wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ހަވާނަފްސަށް ތަބާވުން

Total questions: 27

Worksheet time: 14mins

Name
Class
Date
1.
ސުވާލު 1: ހަވާނަފްސު މި ބަހުގެ މާނައަކީ ކޮބާ ؟
a)
ހިތްއެދޭ، ނުބައި ކަންކަން ކުރުމަށް ނަފްސު އެދޭ އެދުމަށް
b)
ހިތްއެދޭ، ހެޔޮ ކަންކަން ކުރުމަށް ނަފްސު އެދޭ އެދުމަށް
2.
ސުވާލު 2: ހަވާނަފްސަށް ތަބާވުމަކީ ކޮބާ ؟
a)
ޤައުމުވެރި މީހާ އަންގާ އެންގުންތަކަށް ތަބާވުން
b)
ހިތްއެދޭ ނުބައި ކަންކަން ކުރުމަށް، ނަފްސު އެދޭ އެދުމަށް ތަބާވުމެވެ.
3.
ސުވާލު 3: އަންނަނިވި ކަންތައްތަކުގެ ތެރއިން ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން ފާހަގަ ކުރޭ
a)
ޙައްޤު މަގުން އެއްކިބާވެ، ހެޔޮބަސް އިވުމުން ދުރުހެލިވެގެން ދިއުން
b)
ނަރަކައިގެ ޢަޒާބަށް ހުށައެޅިގެން ހިނގައިދާނެ ކަމަކަށް ކަމަށްވުން
c)
މާތް ﷲ ގެ މަތިވެރިކަމާއި އެކަލާނގެ ކުޅަދުންވަންތަކަމާއި، އެކަލާނގެ ޛާތުފުޅު އެނގޭ މިންވަރު ކުޑަވުން
d)
މަތީގައިވާ ހުރިހާ ކަމެއް ވެސް ހިމެނޭ
4.
ސުވާލު 4: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿أَفَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ وَأَضَلَّهُ اللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّهِ ۚ أَفَلَا تَذَكَّرُونَ﴾ މާނައީ: "ފަހެ އެ މީހެއްގެ އެދުންތައް އެއީ، އެ މީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދާ، އަދި އިލްމު ލިބިފައިވުމާއެކު ވެސް، الله އެ މީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެ މީހަކަށް ތެދުމަގު ދައްކާނީ ފަހެ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟" މި އާޔަތުން ދޭހަވާ މާނަ އަކީ ކޮބާ ؟
a)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން
b)
ތެދުމަގު ދައްކަވާ ފަރާތަކީ މާތް الله ކަން
c)
އަޑު އިވުމުގެ ނިޢުމަތުގެ މާތްކަން
5.
ސުވާލު 5: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّهِ ۚ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ﴾ މާނައީ: "އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން ބިމުގައި ޚަލީފާއެއްކަމުގައި ތިމަން އިލާހު ކަލޭގެފާނު ލެއްވީމެވެ. ފަހެ ކަލޭގެފާނު މީސްތަކުންގެ މެދުގައި ހައްގު ގޮތުގައި ހުކުމް ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބާ ވެވަޑައިނުގަންނަވާށެވެ! ފަހެ އޭރުން ކަލޭގެފާނު ﷲގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން ﷲގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) ހިސާބު ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެބައިމީހުންނަށް ގަދަވެގެންވާ އަޒާބު ހުއްޓެވެ." މި އާޔަތުން ދޭހަވާ މާނަ އަކީ ކޮބާ
a)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން
b)
ޙައްޤަށް ހުކުމް ކުރުމަކީ ވާޖިބެއްކަން
c)
ހިސާބު ބައްލަވާނޭ ދުވަހެއް އަންނާނެކަން
d)
ަމަތީގައިވާ ހުރިހާ ޖަވާބެއް ވެެސް ދޭހަވާ މާނައިގެ ތެރޭގައި ހިމެނޭ
6.
