Worksheetsފިކުރީ މަޒުހަބުތައް
Total questions: 22
Worksheet time: 11mins
Name
Class
Date
1.
ސުވާލު 1: ތިރީގައިވާ މާނަތަކުގެ ތެރެއިން ދިވެހި ބަހުގައި ފިކުރުގެ މާނައިގެ ތެރޭގައި ހިމެނެނީ ކޮން މާނަތަކެއް ؟
a)
ޚިޔާލު
b)
ވިސްނުން
c)
ކަންބޮޑުވެގެންވާ ހާސް
d)
ސިކުނޑި
2.
ސުވާލު 2: ދިވެހި ބަހުގައި ފިކުރު އެއް މާނައަށްވުރެ ގިނަ މާނައިގާ ކުރެވޭ އިރު، ބުއްދި އެ މާނަތަކުގެ ތެރޭގަައި ހިމެނޭތަ ؟
a)
ބުއްދި، ފިކުރުގެ މާނައިގާ ހިމެނެއެވެ.
b)
ބުއްދި، ފިކުރުގެ މާނައިގާ ނުހިމެނެއެވެ.
3.
ސުވާލު 3: ދިވެހި ބަހުގައި މަޒުހަބުގެ މާނައަކީ ކޮބާ ؟
a)
އެއްފަހަރާ ބައިވަރު ތަކެތި ވިއްކާލުމަށް ކިޔާ ނަމެއް
b)
މީހަކު ނުވަތަ ބަޔަކު ތަބާވާ ގޮތް
c)
ބަޔަކު މީހުން މަންޒިލަކަށް ކުރާ ދަތުރު
4.
ސުވާލު 4: ފިކުރީ މަޒުހަބުގެ މާނައަކީ ކޮބާ ؟
a)
ވަޙީގެ މައްޗަށް ބިނާކުރުމެއް ނެތި، އިންސާނާ އޭނާގެ އަމިއްލަ ވިސްނުމުން އުފަންކުރުވާ، އަދި ބަޔަކު މީހުން އެއަށް ތަބާވާ ޚިޔާލުތަކާއި ގޮތްތައް
b)
ވަޙީގެ މައްޗަށް ބިނާކޮށް އަދި އިންސާނާ އޭނާގެ އަމިއްލަ ވިސްނުމުން އުފަންކުރުވާ، އަދި ބަޔަކު މީހުން އެއަށް ތަބާވާ ޚިޔާލުތަކާއި ގޮތްތައް
c)
ވަޙީގެ މައްޗަށް ބިނާކުރުމެއް ނެތި، އިންސާނާ އޭނާގެ އަމިއްލަ ވިސްނުމުން އުފަންކުރުވާ، އަދި އެއްވެސް ބަޔަކު މީހުން އެއަށް ތަބާވާ ނުވާ ޚިޔާލުތަކާއި ގޮތްތައް
5.
ސުވާލު 5: އަންނަނިވި މަޒުހަބުތަކުގެ ތެރެއިން ފިލާވަޅުގެ އަލީގައި މި ޒަމާނުގެ ބައެއް މަޒުހަބުތައް ފާހަގަކުރޭ
a)
ބުދިސްޓުން
b)
އެތީސްޓުން
c)
ސެކިޔުލަރިސްޓުން
d)
ޒަޔަނިސްޓުން
e)
ސައިކޮލޮޖިސްޓުން
6.
ސުވާލު 6: ޤުރްއާނިއްޔޫން އަކީ ފިކުރީ މަޒުހަބުތަކެއް ތެރެއިން މަޒުހަބެއްތަ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
7.
ސުވާލު 7: ޤުރްއާނިއްޔޫން އަކީ ކޮބާ ؟
a)
އިސްލާމްދީނުގެ ހަމައެކަނި މަޞްދަރަކީ ކީރިތި ޤުރްއާން ކަމަށް ޤަބޫލުކުރާ މީހުން.
b)
އިސްލާމްދީނުގެ ހަމައެކަނި މަޞްދަރަކީ އިންޖީލު ކަމަށް ޤަބޫލުކުރާ މީހުން.
c)
އިސްލާމްދީނުގެ ހަމައެކަނި މަޞްދަރަކީ ތައުރާތު ކަމަށް ޤަބޫލުކުރާ މީހުން.
