Worksheetsޤަޛްފުކުރުން
Total questions: 24
Worksheet time: 12mins
Name
Class
Date
1.
ސުވާލު 1: ޤަޛްފުކުރުމުގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟
a)
ޒިނޭ ކުރިކަމަށް އަމިއްލައަށް އިއުތިރާފުވުން
b)
އެހެން މީހަކާ ދިމާއަށް ހުތުރު އެއްޗެތި ގޮވުން
c)
މީހަކަށް ނަސްބަތްކޮށް ޒިނޭގެ ތުހުމަތު ކުރުން، ނުވަތަ ޒިނޭއާ މަތިކުރުން
2.
ސުވާލު 2: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ މާނައީ: "ހަމަކަށަވަރުން، ޢިއްފަތްތެރި، ޣަފްލަތްތެރި މުއުމިން އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ." މި އާޔަތުގެ މާނައިގައިވާ "ޣަފްލަތްތެރި" މި ބަހުގެ މާނައަކީ ކޮބާ؟
a)
ދީނުގެ ކަންކަމާމެދު މާ ބޮޑު ޚިޔާލެއް ފިކުރެއް ނުހުންނަ މީހާ
b)
ޒިނޭ ކުރުމުގެ ޚިޔާލެއް ނުހުންނަ މީހާ
c)
ދެ ޖަވާބު ވެސް ރަނގަޅު
3.
ސުވާލު 3: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ މާނައީ: "ހަމަކަށަވަރުން، ޢިއްފަތްތެރި، ޣަފްލަތްތެރި މުއުމިން އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ." މި އާޔަތުގެ މާނައިން ނެގޭ ޙުކުމަކީ ކޮބާ؟
a)
ޤަޛްފުކުރުމަކީ ހުއްދަކަމެއްކަން
b)
ޤަޛްފުކުރުމަކީ ހުއްދަކަމެއް ނޫންކަން
c)
ޤަޛްފުކުރުމަކީ މަކްރޫހަ ކަމެއްކަން
4.
ސުވާލު 4: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ މާނައީ: "ހަމަކަށަވަރުން، ޢިއްފަތްތެރި، ޣަފްލަތްތެރި މުއުމިން އަންހެނުންނަށް ޤަޛްފު ކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ލަޢުނަތްލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންކަމަކީ ކޮބާ؟
a)
ޤަޛްފުކުރުމަކީ ފާފައެއްކަން
b)
ޤަޛްފުކުރުމަކީ މާތް الله ލަޢުނަތްލައްވާ ސަބަބެއްކަން
c)
ޢިއްފަތްތެރިކަމަކީ މާތް ސިފައެއްކަން
d)
ްޤަޛްފުކުރާ މީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުރިކަން
5.
ސުވާލު 5: ޤާޛިފަކީ ކޮބާ؟
a)
އަނެކާއާ ދިމާއަށް ރައްދުވާ ފަދައިން ތިމާގެ ދުލުން ޤަޛްފުގެ ބަސް ބުނާމީހާ
b)
ޤަޛްފުގެ ބަސް ރައްދުވެގެންވާ މީހާ
c)
ޤަޛުފުގެ މައްސަލައިގައި ޙުކުމް ކުރާ މީހާ
6.
ސުވާލު 6: މަޤްޛޫފަކީ ކޮބާ؟
a)
އަނެކާއާ ދިމާއަށް ރައްދުވާ ފަދައިން ތިމާގެ ދުލުން ޤަޛްފުގެ ބަސް ބުނާމީހާ
b)
ޤަޛްފުގެ ބަސް ރައްދުވެގެންވާ މީހާ
c)
ޤަޛުފުގެ މައްސަލައިގައި ޙުކުމް ކުރާ މީހާ
7.
ސުވާލު 7: ޤަޛުފުގެ ޙުކުމް ޤާއިމު ކުރުމަށްޓަކައި، އަންނަނިވި މީހުންގެ ތެރެއިން ޤަޛުފުގެ ބަސް ބުނާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ޝަރުޠުތަކަކީ ކޮބާ؟
a)
ބާލިޣުވެފައިވުން
b)
ބުއްދިސަލާމަތުން ހުރުން
c)
ފުރިހަމަ އިޚްތިޔާރު ލިބިގެން ވުން
d)
ޤާޛިފަކީ މަޤްޛޫފުގެ އަޞްލެއްކަމުގައި ނުވުން
e)
މުސްލިމެއް ކަމުގައިވުން
8.