ސުވާލު 6 : ހަވާނަފްސަށް ތަބާވާ މީހުންނާ ރަޙްމަތްތެރިވެ އެފަދަ މީހުންނާއެކު ގިނަވަގުތު ހޭދަކުރުން ހަވާނަފްސާށް ތަބާވުމަށް މަގުފަހިވާ ސަަބަބެއްތަ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
7.
ސުވާލު 7: ހަވާނަފްސަށް ތަބާވެވޭ 2 ސަބަބު ބަޔާންކުރޭ
a)
މާތް ﷲ ގެ މަތިވެރިކަމާއި އެކަލާނގެ ކުޅަދުންވަންތަކަމާއި، އެކަލާނގެ ޛާތުފުޅު އެނގޭ މިންވަރު ކުޑަވުން އަދި ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަން އެނގޭމިންވަރު ކުޑަވުން
b)
ދުނިޔޭގެ އުފާތަކަށް ލޯބިކުރުމާއި، އެކަންކަމަށް ނަފްސު ލެނބުން އަދި ކުޑައިރުން ފެށިގެން ހަވާނަފްސަށް ތަބާވަމުން ދިއުން
c)
މަތީގައިވާ ހުރިހާ ކަމެއް ވެސް ހިމެނޭ
8.
ސުވާލު 8: ހަވާނަފްސަށް ތަބާވުމުގެ ނަތީޖާ ރަނގަޅަށް އެނގިފައިވާ މީހަކަށް ހަވާނަފްސަށް ތަބާވުމުގެ ފުރުސަތު ބޮޑުވާނެތަ ؟
a)
ނުވާނެއެވެ.
b)
ވާނެއެވެ.
9.
ސުވާލު 9: ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލުމަކީ ހަވާނަފްސަށް ތަބާވުމުގެ ސަބަބެއްތަ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
10.
ސުވާލު 10: އަންނަނިވި ކަންތައް ތަކުގެ ތެރެއިން ހަވާނަފްސަށް ތަބާވުން ލިބޭ ގެއްލުންތައް ފާހަގަ ކުރޭ
a)
މީހާ ތެދުމަގުގައި ހުރުމަށް ފަސޭހަވުން
b)
ތެދުމަގުން މީހާ އެއްކިބާވުން
c)
މާތް ﷲ ގެ ޢަޒާބަށް ހުށައެޅުން
d)
މާތް ﷲ ގެ ޘަވާބު ލިބުން
e)
ހިތުގައި ސިއްކަޖެހި ޤުރްއާނުންނާއި ނަސޭހަތުން ފައިދާއެއް ނުލިބޭ ބަޔެއްކަމުގައި ވެގެން ދިޔުން
11.
ސުވާލު 11: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰ إِذَا خَرَجُوا مِنْ عِندِكَ قَالُوا لِلَّذِينَ أُوتُوا الْعِلْمَ مَاذَا قَالَ آنِفًا ۚ أُولَـٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَاتَّبَعُوا أَهْوَاءَهُمْ﴾ މާނައީ: "އެބައިމީހުންގެ ތެރެއިން (އެބަހީ: ކާފިރުންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެބައިމީހުން ނުކުންނަހިނދު، އިލްމު ލިބިގެންވާ މީހުންނަށް އެބައިމީހުން ބުނެއެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެބައިމީހުންނީ، ﷲ އެބައިމީހުންގެ ހިތްތަކުގައި ސިއްކަޖައްސަވައި، ބަންދު ކުރައްވާފައިވާ މީހުންނެވެ. އަދި އެބައިމީހުންނީ އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކަށް ތަބާ ވެގެންވާ މީހުންނެވެ." މި އާޔަތުން ދޭހަވާ މާނައަކީ ކޮބާ ؟
a)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން
b)
މާތް الله މަގުފުރައްދަވައިފި މީހަކަށް ތެދުމަގެއް ނުލިބޭނެކަން
c)
ކާފިރުންގެ ނުބައިކަން
12.
ސުވާލު 12: ތެދުމަގަށް ތައުފީޤު ލިބުމުގެ މަގުތައް ބަންދުވުމުގެ ސަބަބަކަށް ހަވާނަފްސަށް ތަބާވުން ވާނެތަ ؟
a)
ވާނެއެވެ.
b)
ނުވާނެއެވެ.