8.
ސުވާލު 8: ޤުރްއާނިއްޔޫންގެ މައިގަނޑު ބައެއް މަޤްޞަދުތަކަކީ ކޮބާ ؟
a)
ޤުރްއާނުން ސީދާ އެނގެން އޮތް މިންވަރު އެކަނި ޤަބޫލުކުރުމާއި، އެ މިންވަރަށް އެކަނި ޢަމަލުކުރުން
b)
ޙަދީޘްތަކަށް އިންކާރުކުރުމާއި ޢަމަލުނުކުރުން
c)
މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެއްދުން
d)
މަތީގައިވާ ހުރިހާ ޖަވާބެއް ވެސް ރަނގަޅެވެ.
9.
ސުވާލު 9: ޒަޔަނިސްޓުންނަކީ ކޮބާ ؟
a)
ބަނޫ އިސްރާއީލުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް އެދޭ މީހުން.
b)
ބަނޫ އިސްރާއީލުގެ ބިމުގައި ނަޞާރާ ދައުލަތެއް ޤާއިމުކުރުމަށް އެދޭ މީހުން.
c)
ބަނޫ އިސްރާއީލުގެ ބިމުގައި އިސްލާމީ ދައުލަތެއް ޤާއިމުކުރުމަށް އެދޭ މީހުން.
10.
ސުވާލު 10: ބަނޫ އިސްރާއީލުގެ ބިމަކީ މިހާރު ކޮން ސަރަހައްދެއްގައި ހިމެނޭ ބިިމެއް ؟
a)
ޕާކިސްތާން ސަރަހައްދު
b)
އިންޑޮނޭޝިޔާ ސަރަހައްދު
c)
ފަލަސްޠީން ހިމެނޭ ސަރަހައްދު
11.
ސުވާލު 11: އަންނަނިވި ކަންތައްތަކުގެ ތެރެއިން ޒަޔަނިސްޓުންގެ މައިގަނޑު ބައެއް މަޤްޞަދުތައް ފާހަގަކުރޭ
a)
އިޒްރޭލު ދައުލަތް ކުރިއަރުވައި، އެ ދައުލަތަށް ޙިމާޔަތްދިނުމަށް މަސައްކަތްކުރުން
b)
ޙަދީޘްތަކަށް އިންކާރުކުރުމާއި ޢަމަލުނުކުރުން
c)
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތައް ފޮރުވަން، ލޮބީ ޙަރަކާތްތައް ކުރިއަށްގެންދިޔުން
d)
މުޢުޖިޒާތްތަކަކީ ޙަޤީޤަތެއް ނޫން ކަމަށް ދައްކަން މަސައްކަތްކުރުން
12.
ސުވާލު 12: ތަންޞީރީ ޙަރަކާތަކީ ކޮބާ ؟
a)
ބަނޫ އިސްރާއީލުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް އެދޭ މީހުން.
b)
މީސްތަކުން ނަޞާރާ ދީނަށް ވެއްދުމަށް މަސައްކަތްކުރާ ޙަރަކާތެއް.
c)
އާންމުކޮށް އިރުމަތީގެ ޤައުމުތަކުގައި އޮންނަ ދީންތަކާ ގުޅޭގޮތުން ދިރާސާކުރާ، ޚާއްޞަކޮށް އިސްލާމްދީނާ ގުޅޭގޮތުން ދިރާސާކުރާ، ހުޅަނގުގެ ޣައިރު މުސްލިމުން.
d)
އިލާހަކު ވާކަމަށް އިންކާރުކުރާ މީހުން.
13.
ސުވާލު 13: އޮރިއެންޓަލިސްޓުންނަކީ ކޮބާ ؟
a)
މީސްތަކުން ނަޞާރާ ދީނަށް ވެއްދުމަށް މަސައްކަތްކުރާ ޙަރަކާތެއް.
b)
އިލާހަކު ވާކަމަށް އިންކާރުކުރާ މީހުން.
c)
އާންމުކޮށް އިރުމަތީގެ ޤައުމުތަކުގައި އޮންނަ ދީންތަކާ ގުޅޭގޮތުން ދިރާސާކުރާ، ޚާއްޞަކޮށް އިސްލާމްދީން ގުޅޭގޮތުން ދިރާސާކުރާ، ހުޅަނގުގެ ޣައިރު މުސްލިމުން.
