wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

މާތް الله ގެ ޢަފޫކުރެއްވުން

Total questions: 10

Worksheet time: 5mins

Name
Class
Date
1.
ސުވާލު 1: ރަސޫލުﷲ ޞައްލަ الله ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. ((إِنَّ اللَّهَ تَجَاوَزَ عَنْ أُمَّتِي الْـخَطَأَ، وَالنِّسْيَانَ)) މި ބަސްފުޅުގެ މާނައަކީ ކޮބާ؟
a)
"ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ގަސްތަކާނުލައި ކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި، ކަމެއްގެ މައްޗަށް މަޖުބޫރުކުރުވައިގެން ކުރުވާ ކަންތައްތަކަށް މާތް ﷲ މަޢާފުދެއްވިއެވެ."
b)
"ގަސްތަކާނުލައި ކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި، ކަމެއްގެ މައްޗަށް މަޖުބޫރުކުރުވައިގެން ކުރުވާ ކަންތައްތަކަށް މާތް ﷲ މަޢާފުދެއްވިއެވެ."
c)
"ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ގަސްތަކާނުލައި ކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކަށް މާތް ﷲ މަޢާފުދެއްވިއެވެ."
2.
ސުވާލު 2: ޢަފޫކުރެއްވުމުގެ މާނައަކީ ކޮބާ؟
a)
ލިބެން އޮންނަ ގެއްލުމަކުން ސަލާމަތް ކުރުން
b)
ކުށެއް ކުރުމުން އަދަބާ ހަމައަށް ނުގެންގޮސް ދޫކޮށްލުން
c)
ގަސްތަކާނުލައި ކުށެއް ކުރުމުން އަދަބާ ހަމައަށް ނުގެންގޮސް ދޫކޮށްލުން
3.
ސުވާލު 3: ރަސޫލުﷲ ޞައްލަ الله ޢަލައިހި ވަސައްލަ ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ގަސްތަކާނުލައި ކުރެވޭ ކަންތަކާއި، ހަނދާންނެތިގެން ކުރެވޭ ކަންތައްތަކާއި، ކަމެއްގެ މައްޗަށް މަޖުބޫރުކުރުވައިގެން ކުރުވާ ކަންތައްތަކަށް މާތް ﷲ މަޢާފުދެއްވިއެވެ." މި ޙަދީޘުން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މި އުންމަތުގެ މާތްކަން
b)
އިސްލާމްދީނުގެ ލުއިފަސޭހަކަން
c)
الله ގެ އޯގާވަންތަކަން
d)
މާތް الله އީ ކުށްފާފަތައް ފުއްސަވާ އިލާހުކަން
4.
ސުވާލު 4: މުސްލިމުންނާ މުޝްރިކުންނާ ދެމެދު ކުރެވުނު ހަނގުރާމައެއްގައި މުސްލިމެއްގެ އަތުން މުޝްރިކެއް ކަމަށް ހީކޮށް މުސްލިމަކު ޤަތުލުކޮށްލެވުނެވެ. މި ޙާލަތުގައި މުސްލިމު މީހާ ފާފަވެރި ވާނެތަ؟
a)
ފާފަވެރިވާނެ، މުސްލިމަކު ޤަޠުލުކޮށްލުމަކީ ބޮޑުވެގެންވާ ފާފައެއް
b)
ފާފަވެރިއެއް ނުވާނެ، އެއީ ގަސްތަކާ ނުލާ ކުރެވުނު ކުށެއް
5.