13.
ސުވާލު 13: "ފަހެ އެ މީހެއްގެ އެދުންތައް އެއީ، އެ މީހަކު އަޅުކަންކުރާ އިލާހެއްކަމުގައި ހަދާ، އަދި އިލްމު ލިބިފައިވުމާއެކުވެސް، ﷲ އެ މީހަކު މަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަޖައްސަވައި، އަދި އޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ﷲ މެނުވީ އެ މީހަކަށް ތެދުމަގު ދައްކާނީ ފަހެ ކާކުހެއްޔެވެ؟ ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟" މި ބަސްފުޅުން ދޭހަވާ މާނައަކީ ކޮބާ ؟
a)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން ، ތެދުމަގު ދައްކަވާ ފަރާތަކީ މާތް الله ކަން އަދި އަޑު އިވުމުގެ ނިޢުމަތުގެ މާތްކަން
b)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން ، ތެދުމަގު ދައްކަވާ ފަރާތަކީ މާތް الله ކަން އަދި ލޮލަށް ފެނުމުގެ ނިޢުމަތުގެ މާތްކަން
c)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން ، ތެދުމަގު ދައްކަވާ ފަރާތަކީ މާތް الله ކަން އަދި ރަހަލުމުގެ ނިޢުމަތުގެ މާތްކަން
14.
ސުވާލު 14: ހަވާނަފްސަށް ތަބާވުމުގެ ސަބަބުން ގެއްލުމާއި ހަލާކަށް އިންސާނާ ހުށަހެޅިގެންދާނެތަ ؟
a)
ނުދާނެއެވެ.
b)
ދާނެއެވެ.
15.
ސުވާލު 15: ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. «ثَلَاثٌ مُهلِكَاتٌ: شُحٌّ مُطَاعٌ، وَهَوًى مُتَّبَعٌ ، وَإِعْجَابُ الـمَرْءِ بِنَفْسِهِ». މާނައީ: "ހަލާކު ކުރުވަނިވި ތިން ކަމެއް ވެއެވެ. އެއީ؛ ދަހިވެތިމަކާއި، ހަވާނަފްސަށް ތަބާވުމާއި، އަމިއްލަ ނަފްސާމެދު ފަޚުރުވެރިވުމެވެ." މި ބަސްފުޅުން ދޭހަވާ މާނައަކީ ކޮބާ ؟
a)
އަމިއްލަ ނަފްސާމެދު ފަޚުރުވެރިވުމުގެ ނުބައިކަން
b)
ދަހިވެތިކަމުގެ ނުބައިކަން
c)
ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން
d)
ހަވާނަފްސަށް ތަބާވުމުގައި ހުރި ހެޔޮކަން
16.
ސުވާލު 16: ހަވާނަފްސަށް ތަބާވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން 2 ކަމެއް ފާހަގަކުރޭ
a)
ތެދުމަގަށް ތައުފީޤު ލިބުމުގެ މަގުތަށް ބަންދުވުމުގެ ސަބަބަކަށްވުން އަދި ގެއްލުމާއި ހަލާކަށް އިންސާނާ ހުށަހެޅިގެންދާ ކަމަކަށްވުން
b)
ގެއްލުމާއި ހަލާކަށް އިންސާނާ ހުށަހެޅިގެންދާ ކަމަކަށްވުން އަދި ބުއްދިއާއި އިލްމު ނެތިގޮސް ހިތް ފަސާދަވުން
c)
މަތީގައިވާ ދެ ޖަވާބު ވެސް ރަނގަޅު
17.