14.
ސުވާލު 14: ތަންޞީރީ ޙަރަކާތުގެ މައިގަނޑު ދެ މަޤްޞަދެއް ބަޔާންކުރޭ
a)
ނަޞާރާ ދީނުގެ ޤަބޫލުކުރުންތައް ހިމެނޭ ތަކެތި ތައްޔާރުކޮށް ފެތުރުން އަދި ޙާލުގައި ޖެހިފައި ތިބޭ އެހެނިހެން ދީންތަކުގެ މީހުން ނަޞާރާ ދީނަށް ވެއްދުމަށް ސީދާކޮށާއި ނުސީދާކޮށް މަޖުބޫރުކުރުން
b)
ނަޞާރާ ދީނުގެ ޤަބޫލުކުރުންތައް ހިމެނޭ ތަކެތި ތައްޔާރުކޮށް ފެތުރުން އަދި ކީރިތި ޤުރްއާނަކީ އިލާހީ ވަޙީއެއްކަމާމެދު ޝައްކުތައް އުފެއްދުން
c)
ކީރިތި ޤުރްއާނަކީ އިލާހީ ވަޙީއެއްކަމާމެދު ޝައްކުތައް އުފެއްދުން އަދި އެތީސްޓުންނަށާއި ނަޞާރާދީން ފަތުރަން މަސައްކަތްކުރާ ފަރާތްތަކަށް މަގުކޮށައިދިނުން
15.
ސުވާލު 15: ނަޞާރާ ދީން ފެތުރުން ޤާނޫނީ ގޮތުން މަނާ ޤައުމުތަކަށް ޕްރެޝަރުކޮށް، ނަޞާރާ ދީން ފެތުރުމަށް ހުރި ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރުން އަދި މުސްލިމު ޤައުމުތައް ސެކިޔުލަރ ދައުލަތްތަކަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމަކީ ތަންޞީރީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަން ހެއްޔެވެ ؟
a)
އާނ އެކެވެ.
b)
ނޫނެކެވެ.
16.
ސުވާލު 16: އޮރިއެންޓަލިސްޓުންގެ މައިގަނޑު ބައެއް މަޤްޞަދުތަކަކީ ކޮބާ ؟
a)
ކީރިތި ޤުރްއާނަކީ އިލާހީ ވަޙީއެއްކަމާމެދު ޝައްކުތައް އުފެއްދުން
b)
އިސްލާމްދީނަކީ، ޔަހޫދިއްޔަތާއި ނަޞްރާނިއްޔަތުން އުފަންކުރެވިފައިވާ ދީނެއް ކަމުގައި ދައްކަން މަސައްކަތްކުރުން
c)
އިސްލާމްދީނާ މެދު ޝައްކުތައް އުފައްދަން މަސައްކަތްކުރާ ފަރާތްތަކަށް ޚަރަދުކުރާ މީހުންގެ އަތުން މާލީމަންފާތައް ހޯދުން
d)
ދުނިޔެ ހާޞިލުކޮށްފައިވާ ޢިލްމީ މާއްދީ ކުރިއެރުންތަކުގައި މުސްލިމު ސައިންސުވެރިންގެ ހިއްސާއެއް ނެތްކަން ދައްކަން މަސައްކަތްކުރުން
e)
މަތީގައި ބަޔާންވި ހުރިހާ ކަންކަމަކީ އޮރިއެންޓަލިސްޓުންގެ މައިގަނޑު މަޤްޞަދުތަކުގައި ހިމެނޭ ކަންކަން
17.
ސުވާލު 17 : އެތީސްޓުންނަކީ ކޮބާ ؟
a)
އިޖުތިމާޢީ އަދި ސިޔާސީ ކަންކަމުގައި ދީން އެއްފަރާތްކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ފިކުރު.
b)
އިލާހަކު ވާކަމަށް އިންކާރުކުރާ މީހުން.
c)
މީސްތަކުން ނަޞާރާ ދީނަށް ވެއްދުމަށް މަސައްކަތްކުރާ ޙަރަކާތެއް.
