކުރުން ހުއްޓާލުން
c)
އިޚްލާޞްތެރިކަމާއެކު ތައުބާވުން
22.
ސުވާލު 23: އަންނަނިވި ކަންތައްތަކުގެ ތެރެއިން ތައުބާވުން އަވަސްކުރުން މުހިންމު ކަންކަން ފާހަގަކުރޭ
a)
ސުވަރުގެވަންތަވެރިއަކަށް ވެދާނެތީ
b)
ނަރަކަވަންތަވެރިއަކަށް ވެދާނެތީ
c)
މާތް ﷲ ރުއްސަވާ ކަމަކަށްވުން
d)
ހެޔޮ ޢަމަލުތައް ބޭކަރު ވެދާނެތީ
23.
ސުވާލު 24: އިބްރާހިމު ކުރެވުނު ފާފައަށް ތައުބާވިއެވެ. އެކަމަކު ދެން އެ ފާފަ ނުކުރަން އޭނާ އަޒުމު ކަނޑައެއް ނާޅައެވެ. އޭނާގެ ތައުބާ ފުރިހަމަ ހެއްޔެވެ ؟
a)
ނޫނެކެވެ.
b)
އާނއެކެވެ.
24.
ސުވާލު 25: ތައުބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަމުގައި ވާއިރު އެކަން ނުކޮށް ހުރުމަކީ ރަނގަޅު ކަމެއް ހެއްޔެވެ ؟
a)
ރަނގަޅު ކަމެއް ނޫނެވެ.
b)
ހަމަ އެންމެ ރަނގަޅު ކަމެކެވެ.
25.
ސުވާލު 26: އިބްރާހިމަށް ރަށުތެރޭގައި ގޯސް ޢަމަލެއް ކުރެވުނެވެ. އަދި އޭގެ ސަބަބުން މީސްތަކުންގެ ނުރުހުން އޭނާއަށް ކުރިމަތިވާންފެށިއެވެ. އެހެންވެ އެކަމުން ސަލާމަތްވުމަށް ރަށު މީހުންގާތު އޭނާ ތައުބާ އިއުލާނުކޮށް ތައުބާވިއެވެ. އިބްރާހިމުގެ ތައުބާ ރަނގަޅު ހެއްޔެވެ؟ އަދި ރަނގަޅު ނޫންނަމަ ސަބަބު ބަޔާންކުރޭ
a)
އޭނާގެ ތައުބާ ރަނގަޅެވެ.
b)
އޭނާގެ ތައުބާ ރަނގަޅެއް ނޫނެވެ. އެއީ ދެއްކުންތެރިކަން އެކުލެވި މާތް ﷲ އިޚްލާޞްތެރިކަމާއެކު ވެވުނު ތައުބާއަކަށް ނުވާތީއެވެ.
100 %