ސުވާލު 17: އަންނަނިވި ކަންތައްތަކުގެ ތެރެއިން ހަވާނަފްސަށް ތަބާނުވުމުން ލިބޭ ފައިދާތައް ފާހަގަ ކުރޭ
a)
އެހެންމީހުންގެ އިޙުތިރާމުލިބުން
b)
އެހެންމީހުންގެ ނުރުހުން ލިބުން
c)
ދުނިޔޭގައި ދިމާވާ މުޞީބާތްތަކުން ސަލާމަތްވުމާއި ދިމާވާ މުޞީބާތްތަކަށް ކެތްތެރިވާން ފަސޭހަވުން
d)
އެއްގޮތެއްގެމަތީ ސާބިތުވެ ހުންނަން ފަސޭހަވުން
e)
އެއްގޮތެއްގެމަތީ ސާބިތުވެ ހުންނަން އުނދަގުވުން
18.
ސުވާލު 18: ހަވާނަފްސަށް ތަބާނުވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ލިބުން ހިމެނޭ ހެއްޔެވެ ؟
a)
ނުހިމެނެއެވެ.
b)
ހިމެނެއެވެ.
19.
ސުވާލު 19: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ * فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ﴾ މާނައީ: " އަދި އެ މީހާގެ ރައްބުގެ ހަޒްރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެ މީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ ހަމަކަށަވަރުން އެ މީހާ އުޅޭނެ ތަނަކީ ސުވަރުގެއެވެ." މި އާޔަތުން ދޭަހަވާ މާނައަކީ ކޮބާ ؟
a)
(1) އަދި (2) ރަނގަޅު
b)
(1) ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން އަދި الله އަށް ބިރުވެތިވުމުގެ މުހިންމުކަން
c)
(2) ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން އަދި ސުވަރުގޭގެ މާތްކަން
d)
(3) ހަވާނަފްސަށް ތަބާވުމުގެ ނުބައިކަން އަދި ނަރަކައިގެ ބިރުވެރިކަން
e)
(1) އަދި (3) ރަނގަޅު
20.
ސުވާލު 20: އަންނަނިވި ކަންތައްތަކުގެ ތެރެއިން ހަވާނަފްސަށް ތަބާވުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރޭ
a)
މާތް ﷲ ގެ މަތިވެރިކަމާއި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަމީހުންނަށް ހުރި ނިޢުމަތްތަކުގެ މަތިވެރިކަން ދެނެގަތުން
b)
ހަވާނަފްސުގެ ނުބައިކަމުން ރައްކާތެރިކުރެއްވުން އެދި ގިނަގިނައިން މާތް ﷲ އަށް ދުޢާ ދެންނެވުން
c)
މާތް ﷲ އީ، އެކަލާނގެއަށް އުރެދޭ މީހުންނަށް ޢަޛާބުދެއްވުމުގައި ގަދަފަދަވެގެންވާ ރަސްކަލާނގެކަމާއި، އެކަލާނގެއަށް އުރެދޭ މީހުންނަށް ހުރި ޢަޛާބުގެ ގަދަފަދަކަން ދެނެގަތުން
21.
ސުވާލު 21: ޢިލްމުގެ އަހުލުވެރިންނާއި، މާތް ﷲ އަށް ކިޔަމަންތެރިވާ ޞާލިޙު ރަނގަޅު މީހުންނާއެކު އުޅުމަކީ ހަވާނަފްސަށް ތަބާވުމުން ދުރުހެލިވުމަށް ކުރެވިދާނެ ކަމެއްތަ ؟
a)
އާއެކެވެ.
b)
ނޫނެކެވެ.
22.
ސުވާލު 22: އިބްރާހިމަކީ ވަރަށް ގިނައިން މާތް ﷲ ނަހީކުރެއްވި ކަންކަމުން ދުރުވޭތޯ ދުޢާ ކުރާ މީހެކެވެ. މީގެ ސަބަބުން އިބްރާހިމަށް ލިބޭނެ ފައިދާއަކީ ކޮބާ ؟
a)
އިބްރާހިމުގެ ހަވާނަފްސަށް ތަބާވުމުގެ ފުރުސަތު ބޮޑުވުން
b)
އިބްރާހިމުގެ ހަވާނަފްސަށް ތަބާވުމުގެ ފުރުސަތު ކުޑަވުން
23.