ސުވާލު 8: ޤަޛުފުގެ ޙުކުމް ޤާއިމު ކުރުމަށްޓަކައި، އަންނަނިވި މީހުންގެ ތެރެއިން ޤަޛުފުގެ ބަސް ރައްދުވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބާ؟
a)
ބާލިޣުވެފައިވުން
b)
ބުއްދިސަލާމަތުން ހުރުން
c)
މުސްލިމެއް ކަމުގައިވުން
d)
ޤަޛުފުގެ ބަސް ބުނާ މީހާއަކީ ޢިއްފަތްތެރިއެއް ކަމުގައިވުން
e)
ފުރިހަމަ އިޚްތިޔާރު ލިބިގެން ވުން
9.
ސުވާލު 9: ޞަރީޙަ ޢިބާރާތުން ޤަޛްފުގެ ބަސް ބުނެފައިވާނަމަ
a)
ޤަޛްފު ސާބިތުވާނީ ނިޔަތަށް ބެލުމަށްފަހު
b)
ނިޔަތަކަށް ބެލުމެއްނެތި ޤަޛްފު ސާބިތުވާނެ
10.
ސުވާލު 10: ސަންފައާ ދިމާއަށް އަތިރީގޭ އާދަނު ބުންޏެވެ. "އޭ މިހިރަ ފިރިހެނުންނާ ދޯޅަ އަންހެނާ". މި ބަހަކީ ޤަޛްފު ސާބިތުވާ ފަދަ ބަހެއްތަ؟
a)
ޤަޛްފު ސާބިތުވާނީ އާދަނުގެ ނިޔަތަށް ބެލުމަށްފަހު
b)
ޤަޛްފު ސާބިތު ކުރުމުގައި އާދަނުގެ ނިޔަތަށް ބެލުމެއް ނެތް
c)
ޤަޛްފު ސާބިތު ކުރާނީ ހެކިން ޙާޟިރުކޮށްގެން
11.
ސުވާލު 11: ސަންފައާ ދިމާއަށް އަތިރީގޭ އާދަނު ބުންޏެވެ. "އޭ މިހިރަ ޒިނޭ ކުރާ އަންހެނާ". މި ބަހަކީ ޤަޛްފު ސާބިތުވާ ފަދަ ބަހެއްތަ؟
a)
ޤަޛްފު ސާބިތުވާނީ އާދަނުގެ ނިޔަތަށް ބެލުމަށްފަހު
b)
ޤަޛްފު ސާބިތު ކުރުމުގައި އާދަނުގެ ނިޔަތަށް ބެލުމެއް ނެތް
c)
ޤަޛްފު ސާބިތު ކުރާނީ ހެކިން ޙާޟިރުކޮށްގެން
12.
ސުވާލު 12: ނުސީދާ ޢިބާރާތަކުން ޤަޛްފުގެ ބަސް ބުނެފިނަމަ ޤަޛްފު ސާބިތު ވާނެތަ؟
a)
ސާބިތެއް ނުވާނެ
b)
ބަސް ބުނާ މީހާގެ ނިޔަތަށް ބެލުމަށްފަހު ސާބިތު ވެދާނެ
c)
ބަސް ބުނާ މީހާގެ ނިޔަތަށް ބެލުމަކާ ނުލައި ސާބިތު ވާނެ
13.
ސުވާލު 13: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ މާނައީ: "އިއްފަތްތެރި އަންހެނުންނަށް ގަޛްފުކުރާމީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންކަމަކީ ކޮބާ؟
a)
ޒިނޭ ސާބިތު ކުރެވޭނީ 4 ހެކިންގެ ހެކި ބަހުންކަން
b)
ޤަޛްފުކުރާ މީހުންގެ ދައުވާ ސާބިތު ނުކޮށްދެވުނު ނަމަ 80 އެތިފަހަރުން ޙައްދު ޖެހޭނެކަން
c)
ޤަޛްފުކުރާ މީހުންނަކީ އެމީހުންގެ ހެކިބަސް ޤަބޫލު ނުކުރެވޭ ބައެއްކަން
14.
ސުވާލު 14: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ މާނައީ: "އިއްފަތްތެރި އަންހެނުންނަށް ގަޛްފުކުރާމީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ." މި އާޔަތުގެ މާނައަށް ވިސްނުމަށްފަހު ޖަވާބުދޭށެވެ! ޤަޛްފުކޮށް ހަތަރު ހެކިން ގެނެސްފިނަމަ ކަންތައް ކުރަން ޖެހޭނެ ގޮތަކީ ކޮބާ؟
a)
ޤަޛްފުގެ ޙައްދު ޖަހާނީ
b)
ޒިނޭހެ ޙައްދު ޤާއިމުކުރާނީ
c)
ތައުޒީރު ކުރާނީ
15.
