wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

احكام التفخيم والترقيق (އަކުރުގެ އަޑު ބަރުވުމާއި ލުއިވުމުގެ ޙުކުމްތައް)

Total questions: 15

Worksheet time: 8mins

Name
Class
Date
1.

އަކުރުގެ އަޑު ބަރުވުމާއި ލުއިވުމަށް ބަލާއިރު ހިޖާއީ އަކުރުތައް ބެހެނީ ކިތައް ބަޔަށް؟

a)

ދެ ބަޔަށް

b)

ފަސް ބަޔަށް

c)

ތިން ބަޔަށް

d)

Iހަ ބަޔަށް

2.

ترقيق ގެ ލުޣަވީ މާނަައަކީ ކޮބާ؟

a)

ފަލަކަން

b)

ބިޔަކަން

c)

ބަރުކަން

d)

ހިމަކަން

3.

މިޞްރުގެ ބައެއް ޤާރީވެރިންގެ ގެ އަރިހުގައި تفخيم ކުރެވެނީ ކިތައް ދަރަޖައަށް؟

a)

ހަތަރު ދަރަޖައަށް

b)

ތިން ދަރަޖައަށް

c)

ދެ ދަރަޖައަށް

d)

ފަސް ދަރަޖައަށް

4.

تفخيم ގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟

a)

ދޫ މައްޗަށް އުފުލުން

b)

އަކުރުގެ އަޑަށް އަންނަ ބޯކަން ނުވަތަ ފަލަކަން

c)

އަކުރުގެ އަޑު ލުއިކުރުން

d)

އަކުރުގެ އަޑަށް އަންނަ ހިމަކަން

5.

ތަފްޚީމް ގެ އިދިކޮޅަކީ ކޮބާ؟

a)

ޤަލްޤަލާ

b)

ތަރްޤީޤް

c)

އިސްތިޢުލާ

d)

މައްދު

6.

تفخيم ގެ އަކުރުތަކަކީ

a)

ل ص ض ع ط ق ظ

b)

خ ص ض غ ط ر ظ

c)

خ ص ض و ط ق ظ

d)

خ ص ض غ ط ق ظ

7.

ޝާމްކަރައިގެ ޤާރީވެރިންގެ އަރިހުގައި تفخيم ކުރެވޭ އެއްވަނަ ދަރަޖައަކީ:

a)

استعلاء ގެ އަކުރުގައި އަބަފިލި ޖެހިފައި ފަހަތަށް އަލިފެއް އައުން

b)

استعلاء ގެ އަކުރުގައި ސުކުންވެފައި އޮތުން

c)

استعلاء ގެ އަކުރުގައި އުބުފިލި ޖެހިފައި އޮތުން

d)

استعلاء ގެ އަކުރުގައި އަބަފިލި ޖެހިފައި ފަހަތަށް އަލިފެއް އައިސްފައި ނެތުން

8.

އަކުރުގެ ބަރުކަމާއި ލުއިކަން ބިނާވާނީ

a)

جهر شدة ވާ މިންވަރެއްގެ މައްޗަށް

b)

އަކުރު قلقلة ވާ މިންވަރެއްގެ މައްޗަށް

c)

استعلاء އާއި اطباق ވާ މިންވަރެއްގެ މައްޗަށް.

d)

އަކުރުގެ މަޚަރްޖްގެ މައްޗަށް

9.

فِرْقَةٍ މި ކަލިމައިގައިވާ ر އަދާކުރާނީ

a)

އެކުއްޖަކު ބޭނުން ގޮތަކަށެވެ.

b)

ބަރު އަދި ލުއި ކުރުން ހުއްދައެވެ. ނަމަވެސް އައުލާއީ ލުއިކުރުމެވެ.

c)

ލުއިކޮށެވެ.

d)

ބަރުކޮށެވެ

10.

ތިރީގައިވާ އަކުރުތަކުގެ ތެރެއިން އެންމެ ބަރު އަކުރަކީ ކޮބާ؟

a)

ظ

b)

ض

c)

ط

d)

ص

11.

رَبِّ  ٱرْجِعُون މިހާލަތުގައި ގުޅުވާ ކިޔާނަމަ ٱرْجِعُون ގެ ر

a)

ބަރު ލުއި ހުއްދަ ނަމަވެސް އައުލާއީލުއި

b)

ބަރުވާނެ

c)

ބަރު ލުއި ހުއްދަ ނަމަވެސް އައުލާއީ ބަރު

d)

ލުއިވާނެ

12.

مِّصْرَ މިކަލިމައަށް ވަޤްފްކުރާނަމަ

a)

رލުއިވާނެއެވެ

b)

رބަރުކުރުމާއި ލުއިކުރުން ހުއްދައެވެ . ނަމަވެސް އައުލާއީ ބަރުކުރުމެވެ.

c)

ر ބަރުކުރުމާއި ލުއިކުރުން ހުއްދައެވެ. ނަމަވެސް އައުލާއީ ލުއިކުރުމެވެ.

d)

ر ބަރުވާނެއެވެ

13.

ٱلْقِطْرِ ۖ  މިކަލިމައަށް ވަޤްފްކުރާނަމަ މިކަލިމައިގައިވާ ر

a)

އަބަދުވެސް ލުއިވާނެއެވެ.

b)

ކޮންމެހެންވެސް ބަރުކުރަންޖެހޭނެއެވެ.

c)

ލުއިކުރުން އައުލާއެވެ.

d)

ބަރުކުރުން އައުލާއެވެ.

14.

حِجْرٍ މިކަލިމައަށް ވަޤުފްކުރާނަމަ ر

a)

މައްދުކުރަންޖެހޭނެއެވެ.

b)

ترقيق ކުރަންޖެހޭނެއެވެ.

c)

حذف ކުރަންޖެހޭނެއެވެ.

d)

تفخيم ކުރަނަްޖެހޭނެއެވެ.

15.

އަލިފުގެ އަޑު تفخيم ކުރުމާއި، ترقيق ކުރުން ބިނާވެފައިވަނީ

a)

އަލިފްގެ ކުރީގައި އޮންނަ އަކުރުގެ މައްޗަށް.

b)

އަލިފްގެ ޞިފަތަކުގެ މައްޗަށް

c)

އަލިފްގެ މަޚްރަޖުގެ މައްޗަށް

d)

އަލިފްގެ ފަހަތުގައި އޮންނަ އަކުރުގެ މައްޗަށް.