ސުވާލު 23: އިބްރާހިމަކީ ރަށުގައި އުޅޭ ދީނީ ޢިލްމުވެރިއަކާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރާ މީހެކެވެ. މިސްކިތުން ބައްދަލުވިޔަސް ސުވާލުކޮށް ދީނީ މަޢުލޫމާތު އޮޅުންފިލުވައި ހަދައެވެ. އެކަމަކު ޢަލީއަކީ އެހާ ދީނީ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ މީހެއް ނޫނެވެ. އަދި ރަށުގައި އުޅޭ ދީނީ ޢިލްމުވެރިޔާއާ ވެސް ބައްދަލުކޮށް ނޫޅެއެވެ. މި ދެމީހުންގެ ތެރެއިން ހަވާނަފްސަށް ތަބާވުމުގެ ފުރުސަތު ބޮޑީ ކާކަށް ހެއްޔެވެ ؟
a)
އިބްރާހިމުގެ
b)
ޢަލީގެ
24.
ސުވާލު 24: ފަރީދަކީ ހިތްއެދޭ ނުބައި ކަންކަން ކުރުމަށް، ނަފްސު އެދޭ އެދުމަށް ތަބާވާމީހެކެވެ. ފަރީދަކީ ކޮންކަހަލަ މީހެއް ހެއްޔެވެ ؟
a)
ހަވާނަފްސާ އިދިކޮޅަށް މަސައްކަތްކުރާ މީހެއް
b)
ހަވާނަފްސަށް ތަބާވާ މީހެއް
25.
ސުވާލު 25: މާޒިންއަށް މިޔުޒިކުޖެހުމަކީ ގޯސްކަމެއްކަން އެނގެއެވެ. އެކަމަކު ވެސް އެކަން ހުއްޓާލަން އޭނާއަށް އުނދަގުލެވެ. މިގޮތަށް ހަވާނަފްސަށް ތަބާވެވޭ މީހަކަށް އަންނަނިވި ކަންތައްތަކުގެ ތެރެއިން ނަސޭހަތަކަށް ބުނެވިދާނެ ކަންކަން ފާހަގަކުރޭ
a)
ހަވާނަފްސުގެ ނުބައިކަމުން ރައްކާތެރިކުރެއްވުން އެދި ގިނަގިނައިން މާތް ﷲ އަށް ދުޢާ ކުރާށެވެ.
b)
މާތް ﷲ ގެ މަތިވެރިކަމާއި އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަންނަމީހުންނަށް ހުރި ނިޢުމަތްތަކުގެ މަތިވެރިކަން ދެނެގަންނާށެވެ.
c)
ޢިލްމުގެ އަހުލުވެރިންނާއި، މާތް ﷲ އަށް ކިޔަމަންތެރިވާ ޞާލިޙު ރަނގަޅު މީހުންނާއެކު އުޅޭށެވެ.
26.
ސުވާލު 26: އިބްރާހިމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އޭނާއަށް އެކަން އެނގޭ އިރު ވެސް ހުއްޓާލުމަށް މަސައްކަތެއް ނުކުރެއެވެ. މި ގޮތުގައި އޭނާ ދެމިހުންނަނަމަ އޭނާއަކީ ހަވާނަފްސަށް ތަބާވާ މީހެކެވޭ ބުނެވިދާނެ ހެއްޔެވެ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
27.
ސުވާލު 27: އަހްމަދު އަބަދު ވެސް ވިސްނަނީ ދުނިޔެވީ އުފާވެރިކަން ހޯދާށެވެ. އުޚްރަވީ ހަޔާތެއް ވާކަން އަހްމަދު ގިނަ ފަހަރު ހަނދާނެއް ނުހުރެއެވެ. ދުނިޔެވީ ކަންކަމަށް ޖެހިފައި ހުރި ލޯތްބެއްގެ ސަބަބުންނެވެ. މީގެ ސަބަބުން އަހްމަދަށް ހަވާނަފްސަށް ތަބާވުމަށް ފަސޭހަވާނެ ހެއްޔެވެ؟
a)
ނޫނެކެވެ.
b)
އާނއެކެވެ.