ސުވާލު 5: ވުޟޫ ގެއްލުނުކަން ހަނދާންނެތި ހުރެ ނަމާދެއް ކޮށްފިކަމުގައި ވާނަމަ އެމީހާ ފާފަވެރި ވާނެތަ؟
a)
ފާފަވެރިވާނެ، ވުޟޫ ނުކޮށް ނަމާދު ކުރުމަކީ ފާފައެއް
b)
ފާފަވެރިއެއް ނުވާނެ، އެކަން އޭނާ އެ ކުރީ ހަނދާން ނެތި
6.
ސުވާލު 6: މުސްލިމް ނޫން ޤައުމަކަށް އަރީޝް ކުރި ދަތުރެއްގައި، މަގުމަތީގައި ހުއްޓާ ނަމާދު ވަގުތު ޖެހުނެވެ. ކައިރި ހިސާބެއްގައި މިސްކިތެއް ހުރި ކަމަށް މެޕުން ނުދައްކާތީ، ކައިރީގައި ހުރި ޕާކަކަށް ވަދެ ނަމާދުކުރަން އުޅުނެވެ. ނަމަވެސް އެ ޤައުމުގައި އުޅޭ ޣައިރު މުސްލިމުންގެ ބަޔަކަށް މިތަން ފެނި އަރީޝް ގާތުގައި ބުނީ، މިތާނގައި ނަމާދު ކޮށްފި ނަމަ މަރާލާނޭ ކަމުގައެވެ. އަދި އެމީހުން އަރީޝް ބަނެވެ. މިގޮތަށް އެ ނަމާދު ވަގުތު ފާއިތުވަންދެން އެމީހުން އަރީޝް ބަނދެފައި ބެހެއްޓިއެވެ. އެހެންކަމުން އަރީޝް އެ ފަރުޟު ނަމާދު ވަގުތުގެ ތެރޭގައި ނުކުރުމުގެ ސަބަބުން ފާފަވެރި ވާނެތަ؟
a)
ފާފަވެރިއެއް ނުވާނެ، އަރީޝްއަށް މަޖުބޫރުވީ
b)
ފާފަވެރިވާނެ، ނަމާދަކީ އިސްލާމްވުމަށްފަހު އެންމެ މަތިވެރި ރުކުން ކޮންމެ ގޮތެއް ވިޔަސް ނަމާދު ދޫކޮށެއް ނުލެވޭނެ
7.
ސުވާލު 7: މާތް الله ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ގަސްތެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެ ކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!" މި އާޔަތުގެ މާނައިން ދޭހަވާކަންތައްތަކަކީ ކޮބާ؟
a)
ހަނދާންނެތި ފާފައެއް ކުރެވިދާނެކަން
b)
ގަސްތަކާނުލައި ފާފައެއް ކުރެވިދާނެކަން
c)
ފާފައެއް ކުރެވިއްޖެނަމަ ތައުބާވުން ލަސްކޮށްލެވިދާނެކަން
8.
ސުވާލު 8: އަންނަނިވި ކަންތައްތަކުގެ ތެރެއިން ގަސްތަކާނުލައި ކުރެވިދާނެ ފާފައެއްގެ މިސާލަކީ ކޮބާ؟
a)
އޮޅިގެން ޙަރާމް އެއްޗެއް ކެވުން
b)
ޖަހަން އުޅުނު މީހާ ނޫން މީހެއްގެ ގައިގައި އޮޅިގެން ޖެހުން
c)
މަޖުބޫރުވެގެން ބަނގުރާ ބުއިން
9.
ސުވާލު 9: އަންނަނިވި ކަންތައްތަކުގެ ތެރެއިން ހަނދާންނެތި ކުރެވިދާނެ ފާފައެއްގެ މިސާލަކީ ކޮބާ؟
a)
އޮޅިގެން ޙަރާމް އެއްޗެއް ކެވުން
b)
މަޖުބޫރުވެގެން ރާބުއިން
c)
ރޯދައަށް ހުރިކަން ނޭނގި ކެވުން
10.
ސުވާލު 10: އަންނަނިވި ކަންތައްތަކުގެ ތެރެއިން މަޖުބޫރުކޮށްގެން ކުރެވިދާނެ ފާފައެއްގެ މިސާލަކީ ކޮބާ؟
a)
މީހަކަށް އޮޅުވާލައިގެން އޫރު މަސް ކާންދިނުން
b)
ރޯދައަށް ހުއްޓާ ގަދަކަމުން ކާންދިނުން
c)
މަޖުބޫރުވެގެން ރާބުއިން