ސުވާލު 15: ޤަޛްފުކުރާ މީހާއަށް ލިބޭ ދުނިޔެވީ ދެ ޢުޤޫބާތަކީ ކޮބާ؟
a)
80 އެތިފަހަރުން ޙައްދު ޖެހުން
b)
އޭނާގެ ހެކިބަސް އޭގެފަހުގައި ޤަބޫލުނުކުރެވުން
c)
ކައްފާރާ ދިނުން
16.
ސުވާލު 16: ޤަޛްފުގެ ޙައްދުގެ ސަބަބުން ޞާލިޙުންގެ އަބުރު ރައްކާތެރި ކުރެވެއެވެ.
a)
ރަނގަޅު
b)
ރަނގަޅެއް ނޫން
17.
ސުވާލު 17: ޤަޛްފުކުރުމަކީ ދަރިންގެ ނަސަބަށް އެއްވެސް އަސަރު ކުރުވާ ކަމެއް ނޫނެވެ.
a)
ނަޞަބާމެދު ތުހުމަތު ކުރެވޭ
b)
ރަނގަޅު
c)
ރަނގަޅެއް ނޫން
18.
ސުވާލު 18: ޤަޛްފުގެ ޙައްދުގެ ސަބަބުން މުޖުތަމަޢުއަށް ލިބޭ ފައިދާ އަކީ ކޮބާ؟
a)
މީސްތަކުންގެ އަބުރާއި ޝަރަފު ރައްކާތެރިވުން
b)
ފާޙިޝްވާހަކަތަކުން މުޖްތަމަޢު ސަލާމަތްކުރުން
c)
ލޯތްބާއި އިޙްތިރާމް ގެއްލޭފަދަ ވާހަކަތައް ހުއްޓުވުން
d)
މުޖުތަމަޢުގައި ޒިނޭ މަދުވުން
19.
ސުވާލު 19: ޤަޛްފުގެ ޙައްދު ސާބިތުވާނީ ކިހިނެއް؟
a)
އަމިއްލައަށް އިޢުތިރާފުވުން
b)
ހެކިންގެ ޙެކިބަހުން
c)
ޤާޟީގެ ޙުކުމުން
20.
ސުވާލު 20: ސަންފައަށް ޤަޛްފުކުރި ކަމަށް އަތިރީގޭގެ އަށް އަހަރުގެ (ބާލިޣުނުވާ) އާދަނު ޝަރީޢަތުގައި އެއްބަސް ވިއެވެ. މި އިޢުތިރާފުވުން އެއީ ޝަރީޢަތުގައި ބަލައިގަނެވޭ އިޢުތިރާފަކަށް ވާނެތަ؟
a)
އިޢުތިރާފަކަށް ވާނެ
b)
އިޢުތިރާފަކަށް ނުވާނެ
21.
ސުވާލު 21: ޤަޛްފުގެ މައްސަލައިގައި ހެކިބަސްދޭ ފިރިހެނުންގެ ކިބައިގައި ހުންނަންޖެހޭ ޞިފައަކީ ކޮބާ؟
a)
ހަމަހަމަކަން
b)
ހަނދާންގަދަ މީހަކަށްވުން
c)
ޢަދުލުވެރިއަކަށް ވުން
22.
ސުވާލު 22: އަންނަނިވި މީހުންގެ ތެރެއިން ޤަޛްފުގެ މައްސަލައިގައި ހެކިބަސް ނުދެވޭނެ މީހުންނަކީ ކޮބާ؟
a)
18 އަހަރު ނުވާ ފިރިހެން ކުދިން
b)
އަންހެނުން
c)
ފާސިޤުން
23.
ސުވާލު 23: އިންސާނުންގެ ޢަމަލުތަކާއި ބަސްތައް ލިޔުއްވުމަށް މަލާއިކަތުން ލައްވާފައިވާކަން ހަނދާން ބެހެއްޓުމަކީ ޤަޛްފުކުރުން ފަދަ ބޮޑެތި ފާފަތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެކެވެ.
a)
ރަނގަޅު
b)
ރަނގަޅެއްނޫން
24.
ސުވާލު 24: ދުލުން ބުނެވޭ ކޮންމެ ބަހަކާމެދު ހިސާބު ބެއްލެވޭނެއެވެ.
a)
ރަނގަޅު
b)
ރަނގަޅެއްނޫން
100 %