18.
ސުވާލު 18: އަަންނަނިވި ކަަންތައްތަކުގެ ތެރެއިން އެތީސްޓުންގެ މައިގަނޑު ބައެއް މަޤްޞަދުތައް ފާހަގަ ކުރޭ
a)
ކާއިނާތާއި ކާއިނާތުގައިވާ އެންމެހާ ތަކެއްޗެއް އުފެދުމުގައި އިލާހެއްގެ ދައުރު ނެތްކަމަށް ދައްކަން މަސައްކަތްކުރުން
b)
ޕޮލިސީތަކާއި އުޞޫލުތައް އެކުލަވައިލުމުގައި، އިސްލާމްދީނުގެ ޙުކުމްތަކަށް ތަބާނުވުން
c)
މުޢުޖިޒާތްތަކަކީ ޙަޤީޤަތެއް ނޫން ކަމަށް ދައްކަން މަސައްކަތްކުރުން
d)
ޤައުމެއްގެ ޤާނޫނު އަސާސީގައި އިސްލާމްދީނަށް ޢަމަލުކުރަން ލިޔެފައިވާނަމަ، އެތަންކޮޅު އުނިކޮށް، އެ ދައުލަތަކީ ސެކިޔުލަރ ދައުލަތަކަށް ބަދަލުކުރަން މަސައްކަތްކުރުން
19.
ސުވާލު 19: ސެކިޔުލަރިޒަމް އަކީ ކޮބާ ؟
a)
އިޖުތިމާޢީ އަދި ސިޔާސީ ކަންކަމުގައި ދީން އެއްފަރާތްކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ފިކުރު.
b)
ބަނޫ އިސްރާއީލުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް އެދޭ މީހުން.
c)
އިސްލާމްދީނުގެ ހަމައެކަނި މަޞްދަރަކީ ކީރިތި ޤުރްއާން ކަމަށް ޤަބޫލުކުރާ މީހުން.
20.
ސުވާލު 20: އަންނިވި ކަންތައްތަކުގެ ތެރެއިން ސެކިޔުލަރިޒަމްގެ މައިގަނޑު ބައެއް މަޤްޞަދުތައް ފާހަގަ ކުރޭ
a)
ޕޮލިސީތަކާއި އުޞޫލުތައް އެކުލަވައިލުމުގައި، އިސްލާމްދީނުގެ ޙުކުމްތަކަށް ތަބާނުވުން
b)
ޖަރީމާތަކަށް އަރައިގެންނަ މީހުންނަށް، އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދުތަކާއި ޢުޤޫބާތްތައް ނުދިނުމާއި، އެކަމަށް ގޮވައިލުމުގެ ޙައްޤު ނިގުޅައިގަތުން
c)
ކީރިތި ޤުރްއާނަކީ އިލާހީ ވަޙީއެއްކަމާމެދު ޝައްކުތައް އުފެއްދުން
d)
ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާހެދުމުގައި، އިސްލާމްދީނުގެ ޙުކުމްތަކަށް ތަބާނުވުން
21.
ސުވާލު 21: އެތީސްޓުންނަށާއި ނަޞާރާދީން ފަތުރަން މަސައްކަތްކުރާ ފަރާތްތަކަށް މަގުކޮށައިދޭ ބައެއް ކަމުގައި ސެކިޔުލަރިސްޓުން ބެލެވިދާނެތަ ؟
a)
ނުބެލެވޭނެ
b)
ބެލެވިދާނެ
22.
ސުވާލު 22: ފިކުރީ މަޒުހަބުތަކުގެ ތެރެއިން ޤައުމެއްގެ ޤާނޫނު އަސާސީގައި އިސްލާމްދީނަށް ޢަމަލުކުރަން ލިޔެފައިވާނަމަ، އެތަންކޮޅު އުނިކޮށް، އެދައުލަތަކީ ސެކިޔުލަރ ދައުލަތަކަށް ބަދަލުކުރަން މަސައްކަތްކުރަނީ ކޮން މަޒުހަބަކުން ؟
a)
ސެކިޔުލަރިޒަމް
b)
އޮރިއެންޓަލިސްޓުން
c)
ބުދިސްޓުން
100 %
